Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޭފަރ އިންޓަނެޓު ދުވަސް

ސޭފަރ އިންޓަނެޓު ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ޚާއްޞަ ކުރެހުމުގެ މުބާރާތެއް

30 ޖެނުއަރީ 2021 | ހޮނިހިރު 09:46

ސޭފަރ އިންޓަނެޓު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 9 ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 30 ޖެނުއަރީ 2021 | ހޮނިހިރު 09:46
ސޭފަރ އިންޓަނެޓު ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ކުރެހުމުގެ މުބާރާތުގެ ޕޯސްޓަރ

ސޭފަރ އިންޓަނެޓު ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ކުރެހުމުގެ މުބާރާތުގެ ޕޯސްޓަރ

ބައިނަލްއަޤުވާމީ ސޭފަރ އިންޓަނެޓު ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ޚާއްޞަ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ވަނީ 25 ޖެނުއަރީ 2021ގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލާފައެވެ.

ޓުވިޓާރ މެދުވެރިކޮށް މިކަން ހާމަކޮށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ކުރި ޓުވީޓްގައި ވަނީ މި މުބާރާތުގެ ތީމްއަކީ "އިންޓަނެޓްގެ ރައްކާތެރިކަން" ކަމަށް ބުނެފައެވެ. ކުރެހުން ހުށަހަޅާނީ ތިރީގައިވާ އެ މިނިސްޓްރީގެ ޓުވީޓްގައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ. އޮންލައިން ފޯމުގައި ފުރިހަމަ ނަމާއި އައި.ޑީ ކާޑުނަންބަރު، އުފަން ތާރީޙް، ގުޅޭނެ ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، މިހާރު ކިޔަވާ ސްކޫލް އަދި ކްލާސް ރަނގަޅަށް ފުރިހަމަކުރުމަކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.

Advertisement - newsAdvertisement

މަޢުލުމާތު ސައްޙަ ނުވެއްޖެނަމަ ކުރެހުން ޑިސްކޮލިފައިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ތިން އުމުރުފުރާއަކުން ވަނީ ފުރުޞަތު ހުޅުވައިލާފައެވެ. އެއީ 7 އަހަރުން ދަށުގެ އުމުރުފުރާ، 7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. އުމުރުފުރާތައް ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2021އަށް އަހަރު ފުރޭކަމަށް ބަލައިގެންކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކުރެހުންގެ މުބާރާތުގެ ކުރެހުންތައް ހުށަހެޅުމުގެ މުއްދަތު 4 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ނިޔަލަށް ވަނީ ހުޅުވައިލާފައެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުން ވަނަ ހާސިލުކުރާ ކުދިން އިޢުލާނު ކުރާނީ 9 ފެބުރުވަރީ 2021 ގައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ މުވައްޒަފެއްގެ ސީދާ ބެލުމުގެ ދަށުގައިވާ އާއިލާގެ މެންބަރަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. މުބާރާތުގައި ހުށަހެޅޭ ކުރެހުންތައް ޖަޖުކުރާނީ މިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި މުބާރާތުގެ ވަނަ ވަނައަށް ދާ ކުދިންނަށް ޚާއްޞަ އިނާމްތަކެއް ދޭން ހަމަޖެހިފައިވާކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާއިރު، އިނާމުތަކާ ބެހޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

ބައިނަލްއަޤުވާމީ ސޭފަރ އިންޓަނެޓު ދުވަހަކީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހެވެ. އެ ދުވަހަކީ އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާން ޖީލު އަހުލުވެރިކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މިއަހަރަށް ބައިނަލްއަޤުވާމީގޮތުން ސޭފަރ އިންޓަނެޓު ދުވަސް ފާހަގަކުރާތާ 18 އަހަރު ފުރޭނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވޭ:ޖެންޑާ މިނިސްޓްރީ

30 ސެޕްޓެމްބަރު 2017
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވޭ:ޖެންޑާ މިނިސްޓްރީ
08 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ 'ރޮހިންޖާ މުސްލިމުންނާއި އެކު ދިވެހިން' ޓެލެތޯންއާ ގުޅުވައިގެން އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް

08 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ 'ރޮހިންޖާ މުސްލިމުންނާއި އެކު ދިވެހިން' ޓެލެތޯންއާ ގުޅުވައިގެން އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް
05 ސެޕްޓެމްބަރު 2017

ޓެލެތޯން އާދިއްތަ ދުވަހާއި ހޯމަ ދުވަހަށް ބަދަލުކޮށްފި

05 ސެޕްޓެމްބަރު 2017
ޓެލެތޯން އާދިއްތަ ދުވަހާއި ހޯމަ ދުވަހަށް ބަދަލުކޮށްފި
25 ޖޫން 2017

އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު

25 ޖޫން 2017
އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު
06 ޖޫން 2017

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި

06 ޖޫން 2017
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި
31 މެއި 2017

ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ

31 މެއި 2017
ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ
30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
26 މާރިޗު 2017

ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް

26 މާރިޗު 2017
ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް