Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޓީސީ ބަލިކޮށް ދަ ގްރާންޑޭ ދެވަނައަށް

28 ޖެނުއަރީ 2021 | ބުރާސްފަތި 14:04

ޓީސީ އަތުން ދަ ގްރާންޑޭ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ޖެނުއަރީ 2021 | ބުރާސްފަތި 14:04
ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ދަ ގްރާންޑޭ މޮޅުވީ 2-1 ން

ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ދަ ގްރާންޑޭ މޮޅުވީ 2-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ދެވަނައަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ދަ ގްރާންޑޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ދަ ގްރަންޑޭއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. އެކަމަކު މެޗުގެ 22 ވަނަ މިނެޓުގައި ޓީސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް މެލްކަމް ކަސިއަސް ސްޓެވާޓެވެ. މިއީ އޭރިއާ ތެރެއިން މެލްކަމަށް ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައު އޭރިއާ ތެރެއިން ދަ ގްރާންޑޭގެ މުލަކޭއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، މުލަކޭ ފޮނުވާލި ހަމަލާ ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދު ވަނީ މަތަކޮށްފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ސަޚާއު މުޙައްމަދު ވަނީ ދަ ގްރާންޑޭއަށް އަލުން ލީޑު ނަގައިދީފައެވެ. މިއީ ޓީސީގެ ގޯލްކީޕަރު ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ހެދުނު ގޯހަކުން ވަން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ނިޝާމް މުޙައްމަދު ރަޝީދު ވަނީ އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމް ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާ ދަ ގްރާންޑޭގެ ގޯލްކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

މި ހާފުގައި ލީޑު ފުޅާކުރުމަށް ދަ ގްރާންޑޭއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 84 ވަނަ މިނެޓުގައެވެ. އެކަމަކު އެ ޓީމުގެ ތޮލާލް ނަސީރު ހުހަށްހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ މިނެޓެއް ފަހުން ޓީސީގެ ބިދޭސީ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަން ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، ދަ ގްރާންޑޭގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އަތުން މޮޅުވި މެޗުގައި ދެއްކި ވަރުގެ ކުޅުމެއް މި މެޗުގައި ނުދެއްކުނީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ. އެހެން ނަމަވެސް މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށްވެސް އިންމަ ބުންޏެވެ.

މި މެޗާ ކުރިމަތިލިއިރު ޓީސީގެ ކޯޗުގެ މަގާމުން މުޙައްމަދު ޝާޒްލީ (ޝާޒް) ވަނީ އިސްތިއުފާދީފައެވެ. އެހެންކަމުން މި މެޗުގައި ޓީސީއަށް އިރުޝާދުދިނުމަށް ބެންޗުގައި ހަރަކާތްތެރިވެފައިވަނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަޙްސަން ރަޝީދެވެ. މި މެޗަށްފަހު އަޙްސަން ބުނީ މެޗަށް ތައްޔާރުވަމުންއައީ ޝާޒްއާއެކު ކަމަށާއި، ކުއްލިއަކަށް އޭނާ ނުލައި މެޗަށް އައިސް ރަނގަޅަށް ކުޅެން އުނދަގޫވި ކަމަށެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނައަށް ދަ ގްރާންޑޭ ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައަށް ވެއްޓުނު ކުލަބު ވެލެންސިއާއަށް އަށް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި ދަ ގްރާންޑޭ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް