Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީން ލަމްޕާޑް ވަކިކުރުން

ޗެލްސީގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކޮށްފި

25 ޖެނުއަރީ 2021 | ހޯމަ 12:06

ލަމްޕާޑް ވަކިކުރިއިރު، ޗެލްސީ އޮތީ ޕްރިމިއާ ލީގުގެ ނުވަވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖެނުއަރީ 2021 | ހޯމަ 12:06
ޗެލްސީގެ ކޯޗުގެ މަގާމުން ވަކިކުރި ފްރޭންކް ލަމްޕާޑް

ޗެލްސީގެ ކޯޗުގެ މަގާމުން ވަކިކުރި ފްރޭންކް ލަމްޕާޑް

ޗެލްސީގެ ކޯޗުގެ މަގާމުން އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ވަކިކޮށްފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ޗެލްސީން ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން އުމުރުން 42 އަހަރުގެ ލަމްޕާޑް ވަކިކުރިކަން ހާމަކޮށްފައެވެ. ޗެލްސީގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކުރިއިރު، އޭނާ އެންމެ ފަހުން އެ ޓީމަށް އިރުޝާދުދިން މެޗަކީ އާދީއްތަ ދުވަހުގެ ހަވީރު އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ދެވަނަ ޑިވިޝަނުގެ ލޫޓަން ޓައުން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑް ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޗެލްސީއާއެކު ލަމްޕާޑަށް ފުރަތަމަ ސީޒަނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި ސީޒަނުގެ ކުރީކޮޅު ޗެލްސީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު ފަހުން ފޯމު ގެއްލި ޗެލްސީގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ ތާވަލުގެ ނުވަވަނައިގައި ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ.

ޗެލްސީން ލަމްޕާޑް ވަކިކުރިއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ލަމްޕާޑް ވަނީ އައު ހަތް ކުޅުންތެރިން ގެންނަން 220 މިލިޔަން ޕައުންޑަށް ވުރެން އިތުރަށް ޚަރަދުކޮށްފައެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓްރާންސްފާގައި ޗެލްސީއާ ގުޅުނު ކައި ހަވާޓްޒް އާއި ޓިމޯ ވާނާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ، އެ ދެ ކުޅުންތެރިންނަށްވެސް ވަނީ މީޑިއާގެ ޕްރެޝަރު ކުރިމަތިވެފައެވެ.

ޗެލްސީގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކުރިއިރު، އެ ޓީމުގެ ކޯޗުގެ މަގާމަށް ދާދި ފަހުން ޕީއެސްޖީގެ ކޯޗުގެ މަގާމުން ވަކިކުރި ތޯމަސް ޓުޗެލް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް