Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ސަސް ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރުވަނައަށް

27 ޖެނުއަރީ 2021 | ބުދަ 19:03

ސަސް އަތުން ގްރީން ސްޓްރީޓްސް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ޖެނުއަރީ 2021 | ބުދަ 19:03
ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސަސް މޮޅުވީ 2-0 ން

ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސަސް މޮޅުވީ 2-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ގްރީން ސްޓްރީޓްސްއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ސަސްގެ ޑިފެންޑަރު ޝާފިއު އަޙްމަދު ހެދި ގޯހެއްގެ ފައިދާ ނަގައި ފޯވާޑް ހަސަން ނަޒީމް (ޗޯޓު) ވަނީ ގްރީން ސްޓްރީޓްސްއަށް ލީޑު ނަގައިދީފައެވެ.

އެކަމަކު އޭގެ ފަހުން މި ހާފުގައި ސަސްއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް ފޮނުވާލި ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި ސަސްގެ ޝާފިއު ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު މެޗުގެ 29 ވަނަ މިނެޓުގައި މިޑްފީލްޑަރު ޚަލީލް ގަމާލް ނަގައިދިން ހުރަހަކުން ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާނު) ވަނީ ގްރީން ސްޓްރީޓްސްއަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ސަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ސަސްގެ ރޮޑްރިގޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ދިފާއުކުރިއިރު، އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ބިދޭސީ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒޭވާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

އަދި މި މެޗުގައި ފަރަގު ކުޑަކުރަން ސަސްއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. އެގޮތުން ސަސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ޕެނަލްޓީ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަަދު ބުނީ މިއީ ހުރިހާ ކުޅުންތެރިން ވެސް 200 އިންސައްތަ ދީގެން ކުޅުނު މެޗެއް ކަމަށާއި، މިއީ ލީގުގައި ކުރިއަށްދާން ލިބިގެންދިޔަ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ.

ސަސްގެ ކޯޗުކަމާ މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވި ފަހުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވިއިރު، އޭނާ ބުނީ ކުޅުމަށް ބަލާއިރު ޝަކުވާކުރެވެން ނެތް ކަމަށެވެ. އަދި މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު އޭނާގެ ނަޒަރުގައި މަދުވެގެން ދެ ލަނޑުވަރު ޖެހެން ޖެހޭނެ ކަމަށްވެސް މޯހަން ބުންޏެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ގްރީން ސްޓްރީޓްސް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ގްރީން ސްޓްރީޓްސް އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ހަވަނައިގައި އަށް މެޗުން އަށް ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް