Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަނީ

ބުދަ ދުވަހު އޭއެފްސީ ކަޕުގެ ގުރު ނެގުމަށް ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖެނުއަރީ 2021 | އަންގާރަ 11:13
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމައިފިއެވެ.

ސެންޓްރަލައިޒްކޮށްގެން އޭއެފްސީ ކަޕް ކުރިއަށްގެންދަން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށްގެން ބާއްވާއިރު، މެޗުތައް ކުޅޭނެ ދަނޑުތަކެއް ކަނޑައަޅާނީ ބުދަ ދުވަހު ބާއްވާ މުބާރާތުގެ ގުރުއަތުލުމަށްފަހުގައެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ. ދެން ކޮލިފައިންގައި ހިމެނެނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި، ނޭޕާލުގެ އާމީ ކުލަބާއި، ސްރީ ލަންކާ ޕޮލިސް އަދި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއެވެ.

އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރު ކުރިއަށްދާނީ އޭޕްރީލް މަހުގައެވެ. އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް އޭއެފްސީން ތާވަލުކޮށްފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމިއެވެ. އެއާއެކު ދެކުނު އޭޝިއާ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅުމަށް ނިންމި ނަމަވެސް، ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު