Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށުގައި ތިބެގެން ސަނަދުގެ ފެންވަރު ބެލޭނެ

ރަށްރަށުގައި ތިބި ފަރާތްތަކުން މާލެ ނައިސް ސަނަދުގެ ފެންވަރު ބެލޭނެ އިންތިޒާމްތައް ހަމަޖައްސަނީ

24 ޖެނުއަރީ 2021 | އާދީއްތަ 19:12

ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު އެމްކިއުއޭއަށް މެއިލްކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކުގެ މެއިލްއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ޖެނުއަރީ 2021 | އާދީއްތަ 19:12
އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑރ. އަބްދުލް ހަންނާނު ވަހީދު

އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑރ. އަބްދުލް ހަންނާނު ވަހީދު

ރަށްރަށުގެ ތިބި ފަރާތްތަކުން މާލެ ނައިސް ރަށުގައި ތިބެގެން ކައުންސިލްތައް މެދުވެރިކޮށް ސަނަދުގެ ފެންވަރު ބެލޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑރ. އަބްދުލް ހަންނާނު ވަހީދު ވިދާޅުވީ ކޮވިޑް-19 އާއި އެކު އައި ލޮކްޑައުންގައި ރަށްރަށުގައި ތިބި ފަރާތްތަކަށް މާލެ އައުމަށް ދިމާވި ގޮންޖެހުންތަކާއި އެކު ސަނަދުގެ ފެންވަރު ބެލުމަށް ލުއިގޮތްތަކެއް ހޯދައިދީ އެކަންތައް ހުއްޓުމެއްނެތި އެމްކިއުއޭއިން ކުރިއަށް ގެންދިޔަކަމަށެވެ.

Advertisement - newsAdvertisement

މިކަމާގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަންނާނު ވިދާޅުވީ މިގޮތަށް ރަށުގައި ތިބެގެން ސަނަދުގެ ފެންވަރުބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުން ގިނަ ރައްޔިތުންނަށް ފަސޭހަވެގެން ދިޔަކަމަށާއި އެހެން ކަމުން ސަރުކާރުގެ ލާމަރުކަޒުކުރުމުގެ ވިސްނުމުގެ ދަށުން މި ހިދުމަތް ލާމަރުކަޒުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު މި ހިދުމަތް ރޭވިފައި އޮންނަ ގޮތުން ސަނަދުގެ ވެރިފަރާތުން ސަނަދުގެ އަސްލާއި އެކު ކޮލިފިކޭޝަން އޮތޯރިޓީއަށް އައިސް ސަނަދުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ހަންނާނު ފާހަގަކުރެއްވިއެވެ.

ހަންނާނު ވިދާޅުވީ ރަށްރަށުގައި ތިބެގެން މި ހިދުމަތް ހޯދާއިރު، ސަނަދުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށާއި އެގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުން ރަށްރަށުގައި ތިއްބަވާއިރު ރަށުގެ ކައުންސިލްތައް މެދުވެރިކޮށް މިކަން ކުރުމަށް ވިސްނަވައި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއިއެކު ކުރެވުނު މަޝްވަރާތަކުގެ ދަށުން ކައުންސިލްތަކުން ސަނަދުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކައުންސިލްތަކުން އެމްކިއުއޭއަށް އެ މައުލޫމާތު ހިއްސާކުރެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމީކަމަށެވެ.

ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު އެމްކިއުއޭއަށް މެއިލްކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލްތަކުގެ މެއިލް އިންނެވެ. އަދި މިހާރު އެމްކިއުއޭއިން ސެޓްފިކެޓްތައް އެޓެސްޓުނުކޮށްދޭ އިރު، ކައުންސިލްތަކުންވެސް އެޓެސްޓުކޮށް ސްޓޭމްޕް ނުކުރާނެ ކަމަށް ހަންނާނު ވިދާޅުވިއެވެ.

މިކަމަށް ކައުންސިލްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގެ ސަބަބުން މިކަން ތައާރަފްކުރި ނަމަވެސް މިއީ އާންމުންނަށް ބޭނުންތެރި ހިދުމަތެއް ކަމުން މިކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެމްކިއުއޭއިން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަން ގަވަމެންޓް ބޯޑަށް ހުށައަޅައި ފާސްކުރުމުގެ މަސައްކަތްކުރާނެ ކަމަށްވެސް ހަންނާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް