Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމިން މިނިވަން ކުރުމަށް އިންޑިއާގެ އެހީއަށް އެދެން އޯކޭ، އެކަމަކު އިންޑިއާގެ ވެކްސިން އޯކޭ އެއް ނޫން؟

ފެށުނީއްސުރެން އިދިކޮޅުން އުޅެނީ އިންޑިއާއާ އަޅައިގަނެގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2021 | ހުކުރު 11:35
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިތުބާރަކީ ފާޑެއްގެ އެއްޗެކެވެ. ދުވަހަކު ވެސް ތިމާ އިތުބާރު ނުކުރާ މީހެއް ގާތަށް ސަލާން ޖަހަން ދިޔައިން ތޯއެވެ؟ ތިމާއަށް ދެރައެއްދޭން ފޫގަޅައިގެން ހުރި މީހެއް ގާތުގައި އެހީއަށް އެދުނިންތޯ އެވެ؟ ދުނިޔަވީ އާދައަށް ބެލިޔަސް މިއީ ވުމަށްވުރެ ނުވުން ގާތް ކަންކަމެވެ. އެ އިރެއްގައި ތިމާ އެންމެ ބޭނުންވާ ކަމަކަށް ގޮސް، ދުވަހަކު އިތުބާރު ނުކުރާ މީހެއް ގާތު ސަލާން ޖެހުމުގެ ބޭނުމެއް ކޮބައިތޯ؟

ދައްކަވަން ހުރި ތަނެއް ދައްކަވާފަ ނޫނީ ނުގެންދަވާނޭ މިހުން ބުނާތީ އަހަމެވެ. މިހާރު މި ފެންނަނީ ވެސް ހަމަ އޭގެ މަންޒަރަކަށް ވެސް ވެދާނެއެވެ. އިންޑިއާއާއި ދެކޮޅަށް ކޮންމެވެސް ވާހަކައެއް ނުދައްކާ ހަމަ ނިދި ނުނިދި، ކޮންމެ ރެއަކު މަގުމަތީ އެ ހަޅޭއް ލަވަލަވާފައި އަނެއް އަތުން އެހީއަށް އެދި ހަމަ އެ އިންޑިއާ ގާތު ސަލާން ޖަހާނޭ ހީކުރީ ކާކު ހެއްޔެވެ.

ފެށުނީއްސުރެން އިދިކޮޅުން އުޅެނީ އިންޑިއާއާ އަޅައިގަނެގެންނެވެ. އަބަދުވެސް އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ކޮންމެވެސް ވާހަކަތަކެއް ދައްކާތީ އަޑުއިވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެންމެބޮޑަށް ރަށުތެރޭގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރުންނާއި އެ ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން ދައްކަމުންދިޔަ އެއް ވާހަކައަކީ އަދި ކުރަމުންދިޔަ އެއް ކެމްޕެއިނަކީ "އިންޑިއާ އައުޓް" އޭ ކިޔާ ހިންގި ކެމްޕެއިނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލާފައިވާ އިދިކޮޅު ކޯލިޝަންގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުގެ ފަހަތުގައި އޮތީ އިންޑިއާގެ ބޮޑުވަޒީރޭ ކިޔައި، ނުވަތަ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިންއަކީ ރައްކާތެރި ވެކްސިނެއް ނޫންކަމަށް ބުނެ މަގުތަކުގެ މައްޗަށް ނިކުމެ، އެއްވެސް ގައިދުރުކަމެއް ނުބަހައްޓާ، ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އާންމު މިންގަނޑުތަކާއި ހިލާފަށް އެއްވުންތައް ބާއްވައި، ލެވެން އޮތް ހުރިހާ ހަޅޭކެއް އިދިކޮޅުން ނުލަވާ ރެޔެއް ނުދެ އެވެ. ހަމަ ކޮންމެވެސް ރާގެއްގައި، ކޮންމެ ރެޔަކުވެސް އިދިކޮޅު އެ ހަޅޭކެއް ލަވަ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު ތިބީތީ، އެކަމާ ގަންނާ ކުރައްވާ ބިރުން، އިދިކޮޅު މީހުންނަށް ނުވެސް ނިދެއެވެ. ލޮލުފިޔައެއް ޖަހާވެސް ނުލެވެއެވެ. ސަބަބަކީ، ހަމަ ދެންމެ ދެންމެ އިންޑިއާ ސިފައިން ރާއްޖެ ހިފާފާނެތީ އެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ބުޑުން ލުހެލައިގެން އިންޑިއާ މީހުން ގެންގޮސްދާނެތީ އެވެ. އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" އޭ ކިޔާ ކެމްޕެއިނެއް ފެށި ސަބަބަކީވެސް އިންޑިއާއިން ރާއްޖެ ހިފާފާނެ ކަމުގެ ބިރަށެވެ.

އެހެންނަމަވެސް މިހާރު މުޅިން ރާގު ބަދަލުވެ ކުލަވަރުތައްވެސް ބަދަލުވެއްޖެއެވެ. އެއްދުވަހު ބުނާ އެތި އަނެއް ދުވަހު ހަނދާން ނެތޭ ކަހަލައެވެ. ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް އަދި ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ބުރާސްފަތި ދުވަހު ވަނީ އިންޑިއާއަށް އާދޭސް ދަންނަވާފައެވެ. ރައީސް ޔާމީނުގެ ވަކީލު ޖަމީލް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ޓެގް ކުރައްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލާފައިވަނީ އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ވަގުތުން ރައީސް ޔާމީން ދޫކޮށްލުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށް ޖަމީލް ވަނީ އެދިވަޑައިގެން އާދޭސް ދަންނަވާފައެވެ.

މީގެ 4 މަސް ދުވަސް ކުރިންވެސް އިދިކޮޅުން ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ގޮސް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރާއި ބައްދަލުކުރައްވާ ޔާމީން މިނިވަން ކުރުމަށް އެދި މަޝްވަރާ ކޮށްފައެވެ.

ހިތަށް އަރާ ސުވާލަކީ، ރާއްޖެ ހިފަން މަސައްކަތްކުރާ، އަޅުވެތިކުރުމަށް މަސައްކަތްކުރާ، ދިވެހިންގެ ގަޔަށް ރޯނުބައި ވެކްސިނެއް ޖެހުމަށް މަސައްކަތްކުރާ ޤައުމެއްގައި، ރައީސް ޔާމީން މިނިވަން ކުރުމަށް އާދޭސް ދެންނެވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އެހެނީ އިންޑިއާއަކީ އިދިކޮޅުން އެ ބުނާވަރުގެ ނުބައި ނުލަފާ ބަޔަކު ތިބި ޤައުމެއް ނަމަ، އެ ޤައުމުގެ ވެރިންނަށް އިތުބާރުކޮށް، އިދިކޮޅުގެ ލީޑަރު މިނިވަންކުރުމަށް އާދޭސް ދެންނެވުމުގެ ބޭނުމެއް ނުވިސްނޭތީ އެވެ. އެހީތެރިނުވާނެ ކަން ޔަގީންވެ ހަރު އަޑުން އެވާހަކަ ގޮވުމަށްފަހު އެމީހުން ގާތު އެހީއަށް އެދުމުން ހަމަ ހަގީގަތުގައިވެސް އެކަން ބޭނުންވަނީތޯ ނޫނީ އެކަމަށް މަސައްކަތް ކުރީމޭ ބުނުމުގެ ޖާގަ ހޯދަންތޯ ވެސް އެހިސާބުން ސުވާލު އުފެދެއެވެ. އިންޑިއާއަށް އިންޗިއެއްގެ މިންވަރަށް ވެސް އިތުބާރު ނުކުރާ އިދިކޮޅުން މިދަނޑިވަޅުގައި އިންޑިއާ ކޮނޑުގައި އަތް އަޅާ، ފިރުމުގެ ބޭނުމެއް ހަމަ ނުވިސްނެއެވެ.

މިއަދު ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް މަޝްވަރާތައްކޮށް އާދޭސް ދަންނަވަން އިންޑިއާ އޯކޭއެވެ. އެކަމަކު އިންޑިއާގެ ސިފައިނެއް އިންޑިއާގެ ވެކްސިނެއް އޯކޭއެއް ނޫނެވެ. މިއީ ދެން ބޮޑު ޖޯކެއް ނޫންތޯއެވެ.

ރައީސް ޞާލިހުގެ ވެރިކަމުގައި، ރާއްޖެއާއި އިންޑިއާ އާދެމެދު ރައީސް ޔާމީންގެ ވެރިކަމުގައި އޮތް ނުތަނަވަސްކަން ފިލުވައި، ކުރިއަށް ވުރެ ގާތްގުޅުމެއް އިންޑިއާއިއެކު ރައީސް ޞާލިހުގެ ސަރުކާރުން ގާއިމު ކުރުމަކީ، ސިޔާސީ ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނަށް ނުރައްކަލެއްކަމަށް ހީވިޔަސް، އިންޑިއާއަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކަލެއް ނޫނެވެ. މިއީ ޒަމާނުއްސުރެން އޮތް ގާތް ގުޅުމެކެވެ.

ޖަމީލުމެން ރައީސް ޔާމީން މިނިވަންކޮށް ދިނުމަށް އެދި އިންޑިއާގައި އާދޭސް ދެންނެވުމަކީ ހަމަ އުނބަށް ޖެހުން ކަހަލަ ކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު