Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިމްޕޯޓްކުރި މުދަލުގެ އަގު ދަށްވުން

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިމްޕޯޓްކުރި މުދަލުގެ އަގު ދަށް

25 ޖެނުއަރީ 2021 | ހޯމަ 07:51

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓު ކޮށްފައިވަނީ 459 މިލިއަން ރުފިޔާގެ މުދާ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ޖެނުއަރީ 2021 | ހޯމަ 07:51
މާލެ ވިޔަފާރި ބަނދަރުގައި ބެހެއްޓިފައިވާ ކޮންޓެއިނަރުތަކެއް

މާލެ ވިޔަފާރި ބަނދަރުގައި ބެހެއްޓިފައިވާ ކޮންޓެއިނަރުތަކެއް

ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅައިބަލާއިރު 40 އިންސައްތަ ވަނީ ދަށްވެފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދު ވަނީ 2.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 425 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓު ކޮށްފައިވަނީ 459 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 8 އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން، ފާއިތުވި ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅައިބަލާއިރު 30 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޫ.އޭ.އީ އަދި އިންޑިއާއެވެ. ޗައިނާ އަދި ޔޫ.އޭ.އީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން 70 އިންސައްތަ މުދާ ތައިލޭންޑަށް އެކްސްޕޯޓު ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނަށެވެ. އެއީ އެކްސްޕޯޓު ކުރެވުނު މުދަލުގެ ފަސް އިންސައްތައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 24،067 ޑިކްލަރޭޝަން ޕްރޮސެސް ކުރެވިފައިވާއިރު ހުސްވި ޑިސެމްބަރު މަހު ޕްރޮސެސް ކުރެވިފައިވަނީ 17،374 ޑިކްލަރޭޝަންއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން ބޭރުން އައިސްފައިވާ 98 އުޅަނދު އައިސްވާއިރު ފާއިތުވި ޑިސެމްބަރު މަހު މި އަދަދު ވަނީ 143ށް އިތުރުވެފައެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭއިން ފުރާފައިވާ އުޅަނދުފަހަރު ގެ އަދަދަކީ 91 ނަމަވެސް ފާއިތުވި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުރާފައިވަނީ 106 އުޅަނދެވެ.

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2017

މި މަހު "މަހާޖައްރާފު" ކުޅުދުއްފުށީ ބަނދަރަށް ގާތްކުރާނެ: އެމްޓީސީސީ

22 އޮކްޓޯބަރު 2017
މި މަހު "މަހާޖައްރާފު" ކުޅުދުއްފުށީ ބަނދަރަށް ގާތްކުރާނެ: އެމްޓީސީސީ
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް