Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބޯޓު ވެއްޓި ކުޅުންތެރިން މަރުވުން

މަތިންދާބޯޓު ވެއްޓި ބްރެޒިލް ކުލަބެއްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު މަރުވެއްޖެ

ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ދަތުރުކުރީ ބްރެޒިލުގެ ކަޕް މެޗެއް ކުޅުމަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 10:18
ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ދަތުރުކުރަމުންދިޔަ ކުޑަ މަތިންދާބޯޓެއް ވެއްޓުނު ސަރަހައްދު

ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ދަތުރުކުރަމުންދިޔަ ކުޑަ މަތިންދާބޯޓެއް ވެއްޓުނު ސަރަހައްދު

ބްރެޒިލުގެ ހަތަރުވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ދަތުރުކުރަމުންދިޔަ ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ބްރެޒިލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބްރެޒިލުގެ ކަޕް މެޗެއް ކުޅުމަށް އާދީއްތަ ދުވަހު ޓޮކަންޗީންސްއިން ފުރައިގެން ގޮޔާނިއާއަށް ދާން ޕަލްމަސްގެ ރައީސް ލޫކަސް މެއިރާ އާއި، އެ ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ ލޫކަސް ޕްރަޒެޑޭސް އާއި، ހުއިލެރްމޭ ނޯއު އާއި، ރަނޫލޭ އަދި މާކަސް މޮލިނާރީ ގޮވައިގެން ފުރި ކުޑަ މަތިންދާބޯޓު ވެއްޓުނީ ނައްޓާލަން އުޅުމުގެ ތެރޭގައި ރަންވޭ ކަޓައިގެން ދިއުމުގެ ތެރޭގައެވެ. އެއާއެކު ބޯޓު ވެއްޓުނުއިރު، އެ ފަސް މީހުންގެ އިތުރުން ބޯޓު ދުއްވަން އިން ޕައިލެޓް ވެގްނާވެސް މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޓޮކަންޗީންސް އޭވިއޭޝަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ މަތިންދާބޯޓު ވެއްޓުނީ ރަންވޭގެ ކޮޅަށް ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. ބްރެޒިލުގެ ކަޕް މެޗެއް ކުޅުމަށް ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ގޮޔާނިއާއަށް ދާން ފުރިއިރު، އެއީ 800 ކިލޯމީޓަރުގެ ރާސްތާއެއްގެ ދަތުރެކެވެ.

މި ހާދިސާއާ ގުޅިގެން ޕަލްމަސްއިން ނެރުނު ބަޔާނެއްގައި ބުނީ މި ހިތްދަތި ވަގުތު ކުލަބުގެ ހުރިހާ ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ އާއިލާތަކަށް ދެވެން އޮތް ހުރިހާ އެހީއެއް ވެދޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ބޯޓުން ދަތުރުކުރި ހަތަރު ކުޅުންތެރިންނަކީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ހަތަރު ކުޅުންތެރިންނެވެ. އާދީއްތަ ދުވަހު ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ގޮޔާނިއާއަށް ދާން ފުރީ ބްރެޒިލުގެ ކަޕުގެ ގަދަ 16 ގައި ރަށުންބޭރުގައި ވިލާ ނޯވާއާ ދެކޮޅަށް ކުޅެން އޮތް މެޗަށެވެ. އެކަމަކު މި ހާދިސާއާއެކު އެ މެޗު މިހާރު ވަނީ ފަސްކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން ދިމާވި މައްސަލަ ބެލުމަށް ބްރެޒިލުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ބްރެޒިލުގެ ޓީމުތަކަށް މީގެ ކުރިންވެސް ވަނީ މަތިންދާބޯޓު ވެއްޓި ކުޅުންތެރިން މަރުވުމުގެ ހާދިސާތަކެއް ކުރިމަތިވެފައިވެއެވެ. އެގޮތުން އެންމެ ހިތްދަތި އެއް ހާދިސާ އަކީ 2016 ވަނަ އަހަރު ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް މަތިންދާބޯޓު ވެއްޓި ބްރެޒިލްގެ ޝަޕެކޮއެންސޭގެ 19 ކުޅުންތެރިންނާއި އޮފިޝަލުން މަރުވި ހާދިސާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ބްރެޒިލް: ކޯޗު ޓީޓޭ

ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ބްރެޒިލް: ކޯޗު ޓީޓޭ

12 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ރާއްޖެއަށް 12 ދަރަޖައިގެ ވެއްޓުމެއް، ބްރެޒިލް ވައްޓާލުމަށްފަހު ޖަރުމަން އެއްވަނައަށް

ރާއްޖެއަށް 12 ދަރަޖައިގެ ވެއްޓުމެއް، ބްރެޒިލް ވައްޓާލުމަށްފަހު ޖަރުމަން އެއްވަނައަށް

15 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ބްރެޒިލް އެއްވަރުވިއިރު އުރުގުއޭ މޮޅުވެއްޖެ

ވޯލްޑްކަޕް ކޮލިފައިން: ބްރެޒިލް އެއްވަރުވިއިރު އުރުގުއޭ މޮޅުވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އެއްވަރުވެއްޖެ

ވޯލްޑް ކަޕް ކޮލިފައިން: ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އެއްވަރުވެއްޖެ

01 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު