Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމްގެ އިންތިޚާބު މައްސަލަ

ވީއޭއެމްގެ މައްޗަށް ބަސްބުނެ ވާހަކަދެއްކުމުގެ ހައްގެއް ލަތީފަށް ލިބިގެންނުވޭ: ނޯމަލައިޒޭޝަން ކޮމިޓީ

އެންމެން ގުޅިގެން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ލަތީފް ވަނީ ގޮވާލައްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 19:27
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މައްޗަށް ބަސްބުނެ ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް މި ވަގުތު މުޙައްމަދު ލަތީފަށް ލިބިގެންނުވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިގޮތަށް ބުނެ ހޯމަ ދުވަހު ބަޔާނެއް ނެރުނީ އެންމެން ގުޅިގެން ވީއޭއެމްގެ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް ލަތީފް ގޮވާލެއްވުމާ ގުޅިގެންނެވެ. "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކުން ވީއޭއެމްގެ އިންތިޚާބު ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައި ބޭއްވިގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ވާނީ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން އިތުރު މައްސަލަތަކެއް ފެންމަތި ނުކުރާހާ ހިނދަކު ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ވީއޭއެމްގެ މައްސަލަ އިތުރަށް ދިގުލައިގެން ދިޔަ ނުދީ، ވޮލީބޯޅައިގެ ކުރިމަގަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި، އެމްއޯސީ އާއި، ވީއޭއެމްގެ ހިންގާ ކޮމިޓީ އަދި އެފްއައިވީބީ ގުޅިގެން ވީ އެންމެ އަވަހަކަށް ވީއޭއޭއެމްގެ އިންތިޚާބު ބޭއްވުމަށްވެސް ލަތީފް ގޮވާލެއްވިއެވެ.

އެއާއެކު ހޯމަ ދުވަހު ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކޮންގްރެސްގައި ފުރިހަމަ މެންބަރު ކުލަބުތަކުން ވީއޭއެމްގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، ވީއޭއެމްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެ ކޮމީޓީއާ ހަވާލުކުރެވިފައިވާއިރު، އެ ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ބަލައިގެންފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަށް ލަތީފުގެ ދައުރު ހަމަވެފައިވާތީ، ވީއޭއެމްގެ މައްޗަށް ބަސްބުނެ ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް މި ވަގުތު ލަތީފަށް ލިބިގެންނުވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެންމެން ގުޅިގެން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ގޮވާލައިފައިވަނީ މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށާއި، އަދި އިންތިޚާބު ލަސްކުރެވެން ހުރި ހުރިހާ ކަމެއް ލަތީފް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ވޮލީބޯޅަ ރަނގަޅުކުރުމުގެ ނަމުގައި ކަމަށް ބުނެ މި ވަގުތު ލަތީފް އެކި މީޑިއާތަކުގައި ވޮލީބޯޅަ އާއިލާ އާއި ސަރުކާރާއި ޖެހޭގޮތަށް ހަގީގަތާ ޚިލާފު ދޮގު ވާހަކަ ދައްކަމުން ގެންދާކަމީ އެ ކޮމިޓީން ނުހަނު ހިތާމަކުރާ ކަމެއް ކަމަށާއި، އަމިއްލަ ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ވީއޭއެމްގެ ނަން ކިލަނބުވާ ގޮތަށް އަދި ފިތުނަފަސާދަ އުފެދޭގޮތަށް ވާހަކަ ނުދެއްކުމަށް ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަށް ލަތީފުގެ ދައުރު ހަމަވެފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނި ނަމަވެސް، އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި އިބްރާޙީމް އިސްމާޢީލް ޢަލީ ހުންނެވިއިރު، 2019 ވަނަ އަހަރުގެ މާޗު މަހު ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން ލަތީފުގެ ލީޑަޝިޕްގައި އެންމެ ފަހުން ހިންގާ ކޮމިޓީއަށް ގެނެވިފައިވާ ބަދަލުތަކާއެކު، ހިންގާ ކޮމިޓީގެ ދައުރު ހަމަވާނެ ކަމަށް ކަނޑައަޅާފައި އޮތީ އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހެވެ. އަދި ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމި ނަމަވެސް، މީގެ ކުރިން އޭވީސީން ވަނީ އެ ކޮމިޓީ ބަލައިނުގަންނަ ކަމަށްވެސް ނިންމާފައެވެ.

މިހާތަނަށްވެސް ނޯމަލައިޒޭޝަން ކޮމިޓީން ވީއޭއެމް ހިންގަމުންދާއިރު، ދާދި ފަހުން ލަތީފް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެ ކޯޓުން ވަނީ ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ނިންމާފައެވެ.

އެކަމަކު މި މައްސަލައިގެ ތެރެއަށް އެފްވީއައިބީ ވަދެފައިވާއިރު، ވީއޭއެމްގެ މައްސަލައިގައި އެންމެ ފަހު ގޮތެއް ނިންމުމަށް އެ އިދާރާއިން ވަނީ "އެޑްހޮކް ކޮމިޝަން" އެއް އުފައްދާފައެވެ. އަދި އެ ކޮމިޝަނުން އަންނަނީ ވީއޭއެމްގެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލަތައް ފެންމަތިވުމުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު