Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ކޭސްތައް އިތުރުވުން

ބަލީގެ ނުރައްކާ ބޮޑުވަނީ، މާލެ ސަރަހައްދުން އެކަނި ވެސް 112 މީހުން ޕޮޒިޓިވް!

27 ޖެނުއަރީ 2021 | ބުދަ 17:57

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3677 ސާމްޕަލްއެއް ނަގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖެނުއަރީ 2021 | ބުދަ 17:57
މަޖީދީ މަގު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ސިއްހީ ޚިދުމަތްތެރިން ދަނީ އިލްތިމާސް ކުރަމުން

މަޖީދީ މަގު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ސިއްހީ ޚިދުމަތްތެރިން ދަނީ އިލްތިމާސް ކުރަމުން | ރާއްޖެއެމްވީ

ކޮވިޑް-19ށް އިތުރު 143 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 143 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 112 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 7 މީހުން، ހިންގަމުންދާ ރިސޯޓުތަކުން 24 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3677 ސާމްޕަލްތައް ނަގާފައިވާއިރު، މިހާތަނަށް 397،525 ސާމްޕަލް ނަގާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 101 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި، 1366 އެކްޓިވް ކޭސް ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖޭގައި 15،390 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 13،966 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 51 މީހެކެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކޭސްތައް ވަނީ މަދުވާން ފަށާފައެވެ. އަދި ޑިސެންބަރުމަހު ވަރަށް ބޮޑަށް މަދު ވެގެންދިއުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށިއެވެ. ނަމަވެސް ދިން ލުއިތަކާއެކު އާއްމު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ޖެނުއަރީމަހުގެ މެދެއްހާ ހިސާބުން ވަނީ ކޭސްތައް އިތުރުވާން ފަށާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ވަނީ 100ށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓު ކޮށްފައެވެ.

ކޭސްތައް އިތުރުވެގެން ދިއުމާއި ގުޅިގެން ސިއްހީ ޚިދުމަތްތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށްވާ މާސްކް އެޅުމާއި، އިޖްތިމާއީ ގައިދުރުކަން ފަދަ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ދީފައިވާ ބައެއް ލުއިތަކަށް ބަދަލު ގެނެސް، ބަލި ކޮންޓްރޯލް ކުރުމަށް ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން 26 ޖެނުއަރީ 2021ން ފެށިގެން ރޭގަނޑު 12:00ން ފަތިހު 4:00ށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފަށާފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެއެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ދިން ހުއްދަ ނިމުމަކަށް ގެނެސް، އެކަން ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދޭ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސް އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 11:30 ވަންދެންކަމަށް ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް