Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގައި ވެކްސިންދޭން ފެށުން

މިޔަންމާގައި ވެކްސިންދިނުމުގެ ޕްރޮގްރާމް ފަށައިފި

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ވެކްސިންގެ 1.5 މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާއިން ވަނީ މިޔަންމާއަށް ހަދިޔާކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޖެނުއަރީ 2021 | ބުދަ 08:58
ބުދަ ދުވަހު މިޔަންމާގައި ވެކްސިންދިނުމުގެ ބޮޑު ޕްރޮގްރާމެއް ވަނީ ފަށާފައި

ބުދަ ދުވަހު މިޔަންމާގައި ވެކްސިންދިނުމުގެ ބޮޑު ޕްރޮގްރާމެއް ވަނީ ފަށާފައި

މިޔަންމާގައި ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

މިޔަންމާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ބުދަ ދުވަހު ވެކްސިންދިނުމުގެ ޕްރޮގްރާމް ފަށާފައިވާ އިރު، އެންމެ ފުރަތަމަ ވެކްސިންދިނުމަށް ނިންމާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނާއި ވޮލެންޓިއަރކޮށް މަސައްކަތް ކުރާ ސިއްޙީ މަސައްކަތްތެރިންނަށް ކަމަށެވެ. މިޔަންމާގައި ވެކްސިން ޖަހަން ފަށާފައިވާ އިރު، ބޭނުން ކުރަމުން ދަނީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި އެސްޓްރަޒެނިކާ އޮކްސްފޯޑުގެ ވެކްސިނެވެ.

ނިމިގެން ދިޔަ ހަފުތާގައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ވެކްސިންގެ 1.5 މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާއިން ވަނީ މިޔަންމާއަށް ހަދިޔާކޮށްފައެވެ. މިޔަންމާގެ އިތުރުން ވެސް އަވަށްޓެރި އެހެން ގައުމުތަކަށް ވެސް އިންޑިއާއިން ވަނީ ވެކްސިން ފޯރުކޮށްދީފައެވެ.

މިޔަންމާގެ ހެލްތް މިނިސްޓްރީގެ އޮފިޝަލެއްކަމަށްވާ ޓުން މިއިންޓް ވިދާޅުވީ ވެކްސިން ޖަހަން ފެށުމުން ނަތީޖާއެއްގެ ގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ސިއްޙީ ޚިދުމަތްތެރިން އުފުލަންޖެހޭ ބުރައަށް ލުއިކަމެއް ލިބިގެންދާނެ ކަމަށެވެ.

މިޔަންމާގައި ދުވާލެއްގެ މައްޗަށް ރެކޯޑް ކުރެވޭ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް މިއީ ޓެސްޓް ކުރާ މިންވަރު މަދުވުމުގެ ސަބަބުން ފެންނަ މަންޒަރެއް ކަމަށް ކަމާ ބެހޭ އިދަރާތަކުން ވަނީ ބުނެފައެވެ.

މިޔަންމާއިން އަމާޒު ހިފާފައިވަނީ މި އަހަރުގެ ތެރޭގައި މުޅި އާބާދީގައި ހިމެނޭ 54 މިލިއަން މީހުންނަށް ވެކްސިންދީ ނިންމުމަށެވެ. އަދި އެކަމަށްޓަކައި އެސްޓްރަޒެނިކާގެ 30 މިލިއަން ޑޯޒް ވެކްސިނަށް އޯޑަރު ޖަހާފައިވާ އިރު، ފެބްރުއަރީގެ ފުރަތަ ހަފްތާތެރޭގައި އިތުރު 2 މިލިއަން ޑޯޒްގެ ވެކްސިން ލިބިގެންދާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އިންޑިއާއިން 1.5 މިލިއަން ޑޯޒްގެ ވެކްސިން މިޔަންމާއަށް ހަދިޔާކޮށްފައިވާ އިރު، ޗައިނާއިން ވެސް ވަނީ މި މަހުގެ ތެރެގައި 300،000 ޑޯޒްގެ ވެކްސިން އެގައުމަށް ދޭނެކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި

09 ޖޫން 2017
އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
21 މެއި 2017

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު