Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުގަވާއިދުން އުޅޭ ބިދޭސީން

ނުގަވާއިދަށް އުޅޭ ބިދޭސީންގެ ޒިންމާ ނަގަންޖެހޭނީ ހަމަ އެ މީހުން؟

26 ޖެނުއަރީ 2021 | އަންގާރަ 14:24

ގިނަ ފަހަރަށް ބިދޭސީން ރާއްޖެ އަންނަނީ ދިވެހިން އެދިގެން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖެނުއަރީ 2021 | އަންގާރަ 14:24
ބިދޭސީން މަގުމަތީގައި އިހުތިޖާޖު ކުރަނީ

ބިދޭސީން މަގުމަތީގައި އިހުތިޖާޖު ކުރަނީ

ޒަމާނުއްސުރެވެސް ދިވެހިންނަކީ އެކަކަށް ޖެހޭ މުހުތާދެއް އަނެކަކު ފިލުވައިދެމުން އުޅެމުން އައި ބައެކެވެ. ދިވެހިންގެ އެކުވެރިކަމާ ހިތްހެޔޮކަމުގެ އިތުރަށް ދިވެހިން އަދާކުރާ މެހެމާންދާރީގެ ވާހަކައަކީ އިހުގެ ސައްޔާހުންގެ ތައުރީފު އޮހިފައިވާ ކަންކަމެވެ. އަދި މިއަދު ރާއްޖެ އަންނަ ފަތުރުވެރިންވެސް އުފަލާއިއެކު ބަލައިގަންނަމުން އަންނަ ކަންކަމެވެ. ނަމަވެސް ހިތާމައަކީ މިއަދު މަންޒަރު ބަދަލުވެފައިވާ ކަމެވެ. ދިވެހިންގެ މެހެމާންދާރީއާއި ހިތްހެޔޮކަން އަދި އެކުވެރިކަން ވަކި ބަޔަކަށް ދައްކަމުން ދާ މަންޒަރު ފެންނަލެއް މަދެއްނޫނެވެ. ދައްކަން މިއުޅެނީ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންގެ ވާހަކައެވެ.

ކޮންމެއަކަސް ރާއްޖޭގައި ބިދޭސީން ގިނަވެގެން، ތޮއްޖެހިގެން އުޅޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ނަމަވެސް އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ މި ބިދޭސީން ރާއްޖެ އަންނަން ޖެހުނީ ކީއްވެގެންތޯއެވެ؟ މި ސުވާލުގެ ޖަވާބު ހޯދާލުމަށް ބައެއް ބިދޭސީންނާ ސުވާލު ކޮށްލީމެވެ. އެގޮތުން ސުވާލުކުރި ގިނަ ބިދޭސީންގެ ޖަވާބަކީ އެމީހުންއައީ ކޮންމެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏަކުން އެދިގެންކަމަށެވެ. ނުވަތަ ރެސްޓޯރެންޓާއި މިފަދަ ކޮންމެވެސް މަސައްކަތެއް ކުރުމަށް ދިވެހިން އެދިގެން ކަމަށެވެ. ނަމަވެސް ކުރާ މަސައްކަތް ނިމި، ބޭނުން ފުދުމާއިއެކު އެ ކުންފުނިތަކުން އެމީހުން ބޭރުކޮށް ނިކަމެތި ކޮށްލީކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ބައެއް ބިދޭސީން ފާހަގަ ކޮށްފައިވާ ގޮތުން އެމީހުން މާލެ ގެނައުމަށް ބައެއް ދިވެހިން ނުހަނު ގިނަ ހަރަދުތަކެއްކޮށް ގިނަ އަހުދުތަކެއް ވެގެން އެމީހުން ރާއްޖެ ގެންނަނީ، ބޮޑު މުސާރަ ދޭނެ ކަމަށް ބުނެއެވެ. އަދި މާލެ އާދެވުމާއިއެކު ބުނެފައިވާ ހުރިހާ ވާހަކަތަކެއް މަތިން ހަނދާންނެތި ދިވެހި މީހާގެ ފައިބުނޑަށް ވެއްޓި، އާދޭސް ކުރަންޖެހޭ ފަހަރުވެސް އަންނަ ކަމަށް އެމީހުންވަނީ ފާހަގަކޮށްފައެވެ.

މީގެތެރެއިން ގިނަ ފަރާތްތަކަކީ އާއިލާއަށް ހަރަދު ކުރަމުން ރާއްޖޭގައި އުޅޭ މީހުންނެވެ. އަނބުރާ ގައުމަށް ދާނެ ގޮތެއް ނެތި ރާއްޖޭގައި 'ގަނަތެޅިގެން' އުޅެން ގިނަ މީހުންނަށް ވަނީ މަޖުބޫރު ވެފައެވެ. އެގޮތުން ބޭރުން އަންނަ ފަތުރުވެރިން ނުވަތަ އަތުގައި ފައިސާ ހުންނަ ބިދޭސީން ފަދައިން އެމީހުން އަތުގައި ލާނެ ރީތި ހެދުމެއް، އުޅޭނެ ރަނގަޅު ގެއެއް ނުހުރެއެވެ. ދެން ދިވެހިންނަށް ފެނިގެން މިދަނީ އެމީހުންގެ މުޑުދާރު ކަމެވެ.

އެމީހުންނަކީ ހަޑި ބައެއްގެ ގޮތުގައި ދެކެވި އެމީހުން ބާކީކޮށް ދެރަކޮށްލެވެއެވެ. އަދި ދިވެހިންނަށް ވަޒީފާ ނުލިބެނީ 'ބަންގާޅީން' ގިނަވުމުން ކަމަށް ބުނެ އެއްޗެހި ގޮވާ ހަދައެވެ. ނަމަވެސް އެންމެ ފުރަތަމަ ދިވެހިން ފަރުދީ ޒިންމާ އަދާކުރިނަމަ މިހެން ނުވީހެވެ. ބައެއް ދިވެހީން ކަންނެތްވުމުގެ ބަދަލުގައި އަމިއްލަ ޒިންމާ އަދާކުރިނަމަ އެމީހުން ގެންނާކަށް ނުޖެހުނީހެވެ.

ރަނގަޅެވެ. ބިދޭސީންގެ ސަބަބުން ދިވެހިންނަށް ވަރަށް ގިނަ އުނދަގޫތަކާއި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. ބައެއް ބިދޭސީން ތަފާތު އެކިއެކި ކުށްތަކަށް އަރައިގަންނަމުންދާއިރު އެމީހުން ރަނގަޅަށް މޮނިޓަރކުރުން މިވަނީ ދަތިކަމަކަށް ވެފައެވެ. އެގޮތުން ޖިންސީ ގޯނާ ކުރުމާއި، ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރު ކުރެވޭ މިންވަރު ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރު ވަމުންނެވެ.

އެގޮތުން މިހާރު ރާއްޖޭގައި ބިދޭސީން ރެގިއުލޭޓްކޮށް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސަކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ބިދޭންސީގެ ރުހުމުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމްވެސް ސަރުކާރުން އަންނަނީ ހަމަޖައްސައިދެމުންނެވެ.

އެގޮތުން ދާދި ފަހުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ މިއަހަރެކޭ އެއްފަދައިން 2021 ވަނަ އަހަރުވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާތަނަށް ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 7000ށް ވުރެ ގިނަ މީހުން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ. އަދި ލިޔެކިޔުންތައް އޮވެ ގައުމަށް ދާން ބޭނުންވާ 8000 މީހުން ގައުމަށް ފޮނުވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2018

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް
18 ޖެނުއަރީ 2018

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

18 ޖެނުއަރީ 2018
ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!
07 އޮކްޓޯބަރު 2017

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟
30 ސެޕްޓެމްބަރު 2017

އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

30 ސެޕްޓެމްބަރު 2017
އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!
16 ސެޕްޓެމްބަރު 2017

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
02 ޖޫން 2017

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
18 މާރިޗު 2017

ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

18 މާރިޗު 2017
ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް