Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރޯލްސް ރޮއިސް

ރޯލްސް ރޮއިސްއިން 4،600 ވަޒީފާ އުވާލަން ނިންމައިފި

16 ޖޫން 2018 | ހޮނިހިރު 04:13

ބޮޑެތި ބަދަލު ތަކެއް ކުންފުންޏަށް ގެންނަނީ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 16 ޖޫން 2018 | ހޮނިހިރު 04:13
ރޯލްސް ރޮއިސްއިން އުފައްދާފައިވާ ކާރެއް

ރޯލްސް ރޮއިސްއިން އުފައްދާފައިވާ ކާރެއް

އަގުބޮޑު ކާރު އުފައްދާ މަޝްހޫރު ކުންފުނި، ރޯލްސް ރޮއިސްއިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 4،600 ވަޒީފާ އުވާލަން ނިންމައިފިއެވެ.

އެކުންފުނިން ބުނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކުންފުންޏަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ވަޒީފާގެ އަދަދު މަދުކުރުމަކީ އޭގެ އެއް ބަދަލު ކަމަށެވެ. ވަޒީފާއިން ވަކި ކުރާނީ މެދުފަންތީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެނީ، އެ ކުންފުނިން ދޫކޮށްލަން ބޭނުންވާ ފާންތީގެ މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރާ، ޑަރބީގައި ހުންނަ އެ ކުންފުނީގެ ގޮތްޕަށެވެ.

ކާރު އުފެއްދުމުގައި މަޝްހޫރުކަން ހޯދައިފައިވާ މި ކުންފުނިން މި ބަދަލުތައް ގެންނަން ނިންމާފައި ވަނީ މަތިންދާބޯޓުގެ އިންޖީނުތަކާއި ޑިފެންސް އަދި ޕަވަރ ސިސްޓަމް އުފެއްދުމުގައި ކުރިއެރުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައެވެ.

ރޯލްސް ރޮއިސްއިން ބުނީ ކުންފުނިން ދޫކޮށްލާ މީހުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުން މި އަހަރު ތެރޭގައި ދޫކޮށްލާނެ ކަމަށެވެ. އަދި 2019 ވަނަ އަހަރުވެސް މުވައްޒަފުން މަދުކުރަމުންދާނެ ކަމަށާއި 2020 ވަނަ އަހަރު ކުންފުނިން ވަކިކުރަން ނިންމާފައި ތިބި އަދަދަށް މީހުން ވަކިކޮށް ނިމޭނެ ކަމަށެވެ.

ރޯލްސް ރޮއިސް އިން ބުނީ މިކަން ކުރުމަށް ގާތްގަޑަކަށް 500 މިލިއަން ޕައުންޑް ހޭދަވާނެ ކަމަށާއި ނަމަވެސް މި ނިންމުމުގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް 400 މިލިއަން ޕައުންޑް ސަލާމަތް ވާނެ ކަމަށެވެ.

ރޯލްސް ރޮއިސް އިން މުވައްޒަފުން ވަކި ކުރުމަށް ނިންމާފައިވާ މި ދަޑިވަޅަކީ، އެ ކުންފުނިން އުފެއްދި މަތިންދާ ބޯޓެއްގެ އިންޖީނުގައި މައްސަލަތަކައެއް ޖެހުމާއި ގުޅިގެން، އެ ކުންފުނިން އުފައްދާ އިންޖީނުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ނިންމާފައިވާ ދަނޑިވަޅެކެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2020

ކޮވިޑް-19 އާއިއެކު އަންހެނުންގެ ވަޒީފާތަކަށް ތަފާތު ބޮޑުކޮށް އަސަރުކުރި!

27 އޯގަސްޓު 2020
ކޮވިޑް-19 އާއިއެކު އަންހެނުންގެ ވަޒީފާތަކަށް ތަފާތު ބޮޑުކޮށް އަސަރުކުރި!
03 އޯގަސްޓު 2020

ވަޒީފާއިން ކަނޑާނުލައި، މުސާރަ ކުޑަނުކުރީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ 20 އިންސައްތަ ކުންފުނިތަކުން

03 އޯގަސްޓު 2020
ވަޒީފާއިން ކަނޑާނުލައި، މުސާރަ ކުޑަނުކުރީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ 20 އިންސައްތަ ކުންފުނިތަކުން
18 ޖޫން 2020

އެމްޓީސީސީގެ ދެ ޑިރެކްޓަރަކު ވަޒީފާއިން ވަކިކޮށްފި

18 ޖޫން 2020
އެމްޓީސީސީގެ ދެ ޑިރެކްޓަރަކު ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2020

ކޮވިޑް-19: އެއަރލައިންތަކުން ފްލައިޓްތައް ގްރައުންޑްކޮށް، ވަޒީފާތަކުން މީހުން ވަކިކުރަނީ

17 މާރިޗު 2020
ކޮވިޑް-19: އެއަރލައިންތަކުން ފްލައިޓްތައް ގްރައުންޑްކޮށް، ވަޒީފާތަކުން މީހުން ވަކިކުރަނީ
25 އެޕްރީލު 2019

ޖޮބްސިކަލް: ވަޒީފާ ހޯދުމަށް އީޖާދީ ހައްލެއް!

25 އެޕްރީލު 2019
ޖޮބްސިކަލް: ވަޒީފާ ހޯދުމަށް އީޖާދީ ހައްލެއް!
06 އޮކްޓޯބަރު 2018

އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 3.7 އިންސައްތައަށް ދަށް ވެއްޖެ

06 އޮކްޓޯބަރު 2018
އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 3.7 އިންސައްތައަށް ދަށް ވެއްޖެ
17 ޖުލައި 2018

އޭ.އައިގެ ސަބަބުން ގެއްލޭ ވަޒީފާއަށް ވުރެ އުފެއްދޭ ވަޒީފާތައް ގިނަވާނެ

17 ޖުލައި 2018
އޭ.އައިގެ ސަބަބުން ގެއްލޭ ވަޒީފާއަށް ވުރެ އުފެއްދޭ ވަޒީފާތައް ގިނަވާނެ
17 ޖުލައި 2018

ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެ

17 ޖުލައި 2018
ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެ
12 މެއި 2018

ރޯލްސް ރޮއިސްއިން އެސްޔޫވީ އިން ބާޒާރަށް ނެރެފި

12 މެއި 2018
ރޯލްސް ރޮއިސްއިން އެސްޔޫވީ އިން ބާޒާރަށް ނެރެފި
06 ސެޕްޓެމްބަރު 2017

ލެގޯ ކުންފުނިން 1،400ވަޒީފާ އުވާލަން ނިންމައިފި

06 ސެޕްޓެމްބަރު 2017
ލެގޯ ކުންފުނިން 1،400ވަޒީފާ އުވާލަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް