Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިޔަންމާގެ ސިޔާސީ މަސްރަޙް

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

1 ފެބުރުއަރީ 2021 | ހޯމަ 00:55

މިޔަންމާގައި މިދިޔަ ނޮވެމްބަރ މަހު ބޭއްވި އިންތިޚާބުގެ މައްސަލަތައް ވަނީ ބޮޑުވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 1 ފެބުރުއަރީ 2021 | ހޯމަ 00:55
މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީ

މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީ

މިޔަންމާގައި މިދިޔަ ނޮވެމްބަރުމަހު ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސޫޗީގެ އިތުރުން ގައުމުގެ ރައީސް އާއި ސަރުކާރުގެ އިސް އޮފިޝަލުންވެސް ސިފައިންގެ ބެލުމުގެ ދަށުގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement - newsAdvertisement

ރިޕޯޓުތައް ބުނާ ގޮތުން، މިޔަމަންމާގެ އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ސޫޗީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށްނެވެ.

މި އިންތިޚާބުގައި އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ 224 ގޮނޑިއަކަށާއި ތިރީގޭގެ 440 ގޮނޑިއަކަށް ވޯޓު ލާފައިވެ އެވެ. އޭގެ ތެރެއިން 480 އަށް ވުރެ ގިނަ ގޮނޑި ނެޝަނަލް ލީގް ފޯ ޑިމޮކްރަސީން ވަނީ ކާމިޔާބުކޮށްފައެވެ. މިޔަންމާގައި ސަރުކާރު އެކުލަވާލަން ބޭނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 322 ގޮނޑި އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މިޔަންމާގެ މައި އިދިކޮޅު ޕާޓީ އަދި އަސްކަރިއްޔާގެ އެއްބާރުލުން ލިބޭ ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑެވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ)އަށް ލިބިފައި ވަނީ 24 ގޮނޑި އެވެ.

ޔޫއެސްޑީޕީއިން ވަނީ މި ނަތީޖާ ބަލައިގަންނަން ދެކޮޅު ހަދާ، މިނިވަން، ހަމަހަމަ، ވަކި ފަރާތަކަށް ނުޖެހޭ އަދި މިނިވަން އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓުގައި މައްސަލަތައް ހުރި ކަމަށާއި ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.

އަސްކަރިއްޔާއިން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލައިފިނަމަ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރުވެސް ދީފައެވެ. އިދިކޮޅުން އިންތިޚާބު ބަލައިނުގަންނާނެކަމުގައި ބުނެފައވާއިރު، އިންތިޚާބާ ބެހޭ މަރުކަޒު ޔޫނިއަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި އިންސާފާއި ޚިލާފައް އެއްވެސް ކަމެއް ހިނގާފައި ނުވާނެކަމަށް ބުނެފައެވެ. އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބާއި ގުޅޭ 287 ޝަކުވާއެއް ބަލާފައިވާއިރު، ޤަވައިދާ ޚިލާފު އެއްވެސް ކަމެއް އިންތިޚާބުގައި ހިނގާފައިވާކަން ހާމަވެފައިނުވާކަމަށެވެ.

ނޮވެމްބަރުމަހު ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އަސްކަރުއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަކަން ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީގެ ސްޕޯކްސްޕަރސަން ރޮއިޓާސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ، ސޫޗީގެ އިތުރުން އިތުރު ބައެއް ފަރާތްތައް މިގޮތައް ގެންދާނެކަމަށް ބެލެވޭކަމަށް އޭނާ ަވނީ ބުނަފައެވެ.

މިޔަންމާގެ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ އަންގް ސަން ސޫޗީގެ އެންއެލްޑީން 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ޔޫއެސްޑީޕީ ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހުގައެވެ. އަދި އެގައުމުގައި 50 އަހަރު ވަންދެން އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގަ އެވެ.

ނަމަވެސް އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަތެވޭ ގޮތެއް ނުވި އެވެ. އެ އިސްލާހުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ އެވެ. އަދި ސޫޗީގެ ދެ ދަރިންނަކީވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅިގެން ސޫޗީއަށް އެގައުމުގެ ޑިފެކްޓޯ ލީޑަރުކަން ކުރެވޭ ގޮތަށް "ސްޓޭޓް ކައުންސިލަރ"ގެ ނަމުގައި މަގާމެއް އުފައްދާފައި އެ މަގާމަށް ސޫޗީ ވަނީ އައްޔަނުކޮށްފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ސޫޗީގެ ވެރިކަމުގައި ވެސް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އޭނާއަށް ވަނީ ބައިނަލްއަގުވާމީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.

އެގޮތުން އޮގަސްޓު 2017އިގައި މިޔަންމާގެ އަސްކަރިއްޔާއިން، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

މިޔަންމާއިން ބޭރުގައި ސޫޗީއަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެގައުމުގައި އަދިވެސް އޭނާއަށް ތާއިދު އޮތްކަން މިފަހަރުގެ އިންތިހާބުން ވަނީ އެނގިގެން ގޮސްފައެވެ.

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓުތައް ފެތުރެމުންދާއިރު، އެގައުމުގެ ސްޓޭޓް މީޑިއާ ވެސް ވަނީ އަސްކަރިއްޔާ އިން ހިސާރު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިންޓަރނެޓްގެ ޚިދުމަތާއި ފޯނުގެ ޚިދުމަތައް ބުރޫ އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް