Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަސް އާއި ގްރީން ސްޓްރީޓްސްގެ މެޗު

މި ވަގުތު އެންމެ މުހިންމީ ނަތީޖާ ނެރުމެއް ނޫން: މޯހަން

ސަސްގެ ކޯޗުގެ މަގާމާ މޯހަން ހަވާލުވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖެނުއަރީ 2021 | އަންގާރަ 13:30
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

މި ވަގުތު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އެންމެ މުހިންމު ކަމަކީ ނަތީޖާ ނެރުން ނޫން ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ކުލަބު އީގަލްސް ދޫކޮށް ސަސްގެ ކޯޗުގެ މަގާމާ މޯހަން ހަވާލުވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މޯހަންގެ އިރުޝާދުގެ ދަށުން ސަސްއިން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާއިރު، އެ މެޗުގައި ސަސް ވަނީ ވަރުގަދަ ސްކޮޑެއް އޮތް ކުލަބު ވެލެންސިއާއާ އެއްވަރުކޮށްފައެވެ. އަދި ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ މިހާތަނަށް އައިރު އޭނާ ގެންނަން ބޭނުންވި ބައެއް ބަދަލުތައް ކުޅުންތެރިންގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އެކަމަކު އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން ބުނީ މި ވަގުތު އެންމެ މުހިންމު ކަމަކީ ނަތީޖާ ނެރުން ނޫން ކަމަށާއި، އޭގެ ބަދަލު އެންމެ މުހިންމު ކަމަކީ ބޭނުންވާ ރީތި ފުޓްބޯޅައެއް ކުޅެ، އެއާ އެކުގައި ނަތީޖާއެއް ހޯދުން ކަމަށެވެ. އެހެންކަމުން ކުޅުންތެރިންނަށްވެސް އެގޮތަށް އިރުޝާދުދެމުން އަންނަ ކަމަށާއި، މި ވަގުތު ރަނގަޅު ނަތީޖާތަކެއް ނުނެރެވުނު ނަމަވެސް، އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް މޯހަން ބުންޏެވެ.

ލީގުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެރޭ ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އަދި ދެވަނަ ބުރާ ކުރިމަތިލާއިރު، ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަވަނައިގައި ހަތް މެޗުން އަށް ޕޮއިންޓާއެކުއެވެ.

ސަސް މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ކުރިއަށް މި އޮތް މެޗަކީ އެ ޓީމަށް ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވެފައިވާއިރު، ލީގު ތާވަލުގައި ސަސް އޮތީ ގްރީން ސްޓްރީޓްސްއަށްވުރެ ކުރީގައި ކަންވެސް ނިސްތާރު ވަނީ ފާހަގަކޮށްފައެވެ.

ނިސްތާރު ބުނީ ސަސް އާއި ގްރީން ސްޓްރީޓްސްގެ މެޗަކީ ވަރުގަދަ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެއް ކަމަށާއި، މި މެޗު އެއްވެސް ޓީމަކަށް ފަސޭހަނުވާނެ ކަމަށެވެ. އަދި ލީގު ތާވަލަށް ބަލާއިރު، ގިނަ ޓީމުތައް އުޅެނީ ވަރަށް ގާތުގައި ކަމަށާއި، އެހެންކަމުން މި ސީޒަނަކީ ހުރިހާ ޓީމަކުންވެސް ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ސީޒަނެއް ކަމަށްވެސް ނިސްތާރު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު