Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދަ ގްރާންޑޭ އާއި ޓީސީގެ މެޗު

ގަދަ ހަތަރެއްގައި އޮވެ ފުރަތަމަ ބުރު ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބެއް: ޝާޒްލީ

ތާވަލުގެ ހަތަރުވަނައިގައި ޓީސީ އޮތްއިރު، ދަ ގްރާންޑޭ އޮތީ ތިންވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2021 | ބުދަ 14:20
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ޓީސީ ސްޕޯޓްސް ކުލަބު ގަދަ ހަތަރެއްގައި އޮތުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ސީޒަނާ ކުރިމަތިލިއިރު ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެ ޓީމު ދޫކޮށްލިއިރު، މި ސީޒަނާ ޓީސީން ކުރިމަތިލީ ހަގު ކުޅުންތެރިންތަކަކާއެކުއެވެ. މީގެ ކުރިން ސީޒަން ފެށުމުގެ ކުރިން ޝާޒް ވަނީ ލީގަށް ޒުވާން ސްކޮޑަކާއެކު ނުކުތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ބުނެފައެވެ. އެކަމަކު ލީގުގެ ފުރަތަމަ ބުރުގައި ޓީސީން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ފުރަތަމަ ބުރު ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށާއި، ފުރަތަމަ ބުރުގައި ޓީސީއަށް ހަތްވަނައާ ހިސާބަށްވެސް އެރުމަކީ އުނދަގޫ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރި ކަމަށެވެ. އެކަމަކު ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން މަދުވި ނަމަވެސް، އެތަން ފޫބެއްދޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށާއި، ޓީމަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ދަ ގްރާންޑޭއާ ބެހޭ ގޮތުން ޝާޒްލީ ބުނީ އެ ޓީމަކީ ޓެކްޓިކަލީ މި ވަގުތު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އަދި އެގޮތަށް ބަލާއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު ވެލެންސިއާއާވެސް ދަ ގްރާންޑޭ ތަފާތުނުކުރެވޭނެ ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

ޓީސީ މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މި މެޗަށް ނުކުންނަނީ ފުރަތަމަ ބުރުގައި އެ ޓީމުން ދެއްކި ކުޅުން ތަކުރާރުކުރުމަށް ކަމަށާއި، އެކަމުގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އަދި ބައެއް މެޗުތަކުގައި އޭނާ ހިތްހަމަޖެހޭ ވަރަށް އެ ޓީމުން ކުޅެފައިވާ ކަމަށާއި، އެކަމަކު އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އެ މެޗުގައިވެސް ނަތީޖާ ނެރެވުނު ކަމަށް އިންމަ ބުންޏެވެ. އަދި ޓީމުގެ ކުޅުންތެރިންނާ ދޭތެރޭ ފޮނި އުންމީދުތަކެއް އެބައޮތް ކަމަށާއި، އެކަމަކު އެއީ އެއްވެސް ހާލަތެއްގައި ކުޅުންތެރިންނަށް ދޭ ޕްރެޝަރެއް ނޫން ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

މި ސީޒަނުގެ ގަދަ ހަތަރަކަށް އަމާޒުހިފި ދަ ގްރާންޑޭއިން ދެވަނަ ބުރާ ކުރިމަތިލާއިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ، ދަ ގްރާންޑޭއަށް ދެވަނައަށް އެރޭނެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު