Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އާސެނަލް ކެޓިއިރު، ސިޓީ ފަސްވަނަ ބުރަށް

24 ޖެނުއަރީ 2021 | އާދީއްތަ 07:45

އާސެނަލް އަތުން ސައުތެމްޓަން މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖެނުއަރީ 2021 | އާދީއްތަ 07:45
ސައުތެމްޓަނާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސައުތެމްޓަން މޮޅުވީ 1-0 ން

ސައުތެމްޓަނާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސައުތެމްޓަން މޮޅުވީ 1-0 ން

އިނގިރޭސި އެފްއޭ ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް މުބާރާތުގެ ހަތަރުވަނަ ބުރުން ކަޓައިފިއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުން އާސެނަލް ކެޓީ ހޮނިހިރު ދުވަހުގެ ހަވީރު ސައުތެމްޓަން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.

ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 24 ވަނަ މިނެޓުގައި އާސެނަލުގެ ޑިފެންޑަރު ގަބްރިއެލް މަގަޅާއެސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ސައުތެމްޓަންގެ ކައިލް ވޯކާ-ޕީޓާސް ނަގައިދިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭގެ ފަހުން ދެ ޓީމުގެ ފަރާތުންވެސް މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ނަތީޖާ އެއްވަރުކުރުމަށް ދެވަނަ ހާފުގައި އާސެނަލުގެ ޒުވާން ފޯވާޑް އެޑްވާޑް އެންކެޓިއޭ ފޮނުވާލި ހަމަލަ ސައުތެމްޓަނުގެ ގޯލްކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ފަސްވަނަ ބުރުން މެންޗެސްޓާ ސިޓީ ޖާގައެއް ހޯދީ ހޮނިހިރު ދުވަހުގެރޭ ހަތަރުވަނަ ޑިވިޝަނުގެ ޗެލްޓްނަމް ޓައުން އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މޮޅާއެކު ސިޓީން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުންވެސް މޮޅުވެފައެވެ.

ޗެލްޓްނަމުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގަައި ޗެލްޓްނަމަށް ލީޑު ނަގައިދިނީ އަލްފީ މޭއެވެ.

އެކަމަކު ސިޓީން ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ މެޗުގެ ފަހު ވަގުތުގައެވެ. އެގޮތުން މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ފިލް ފޯޑެން ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ގަބްރިއެލް ޖީސޫސް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އަދި އިތުރު ވަގުތުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ ފެރާން ޓޮރޭސްއެވެ.

މި މޮޅާއެކު މުބާރާތުގެ ފަސްވަނަ ބުރަށް ސިޓީ ދަތުރުކުރިއިރު، ފަސްވަނަ ބުރުގައި ސިޓީ ނުކުންނާނީ ހޮނިހިރު ދުވަހުގެރޭ ނޮޓިންހަމް ފޮރެސްޓް އަތުން 5-1 ން މޮޅުވި ސްވަންސީ ސިޓީއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް