Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮޒިލް ފެނަބާޗޭއަށް ބަދަލުވުން

އާސެނަލުގެ އެއްބަސްވުން އުވާލައި އޮޒިލް ފެނަބާޗޭއަށް ސޮއިކޮށްފި

އޮޒިލް އެންމެ ފަހުން އާސެނަލަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ މާޗު މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 07:55
ފެނަބާޗޭގެ ފަރިތަކުރުންތަކުގައި އޮޒިލް ބައިވެރިވަނިކޮށް

ފެނަބާޗޭގެ ފަރިތަކުރުންތަކުގައި އޮޒިލް ބައިވެރިވަނިކޮށް

އާސެނަލާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށްފަހު، ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ތުރުކީގެ ފެނަބާޗޭއަށް ސޮއިކޮށްފިއެވެ.

އުމުރުން 32 އަހަރުގެ އޮޒިލް އާސެނަލުގެ އެއްބަސްވުން އުވާލިއިރު، އޭނާ އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ. އަދި މި ސީޒަނުގެ އިނގިރޭސި އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާ ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލް ވަނީ ބާކީކޮށްފައެވެ.

މި ސީޒަން ފެށުމުގެ ކުރިން އާސެނަލުން އޮޒިލް ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް، އެއްބަސްވުން ނިމުމުގެ ކުރިން އާސެނަލް ދޫކޮށްލަން އޮޒިލް މީގެ ކުރިން ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި މީގެ ކުރިން ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.

ނަމަވެސް ދާދި ފަހުން އޮޒިލް ވަނީ އާސެނަލުގެ އެއްބަސްވުން އުވާލައި ފެނަބާޗޭއަށް ސޮއިކޮށްފައެވެ. އަދި ވަނީ ފެނަބާޗޭއާއެކު ތިން އަހަރާ ބައިގެ އެއްބެސްވުމެއް ހަދާފައެވެ.

އާސެނަލުގެ އެއްބަސްވުން އުވާލުމަށްފަހު އޮޒިލް ބުނީ އާސެނަލާއި، އެ ކުލަބުގެ ސަޕޯޓަރުންނަކީ އޭނާ ވަރަށް ބޮޑަށް ލޯބިވާ ބައެއް ކަމަށާއި، އާސެނަލް ދޫކޮށްލަން ނިންމި ނިންމުމަކީ ކެރިއަރުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ އެއް ނިންމުން ކަމަށެވެ. އަދި އާސެނަލް ދޫކޮށްލި ނަމަވެސް، އަބަދުވެސް އެ ކުލަބުގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނާނެ ކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލާ ގުޅުނު އޮޒިލް އެ ކުލަބުގައި މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އާސެނަލަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޒިލް އާއި ސަންޗޭޒް ތިބޭނީ އާސެނަލްގައި: ވެންގާ

އޮޒިލް އާއި ސަންޗޭޒް ތިބޭނީ އާސެނަލްގައި: ވެންގާ

03 ޖޫން 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
އޮޒިލް އާއި ޕެރިސިޗަށް ޔުނައިޓެޑުން ފާރަލާން ފަށައިފި

އޮޒިލް އާއި ޕެރިސިޗަށް ޔުނައިޓެޑުން ފާރަލާން ފަށައިފި

17 އެޕްރީލު 2017
ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު