Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާތައް އަލުން ހުޅުވުން

ކާއެއްޗެހި ވިއްކުން މަނާކޮށް ވަންނަ އެންމެންގެ މަޢުލޫމާތު އެއްކުރާގޮތަށް އުސޫލު އެކުލަވާލާ ސިނަމާތައް ހުޅުވުމުގެ ހުއްދަ ދެނީ

24 ޖެނުއަރީ 2021 | އާދީއްތަ 11:35

އުސޫލުގެ ދަށުން ސިނަމާ ހިންގާ ފަރާތްތަކުން އަމަލުކުރަންވީގޮތާއި، ސިނަމާތަކަށް ދާ ފަރާތްތަކުން އަމަލުކުރަންވީގޮތް ވަނީ އަންގާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 ޖެނުއަރީ 2021 | އާދީއްތަ 11:35
އޮލިމްޕަސް ސިނަމާ

އޮލިމްޕަސް ސިނަމާ

ސިނަމާތައް އަލުން ހުޅުވާއިރު ކާއެއްޗެހި ނުވިއްކޭގޮތަށް ބަދަލުގެނެސް ވަންނަ އެންމެންގެ މަޢުލޫމާތު އެއްކުރާގޮތަށް ހަމަޖައްސާ، "ކޮވިޑު-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީގޮތުގެ އުސޫލު" އާންމުކޮށްފިއެވެ.

ޖަނަވަރީ 25ން ފެށިގެން ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. "ކޮވިޑު-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީގޮތުގެ އުސޫލު"ގައި ވަނީ ސިނަމާ ހިންގާ ފަރާތްތަކުން އަމަލުކުރަންވީގޮތާއި، ސިނަމާތަކަށް ދާ ފަރާތްތަކުން އަމަލުކުރަންވީގޮތް ވަރަށް ތަފްސީލީގޮތެއްގައި ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން އާންމުކުރި މި އުސޫލުގެ ދަށުން ސިނަމާ ހިންގާ ފަރާތްތަކުގެ ޒިންމާގެ ދަށުން ސިނަމާ ހިންގާ ފަރާތުން ތަނުގައި ހަމަޖައްސަންޖެހޭ އުސޫލުތަކުގެ ތެރޭގައި ވަދެ ނިކުތުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެކަށައަޅާފައެވެ. އެގޮތުން މާސްކް އެޅުމާއި، މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. އަދި ކޮވިޑް-19އިން ރައްކާތެރިވުމުގެ އުސޫލުތައް އާންމުކޮށް ފެންނާނެހެން ބަހައްޓަންޖެހެއެވެ. މީގެ އިތުރުން ދޮރުކައިރީގައި ސެނެޓައިޒުްކުރުމާއި އަތް ދޮވުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.

އަލަށް އަމަލުކުރާ އުސޫލުގެ ދަށުން ސިނަމާއިން ޓިކެޓެއް ނުވިއްކޭނެއެވެ. އެހެންކަމުން ޓިކެޓް ގަތުމަށް އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން އިންތިޒާމުތައް ހަމަޖައްސަންޖެހެއެވެ. އަދި ފައިސާގެ މުޢާމަލާތްތައްވެސް ކޭޝްލެސް ޕޭމަންޓް ނިޒާމަކުން ހަމަޖައްސަންޖެހޭނެއެވެ. އަދި ސިނަމާއަށް އަންނަ ކަސްޓަމަރުންނާއި ދިމާވާ މުއައްޒަފުން މާސްކާއެކު ފޭސް ޝިލްޑް އެޅުމަށް ވަނީ އަންގާފައެވެ. ސިނަމާގެ ދަންފަޅިތައް ނިމުމުން ސީޓްތައް ރަނގަޅަށް ސާފުކުރުމަށް އައު އުސޫލުގައި ހިމަނާފައިވާ އިރު، ކޮވިޑްގެ ޙާލަތުގައި ފްރީ ސީޓިންގެ ބަދަލުގައި ސީޓް ނަންބަރު ލިޔެފައި އޮންނަންޖެހޭނެއެވެ. އަދި ސިނަމާއަށްދާ ފަރާތްތަކަށް ސީޓް ބަދަލެއްވެސް ނުކުރެވޭނެއެވެ.

އައު އުސޫލުގެ ދަށުން އަމިއްލައަށް ސިނަމާތަކަށް ފެންފުޅި ފަދަ އެއްޗެއް ފިޔަވާ އެހެން އެއްވެސް ކާބޯއެއްޗެއް ނުވެއްދޭނެއެވެ. މީގެ އިތުރުން އިންޓަވަލް ގަޑީގައި އަދި އެނޫންވެސް ގަޑިއެއްގައި ތަނުގެ ތެރޭގައި ކާބޯތަކެތި ވިއްކަން ނުބެހެއްޓޭނެއެވެ. އަދި ހަމަ މިއާއެކު ކޮންމެ ޝޯއަކަށް ޓިކެޓް ނެގި މީހުންގެ ލިސްޓް (ނަމާއި، ގުޅޭނެ ނަންބަރު، ތާރީޚް އަދި ސީޓް ނަމްބަރ އެނގޭނެގޮތަށް) ލޮގްކުރަން ޖެހޭނެއެވެ. ސިނަމާއަށް ވަންނަ މީހުން ޓްރޭސްއެކީ އެޕް ބޭނުންކުރުމަށް ބާރު އެޅުމަށް ސިނަމާ ހިންގާ ފަރާތައް ވަނީ އަންގާފައެވެ.

މި އުސޫލުގެ ދަށުން ސިނަމާ ހޯލްގައި ހުންނަން ޖެހޭ ޝަރުތުތަކާއި، ތަނާއި ތަނުގައި ހުންނަ ތަކެތީގެ ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެއް އާއިލާއަކުން ނުވަތަ އެއް ގްރޫޕްއަކަށް ނިސްބަތް ނުވާ މީހުންނަމަ 3 ފޫޓުގެ ދުރުމިން ދަމަހައްޓަން ޖެހޭނެއެވެ. މީގެ އިތުރުން ސިނަމާ ހޯލްގައި ވައިދައުރުވާނެހެން ދޭތެރެދޭތެރެއިން ދޮރުތައް ހުޅުވަން ޖެހެއެވެ. އަދި ސިނަމާގައި އާންމުކޮށް އަތްލާ ތަންތަން (ދޮރު، ސީޓް އަތްގަނޑު ފަދަ ތަކެތި) ސާފުކުރުމަށާއި، ޑަބަލް ކޮތަޅު ލައްވާ ރައްކާތެރިގޮތުގައި ތަނުގައި އުފެދޭ ކުނި ނައްތާލުމަށް މި އުސޫލުގެ ދަށުން ސިނަމާ ހޯލް ހިންގާ ފަރާތްތަކަށް ވަނީ އަންގާފައެވެ. މުއައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް މޮނީޓަރ ކުރަމުން ދިޔުމަށްވެސް މި އުސޫލުގެ ދަށުން ސިނަމާތަކުގެ ވެރިންނަށް ޝަރުތުކުރެއެވެ.

އައު އުސޫލުގެ ދަށުން ސިނަމާތަކަށް ދާ ފަރާތްތަކުން އަމަލުކުރަންވީގޮތުގެ އުސޫލުގެ ދަށުން ކޮވިޑްގެ އެއްވެސް އަލާމާތެެއް ހުރިނަމަ ސިނަމާތަކަށް ނުދިއުމާއި، ކަރަންޓީންގައި ނުވަތަ އައިސޮލޭޝަންގައި މީހަކު ގޭގައި ހުރިނަމަ ސިނަމާތަކަށް ނުދިއުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ސިނަމާގެ ތެރޭގައި އުޅޭ ހުރިހާ ވަގުތަކުވެސް މާސްކް އެޅުމާއި ކޮވިޑްގެ ޙާލަތާއި ގުޅިގެން ގެންނަ ބަދަލުތަކަށް އަހުލުވެރިވުމަށް ވަނީ އަންގާފައެވެ.

ފިލްމް ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރި އިއުލާންގައިވަނީ، މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަމާއްދާގެ (ނ) ގެ ދަށުން ބަންދުކުރި ނަމަވެސް، ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން ސިނަމާތައް ހުޅުވައިލުން އެންމެ ރަނގަޅުކަމުގައި އެ އޭޖެންސީއަށް ފެންނާތީކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
28 ފެބުރުއަރީ 2017

ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި

28 ފެބުރުއަރީ 2017
ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި
26 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް