Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން ޖާބިރު އަތުން ނެންގެވި ލޯނު

ހެކި އުފައްދާކަމަށް ތުހުމަތު ކުރުމުން، ދިޔާނާގެ ވަރުގަދަ އިންޒާރެއް އަލީމްއަށް

30 ޖެނުއަރީ 2021 | ހޮނިހިރު 17:06

އޭގެ ތެރެއިން 24 މިލިއަން ރުފިޔާ ފާރިޝްއާ ހާވަލުކުރެއްވީ ދިޔާނާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖެނުއަރީ 2021 | ހޮނިހިރު 17:06
ކުރީގެ އެޓަރނީ ޖެނެރަލް އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު އަދި އެމްއާރްއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް

ކުރީގެ އެޓަރނީ ޖެނެރަލް އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު އަދި އެމްއާރްއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް

ދޮގު ބަޔާން ހުށައަޅުއްވައި، ހެކި އުފައްދަވާ ކަމަށް ކުރީގެ އެޓަރނީ ޖެނެރަލް އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ މައްޗަށް އެމްއާރްއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ކުރެއްވި ތުހުމަތާ ގުޅިގެން ދިޔާނާ އެކަމަށް ރައްދު ދެއްވައިފިއެވެ.

މި މައްސަަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ނެންގެވި ފައިސާއާ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހަވާލުވެވަޑައިގަތުމަށް ފަހު، އޭނާ އެ ފައިސާއަށް ހިޔާނާތްތެރިވެވަވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް ހުށައެޅުއްވި މައްސަލައެކެވެ. މި މައްސަލައިގައި ބަޔާނަކާއެކު ދިޔާނާ ފުލުހަށް ހެކި ހުށައަޅުއްވާފައިވާއިރު، އެ ޚަބަރު ޓްވިޓަރގައި ހިއްސާ ކުރައްވައި އަލީމް ވަނީ "ދޮގު ބަޔާނާއެކު ހެކި އުފައްދަން އެނގޭ މީހުން" ކަމަށް ވިދާޅުވެ، ޓްވީޓު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ޓްވީޓަށް ރައްދު ދެއްވައި ދިޔާނާވެސް ޓްވީޓު ކުރައްވާފައިވާއިރު، ދިޔާނާ ވަނީ ހެކި އުފެއްދުމަކީ ޖިނާއީ ކުށަކަށްވާއިރު، ދެވަނަ ފަހަރު އެފަދަ ތުހުމަތެއް ކުރައްވައިފިނަމަ، އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އެކަމާ ގުޅިގެން އަލީމް ވިދާޅުވީ، އެ ފައިސާއާ ގުޅިގެން އެކިފަހަރު އެކި މީހުންގެ މައްޗަށް ތުހުމަތު ކުރައްވާއިރު، އެކަންކަން ކުރެވޭނީ ހެކި އުފައްދައިގެން ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މައްޗަށް، ޖާބިރު ކުރެއްވި އެފަދަ ތުހުމަތުތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަޔާން ދެއްވުމަށް ޖާބިރު ދެކޮޅު ހެއްދެވިކަންވެސް އަލީމް ފާހަގަ ކުރެއްވިއެވެ.

ދިޔާނާ ފުލުހަށް މައްސަލަ ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖާބިރު ރައީސް މައުމޫނަށް ދެއްވި ފައިސާގެ ބޮޑުބައެއް ރައީސް މައުމޫނާއި ހަވާލުކުރެއްވުމުގެ ޒިންމާ ނެންގެވީ އޭނާ ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތިން 24 މިލިއަން ރުފިޔާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންއާ ހަވާލުކުރެއްްވި ކަމަށް ދިޔާނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް ރައީސް މައުމޫނަށް އެފައިސާ ލިބިވަޑައިގެންފައިނުވާ ނަމަ އެއީ ފާރީސް އެ ފައިސާއަށް ހިޔާނާތްތެރިވީކަމަށް ވެސް ދިޔާނާ ވިދާޅުވެފައި ވެއެވެ. އަދި އެ ފައިސާއަށް ފާރިސް މައުމޫން ހެއްދެވި ގޮތެއް ބައްލަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ދިޔާނާގެ ސިޓީގައި ވަނީ ރަހުނަކާ ނުލައި ޖާބިރު އެހާބޮޑު އަދަދެއްގެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ފުދޭ ކަމަށް ވިދާޅުވެ ވަރަށް އިތުބާރުކުރައްވާފައި ކަމަށެވެ.

އެ މައްސަލަ ޖާބިރު ކޯޓަށްވެސް ހުށަހަޅުއްވާފައިވާއިރު އެކަމުގައި ރައިސް މައުމޫނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި، ހަމައެކަނި ވިދާޅުވީ ފައިސާ ލިބިވަޑައިނުގަންނަވާކަމަށް، ކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ. އަދި އެއްވެސް ހެއްކެއް ހާޒިރުކުރުމެއް ނެތި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް ގާތްވެފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވީއެންމެ އަވަހަށް ހިޔާނާތުގެ ތަހުގީގު ފާރިސްގެ މައްޗަށް ކޮށްދެއްވުމަށްވެސް ދިޔާނާ އެދިވަޑައިގެންފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް