Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް

ސްވިމިންގ ޕޫލް އަޅަން އެސޯސިއޭޝަނަށް ބިން ހަވާލުކޮށްފި

ސްވިމިންގ ޕޫލް އާޅާ ބިން އެ އެސޯސިއޭޝަނަށް 50 އަހަރުގެ މުއްދަތައް ލިބޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2021 | ހުކުރު 08:58
ސްވިމިންގ ޕޫލް އަޅާ ބިން އެސޯސިއޭޝަނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސްވިމިންގ ޕޫލް އަޅާ ބިން އެސޯސިއޭޝަނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އެޅުމަށް ބިން ހަމަޖައްސައި، އެ ބިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސްވިމިންގ ޕޫލު އެޅުމަށް ބިން ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. އަދި ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރެވެ.

މި އެއްބަސްވުމުގެ ދަށުން ސްވިމިންގ ޕޫލް އާޅާ ބިން އެ އެސޯސިއޭޝަނަށް 50 އަހަރުގެ މުއްދަތައް ވަނީ ލިބިގެން ގޮސްފައެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމި އޮތް ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ، މި އެއްބަސްވުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއް ފުރިހަމަ ކުރެވިގެންދާނެ ކަމަށާއި، މާލޭގައި 46 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ފެތުމުގެ ގައުމީ މުބާރާތް ބާއްވާފައިވާއިރު، ފެތުންތެރިންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު ވިދާޅުވީ މިއީ ފެތުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ސްވިމިންގ ޕޫލާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށެވެ. އަދި ސްވިމިންގ ޕޫލާއެކު ދިވެހި އެތުލީޓުން އިތުރު ކާމިޔާބު ހޯދާނެ ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.

މީގެ ކުރިން އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ސަރުކާރަށް ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ބިމުގެ އަމަލީ މަސައްކަތް ފެށިއިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކުރީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. އެކަމަކު ފަހުން ކޮވިޑް-19 އާއެކު އެ މަސައްކަތްތައް ހުއްޓިގެން ދިޔައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާޢީލް އަލީ ވަނީ ގާތްގަނޑަކަށް 50 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި މަޝްރޫއަށް ހެޔޮ އެދޭ ފަރާތަކުން ޚަރަދުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިއީ ކުޅިވަރަށް އަމިއްލަ ފަރާތަކުން ވެދޭ އެންމެ ބޮޑު ހޭދަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިސްމާޢީލް އަލީ ވިދާޅުވީ ސްވިމިންގ ޕޫލް ކޮމްޕްލެކްސް ހަދާނީ ދެ ފަންގިފިލާއަކަށް ކަމަށާއި، އަދި ޕޫލް ހެދުމަށް ނިންމާފައި ވަނީ އެކަމަށް ގާބިލު ކުންފުނިތަކަށް "އިންވިޓޭޝަނަލް ބިޑިންގ" އަކުން ހުޅުވާލައިގެން ކަމަށެވެ. އަދި ޕޫލުގެ އަމަލީ މަސައްކަތް ފެބްރުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު