Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ އާއި ވެލެންސިއާގެ މެޗު

މާޒިޔާ އާއި ވެލެންސިއާގެ މެޗުން ބަލިވާ ޓީމަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ: އާތީ

މާޒިޔާ އެއްވަނައިގައި އޮތްއިރު، ވެލެންސިއާ އޮތީ ދެވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2021 | އަންގާރަ 12:54
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތީފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތީފް (އާތީ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު ވެލެންސިއާ ބައްދަލުކުރާއިރު، މި މެޗުން ބަލިވާ ޓީމަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ވެލެންސިއާގެ ކޯޗު މުޙައްމަދު އާތީފް (އާތީ) ބުނެފިއެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު، މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ވެލެންސިއާއަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާއިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ލީގުގައި ބުދަ ދުވަހުގެ ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ ލީގަށް ބަލާއިރު، ފުރަތަމަ ބުރުގައި އެންމެ ކުރީގައި އޮތް ދެ ޓީމަކީ މާޒިޔާ އާއި ވެލެންސިއާ ކަމަށާއި، ބައެއް އެހެން ޓީމުތައް ފެނިގެންދިޔައީ ތަންކޮޅެއް ދަށްކޮށް ކަމަށެވެ. އަދި ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، އެ ޓީމަކީ ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށްވެސް ބުންޏެވެ.

އާތީ ބުނީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާއިރު، މި މެޗުން ބަލިވާ ޓީމަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އެކަމަކު ދެވަނަ ބުރު ނިމެންދެން ޓީމުގެ މެނޭޖުމަންޓާއި، ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންވެސް ކެތްތެރިކަމާއެކު ތިބެންޖެހޭ ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި މާޒިޔާއަށް އިރުޝާދުދީފައިވަނީ އޭރުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އެކަމަކު އެ މެޗަށްފަހު ކުއްލި ގޮތަކަށް ނިޒާމްބެ ވަނީ މާޒިޔާގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ.

ވެލެންސިއާ މެޗުގެ ކުރިން މާޒިޔާގެ މިހާރުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ލީގުގައި ކޮންމެ ޓީމަކަށްވެސް މާޒިޔާއާ ބަލިކުރެވިދާނެ ކަމަށެވެ. އަދި ހުރިހާ ޓީމަކުންވެސް މާޒިޔާއާ ދެކޮޅަށް ކުޅެނީ ޑިފެންސިން ގޭމެއް ކަމަށާއި، އެއީ އެ ޓީމަށް ކުރިމަތިވާ ބޮޑު ޗެލެންޖެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ދަނޑުގެ ވިނަގަނޑު އޮތް ގޮތުން ޑިފެންސް ކުރަން ފަސޭހަވި ނަމަވެސް، ޕާސްތަކެއް ޖަހައި އެޓޭކެއް ކުރުމަށް ކުޅުންތެރިންނަށް ވަރަށް އުނދަގޫވާ ކަމަށްވެސް ބުންޏެވެ.

ވިޑަކޮވިޗް އިތުރަށް ބުނީ ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި، އަދި ކުޅުންތެރިއަކު ސަސްޕެންޝަނުގައިވެސް ނެތުމަކީ އޮތް ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ބުދަ ދުވަހުގެ ހަވީރު ކުޅެން އޮތް މެޗަކީ މާޒިޔާ އާއި ވެލެންސިއާގެ ވަރުގަދަ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެއް ކަމަށާއި، މި މެޗު މާޒިޔާއަށް ފަސޭހަނުވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު