Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑުގައި ވެން ޑަ ބީކުގެ ކުރިމަގު

ޔުނައިޓެޑުގައި ވެން ޑަ ބީކް ހުރީ އުފަލަކުން ނޫން: ސޯލްޝެއާ

ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2021 | އާދީއްތަ 12:39
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

މެންޗެސްޓާ ޔުނައިޓެޑުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް ހުރީ އުފަލުން ނޫން ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 35 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ވެން ޑަ ބީކް ޔުނައިޓެޑުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެ ކުރިން އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް އޭނާ ޔުނައިޓެޑަށް ކުޅެދީފައިވަނީ އެންމެ 21 މެޗެވެ. މީގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ 10 މެޗު އޭނާ ކުޅެފައިވާއިރު، މިހާތަނަށް ޔުނައިޓެޑުގައި ޖާޒީގައި ވެން ޑަ ބީކަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުނީ ޔުނައިޓެޑުގައި ވެން ޑަ ބީކް ހުރީ އުފަލުން ނޫންކަން އޭނާއަށް އެނގޭ ކަމަށާއި، ގިނަ މެޗުތަކެއް ކުޅެން ވެން ޑަ ބީކުވެސް ބޭނުންވާނެ ކަމަށެވެ. އެކަމަކު މި ވަގުތު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ވެން ޑަ ބީކް ކުޅޭ ޕޮޒިޝަނަށް ކުޅޭ ރަނގަޅު ކުޅުންތެރިންތަކެއްވެސް އެ ޓީމުގައި އެބަތިބި ކަމަށްވެސް ސޯލްޝެއާ ބުންޏެވެ.

އެހެންކަމުން އެ ޓީމުން ފުރުސަތު ލިބުން މަދުވާ ސަބަބު ވެން ޑަ ބީކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، އަދި އެކަމާ ދޭތެރޭ އޭނާ މިހާތަނަށް ހިތްހަމަނުޖެހުމެއް ފާޅުކޮށްފައިނުވާ ކަމަށްވެސް ސޯލްޝެއާ ބުންޏެވެ. އަދި މިއީ ކެރިއަރުގައި ކޮންމެ ކުޅުންތެރިއަކަށްވެސް ދިމާވެދާނެ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮގްސްޓް މަހު އަޔަކްސް ދޫކޮށް ޔުނައިޓެޑަށް ވެން ޑަ ބީކް ބަދަލުވިއިރު، މީގެ ކުރިން އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި ބާސެލޯނާއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ޔުނައިޓެޑުގައި ވެން ޑަ ބީކަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އަޔަކްސްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެން ޑަ ބީކް އަކީ އަޔަކްސްއިން 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ފުރުސަތު ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އަޔަކްސްއަށް ކުޅެދިން 175 މެޗު 41 ލަނޑު ކާމިޔާބުކޮށްފައިވާ ވެން ޑަ ބީކް ވަނީ އެ ޓީމާއެކު 2018-2019 ވަނަ އަހަރުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު