Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް

އޮޕަރޭޓްކުރާ ޓޫރިސްޓުފެސިލިޓީތަކުގެ އަދަދު 600 އަށް

142 ރިސޯޓެއް މިހާރު އޮޕަރޭޓްކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2021 | އަންގާރަ 11:44
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތްދޭ 600 ފެސިލިޓީ އޮޕަރޭޓްކުރަން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދީފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 142 ރިސޯޓެއް މިހާރު އޮޕަރޭޓްކުރަން ފަށާފައިވާއިރު، ރިސޯޓްތަކުން 32،930 އެނދު މިހާރު ފަތުރުވެރިންނަށް ހިދުމަތްދިނުމަށް އޮޕަރޭޓްކުރެއެވެ. މީގެ އިތުރުން 11 ހޮޓަލުގައި 1،458 އެނދު، 134 ސަފާރީއެއްގައި 2,588 އެނދު އަދި 313 ގެސްޓް ހައުސްގައި 5،930 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ޖުމްލަ 42،906 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

Advertisement - businessAdvertisement

ކޮވިޑް-19 ގެ ސަބަބުން ގެސްޓް ހައުސްތައް ބަންދުކުރުމަށް ފަހު ފާއިތުވި އަހަރުގެ އޮކްޓޫބަރ މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދިނުމާއިއެކު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 15 އަތޮޅެއްގެ 47 ރަށެއްގައި ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ވަނީ ފަށާފައެއެވެ. އެއީ ހއ. އަތޮޅުގެ ދެ ރަށެއްގައި 6 ގެސްޓް ހައުސް، ހދ. އަތޮޅުގެ އެއް ރަށުގައި 2 ގެސްޓް ހައުސް، ށ. އަތޮޅުގައި 1 ގެސްޓް ހައުސް، ނ. އަތޮޅުގައި 1 ގެސްޓް ހައުސް، ބ. އަތޮޅުގެ 5 ރަށެއްގައި 12 ގެސްޓް ހައުސް، ކ. އަތޮޅުގެ 9 ރަށެއްގައި 138 ގެސްޓް ހައުސް، އއ. އަތޮޅުގެ 7 ރަށެއްގައި 71 ގެސްޓް ހައުސް، އދ. އަތޮޅުގެ 8 ރަށެއްގައި 37 ގެސްޓް ހައުސް، ވ. އަތޮޅުގެ 4 ރަށެއްގައި 24 ގެސްޓް ހައުސް، ފ. އަތޮޅުގައި އެއް ގެސްޓް ހައުސް، ތ. އަތޮޅުގައި 1 ގެސްޓް ހައުސް، ލ. އަތޮޅުގެ އެއް ރަށުގައި 2 ގެސްޓް ހައުސް، ގދ. އަތޮޅުގެ 2 ރަށެއްގައި 2 ގެސްޓް ހައުސް އަދި ޏ. އަތޮޅުގައި 9 ގެސްޓް ހައުސްގެ އިތުރުން ސ. އަތޮޅުގެ ތިން ރަށެއްގައި 6 ގެސްޓް ހައުސްއެވެ.

ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އެއަހަރުގެ ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020 ވަނަ އަހަރުގެ އޮކްޓޫބަރ 15 ވަނަ ދުވަހު ލިބިގެންދިޔަ އިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު ލިބުނީ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

19 ޖުލައި 2018
ރޯލްސް ރޮއިސްއިން 4،600 ވަޒީފާ އުވާލަން ނިންމައިފި

ރޯލްސް ރޮއިސްއިން 4،600 ވަޒީފާ އުވާލަން ނިންމައިފި

16 ޖޫން 2018
ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި

ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި

28 ފެބުރުއަރީ 2018
އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި

އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި

11 ޖެނުއަރީ 2018
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު