Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ދެއްވަދޫ ކްލަސްޓާ އިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް

އާދިއްތަ ދުވަހު އެ ކްލަސްޓާގެ އިތުރު ދެ މީހަކު ޕޮޒިޓިވްވި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 25 ޖެނުއަރީ 2021 | ހޯމަ 00:09
ގއ. ދެއްވަދޫގެ މަންޒަރެއް

ގއ. ދެއްވަދޫގެ މަންޒަރެއް

ގއ. ދެއްވަދޫ އިން ފެނުނު ކޮވިޑް-19 ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 81ށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފިއެވެ.

އެޗްއީއޯސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާދިއްތަ ދުވަހު ކްލަސްޓާއާ ގުޅުން ހުރި ދެ މީހަކު ޕޮޒިޓިވްވުމާ އެކު ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 83ށް އަރާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދެއްވަދޫ އިން ކޮވިޑް-19ގެ ކޭސް އެއް ފެނުނުތާ މިހާރު ވަނީ މަސްދުވަސް ވެފައެވެ. މިދިޔަ ޑިސެމްބަރު 24ގައި އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. ހޯމް ކަރަންޓީންގައި ތިބި އާއިލާއަކުން އެ ކުއްޖާ އެކަނި ޕޮޒިޓިވްވި އިރު އެންމެ ފުރަތަމަ އާއިލާ އަށް އެންގީ އެންމެން ނެގެޓިވް ކަމަށެވެ.

ނަމަވެސް ފަހުން ކުއްޖާ ޕޮޒިޓިވްކަން އެންގި އިރު ރަށު ތެރެއިން މީހުން އެ ކުއްޖާއާ ބައްދަލުވެ އުރާފައި ވެސް ވެއެވެ. އޭރު ބެލެވުނީ ބަލި ފެތުރުނީ ކުއްޖާގެ ކިބައިން ކަމަށްވީ ނަމަވެސް ފަހުން އެޗްޕީއޭއިން ބުނިގޮތުގައި އެރަށުގައި ބަލި ފެތުރޭތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

ދެއްވަދޫ ކްލަސްޓާގެ 83 ކޭސްގެ ތެރެއިން އެރަށުން ފެނިފައި ވަނީ 73 ކޭސް އެވެ. ބާކީ ކޭސްތަކުގެ ތެރެއިން ހަތް މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުންގެ އިތުރަށް ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު