Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސްޓޯނިއާގެ ބޮޑުވަޒީރުކަމަށް އަންހެންބޭފުޅެއް

އެސްޓޯނިއާގެ ބޮޑުވަޒީރުކަމަށް ފުރަތަަމަ ފަހަރަށް އަންހެނަކު ޢައްޔަންކުރަން ނިންމަނީ

ދެ ޕާޓީ ގުޅިގެން ގައުމުގެ އެންމެހާ ކަންކަން ބެލުމަށް ނިންމާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ޖެނުއަރީ 2021 | ހޯމަ 10:03
ކާޔާ ކަލާސް

ކާޔާ ކަލާސް

އެސްޓޯނިއާގެ ބޮޑުވަޒީރުކަމަށް ފުރަތަަމަ ފަހަރަށް އަންހެނަކު ޢައްޔަންކުރުމަށް ނިންމަމުންދާކަމަށް އެ ގައުމުގެ މެޖޯރިޓީ ލިބިފައިވާ ދެ ޕާޓީން ބުނެފިއެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، ޖެނުއަރީ 13 ވަނަ ދުވަހު އެސްޓޯނިއާގެ ކުރީގެ ކެބިނެޓް އިސްތިޢުފާދެއްވުމާއިއެކު އުމުރުން 43 އަހަރުގެ ކާޔާ ކަލާސް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ގެނައުމަށް އެގައުމުގެ އެންމެ ބޮޑު ދެ ޕާޓީ ގުޅިގެން މަޝްވަރާތައް ކޮށްފައިވާއިރު، އެދެ ޕާޓީ ގުޅިގެން އައު ޖޮއިންޓް ކެބިނެޓެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރިފޯރމް ޕާޓީ އަދި ސެންޓަރ ޕާޓީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ދެ ޕާޓީ ގުޅިގެން ގައުމުގެ އެންމެހާ ކަންކަން ބެލުމަށް ނިންމާފައިވާކަމަށާއި ކޮވިޑް-19 ގެ މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ރަނގަޅު، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެގެން ދާނެ ކަމަށް ވެސް އެ ދެ ޕާޓީން ބުނެއެވެ.

ކޮންމެ ޕާޓީ އަކުން 7 މެމްބަރުން ހިމެނޭހެން ދެ ޕާޓީން މިހާރު ވަނީ މިނިސްޓަރުންގެ މަގާމަށް 14 ބޭފުޅަކު ޢައްޔަން ކުރާނެ ކަން ހާމަކޮށްފައެވެ. ދެ ޕާޓީން ގުޅިގެން މިކަން ނިންމާފައި ވީނަމަވެސް ކާޔާ ކަލާސް މަގާމަށް ރަސްމީކޮށް ޢައްޔަނު ވެގެންދާނީ ގާނޫނު ހަދާ މަޖިލީހުން އެކަން ފާސްކޮށް އެގައުމުގެ ރައީސް ކާޔާ އެމަގާމަށް ޢައްޔަނު ކުރެއްވުމުންނެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

10 ސެޕްޓެމްބަރު 2017
މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި
09 ސެޕްޓެމްބަރު 2017

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

09 ސެޕްޓެމްބަރު 2017
ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި
05 ސެޕްޓެމްބަރު 2017

އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި

05 ސެޕްޓެމްބަރު 2017
އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި
10 އޯގަސްޓު 2017

އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ

10 އޯގަސްޓު 2017
އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު