Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އަހަރީ ދުވަސް

އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު

25 ޖޫން 2017 | އާދީއްތަ 22:17

އެމްޑީޕީއަށް ހޯމަދުވަހު 12 އަހަރުވާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 ޖޫން 2017 | އާދީއްތަ 22:17
ރައީސް ނަޝީދާއި އެމްޑީޕީގެ އިސްބޭފުޅުން

ރައީސް ނަޝީދާއި އެމްޑީޕީގެ އިސްބޭފުޅުން

ހޯމަ ދުވަހު ފާހަގަ ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު، މިއަދު މި ގައުމުގެ ޑިމޮކްރެސީ އޮތީ މަގުން ކައްސާލާފައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތަށް އެޕާޓީގެ މެންބަރުންނަށް ފޮނުއްވަމުން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ވިދާޅުވީ، އެޕާޓީގެ އަހަރީ ދުވަހާއި ކުރިމަތި ލާންޖެހިފައިވަނީ ރާއްޖޭގައި ގޮންޖެހުންތައް އޮތް ދަނޑިވަޅެއްގައި ކަމަށެވެ. އަދި މަގުން ކައްސާލާފައިވާ ޑިމޮކްރެސީ ހަމަމަގަށް އަޅުވާ، އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން، އެޕާޓީގެ 12 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީގެ ރައީސް، ރައީސް ނަޝީދަށާއި، އަދި ޕާޓީގެ އިސްފަރާތްތަކަށް އާންމު މެންބަރުން ތަހުނިޔާ ފޮނުވަމުންދާއިރު، ޕާޓީގެ އާންމު މެންބަރުންނަށް ޕާޓީގެ އިސް ފަރާތްތަކުންވެސް ގެންދަވަނީ ތަހުނިޔާ ފޮނުވަމުންނެވެ.

އެމްޑީޕީއަކީ ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ޕާޓީއެކެެވެ.

އެމްޑީޕީން ބުނީ ހޯމަދުވަހު ފާހަގަކުރާ އެޕާޓީގެ 12 ވަނަ އަހަރީ ދުވަހާއި ގުޅިގެން މުހިއްމު ހަރަކާތްތަކެއް ރޭވިފައިވާކަމަށެވެ. އެހެންނަމަވެސް އެ ހަރަކާތްތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އެމްޑީޕީން އެޕާޓީގެ ކޮންގްރެސް އެއް ނުބާއްވާތާ 7 އަހަރަށްފަހު މި އަންނަ ސެޕްޓެމްބަރު މަހު ކޮންގްރެސް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި ޕާޓީ ހިންގުމަށް ބޭނުންވާ ގޮފިތައް އެކުލަވާލައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ. އަދި ކެމްޕެއިންގެ ކަންކަން ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް