Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ ތަރައްގީ

މީގެ ކުރިން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއަޅާފައިވަނީ ގަސްތުގައި- މޭޔަރު ޞާދިގު

24 ޖެނުއަރީ 2021 | އާދީއްތަ 08:34

އައްޑޫއަކީ ހުނަރުވެރި މަސައްކަތްތެރި މީހުން ތިބި ސިޓީއެއް ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖެނުއަރީ 2021 | އާދީއްތަ 08:34
އެންމެ ފުރަތަމަ ރިސޯޓެއް ހުޅުވިގެން ދިޔައީ 2008 އަދި 2009 ހިސާބުގައި ކަމަށް ޞާދިގު ވިދާޅުވި

އެންމެ ފުރަތަމަ ރިސޯޓެއް ހުޅުވިގެން ދިޔައީ 2008 އަދި 2009 ހިސާބުގައި ކަމަށް ޞާދިގު ވިދާޅުވި

މީގެ ކުރިން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއަޅާފައިވަނީ ގަސްތުގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޞާދިގު ވިދާޅުވީ އިނގިރޭސިން ފޭބުމަށްފަހު މުޅި ރާއްޖެ ތަރައްގީވަމުން އައިއިރު އައްޑޫ އައީ ތަރައްގީގެ މަގުގައި މަޑުމަޑުން ފިރުކެމުން ކަމަށެވެ. އަދި މަޑުމަޑުން ތަރައްގީވަމުން އައިސް ލިންކްރޯޑެއް ލިބުނު ކަމަށް ޞާދިގު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެއަރޕޯޓެއް ލިބުނު ކަމަށާއި ނަމަވެސް އެތަނުގައި ގާއިމުކުރެވުނު ހޮޓަލެއް ނުވަތަ ރިސޯޓެއް ވެސް ނެތް ކަމަށް ޞާދިގު ފާހަގަ ކުރެއްވިއެވެ. އަދި އެންމެ ފުރަތަމަ ރިސޯޓެއް ހުޅުވިގެން ދިޔައީ 2008 އަދި 2009 ހިސާބުގައި ކަމަށް ވިދާޅުވެ ޞާދިގު ވިދާޅުވީ އައްޑޫއަކީ ގިނަ ސިނާޢަތްތަކުގައި މަސައްކަތްކުރާ ހުނަރުވެރި މަސައްކަތްތެރި މީހުން ތިބި ސިޓީއެއް ކަމަށެވެ.

އެގޮތުން އައްޑޫއަކީ ރިސޯޓު ހިންގުންތެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން އަދި މަސްވެރިންނާއި، އިންޖީނިއަރުން އަދި ޑޮކްޓަރުން ވެސް ތިބި ސިޓީއެއް ކަމަށް ޞާދިގު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޞާދިގު ވިދާޅުވީ އެ ސިޓީގެ ހޮސްޕިޓަލުގެ ހާލަތު ވެސް ކުރިން ވަރަށް ގޯސްވެގެންދިޔަ ކަމަށެވެ. އަދި އެތަން އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކޮށްފައިނުވާކަން ޞާދިގު ފާހަގަކުރެއްވިއެވެ.

އަދި އެތައް ދުވަހެއްގެ ވީރާނާ ވުމަކަށްފަހު ސާކް ސަމިޓާ ދިމާކޮށް 2011 ވަނަ އަހަރު އެ ސިޓީއަށް ކުރިއެރުންތަކެއް ލިބެން ފެށިކަމަށް ވިދާޅުވެ ޞާދިގު ވިދާޅުވީ ޕްރޮޖެކްޓްތައް ރޭވިގެން ދިޔަ ކަމަށާއި އެކިއެކި މަޝްރޫޢުތައް ހިންގަން ފެށުނު ކަމަށެވެ.

ޞާދިގު ވިދާޅުވީ ކައުންސިލް ތަކަކީ ސަރުކާރުން ކޮށްދޭ ކަންކަން ރައްޔިތުންނަށް ގެނެސްދޭން ތިބޭ ބައެއް ކަމަށެވެ. އެގޮތުން އެއަރޕޯޓު ހިންގުމާއި އިންޖީނުގެ ހިންގުން ފަދަ މަސައްކަތްތަކަކީ ސަރުކާރުން އެކަމެއް ކޮށްދިނުމުންވާ ކަންކަން ކަމުގައި ޞާދިގު ވިދާޅުވިއެވެ

ފާއިތުވި 7 އަހަރަށް ބަލާއިރު ތަރައްގީ އޮތީ މަޑުޖެހިފައި ކަމަށާއި 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އައްޑޫ ސިޓީގެ ތަރައްގީއަށް ހަމަ އެއްވެސް ކަމެއް ނުކޮށްދެއޭ ދެންނެވިކަމުގައި ވިޔަސް ދޮގަކަށް ނުވާނެ ކަމަށް ޞާދިގު ވިދާޅުވިއެވެ.

އަދި 2013 ވަނަ އަހަރަށް ބަލާއިރު ހޮސްޕިޓަލު ތަރައްގީކުރުމަށް ބޭނުންވާ ފައިސާގެ އިތުރުން ބިމެއް ވެސް އޮތް ކަމަށް ވިދާޅުވެ ޞާދިގު ވިދާޅުވީ އެ މަސައްކަތް ވެސް ނުކުރެވި އެންމެ ފަހުން ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަށް ބަދަލު ކުރެއްވީ ކަމަށާއި އޭގެ ސަބަބުން ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތި ވަމުން ދާކަމަށެވެ.

ޞާދިގު ވިދާޅުވީ މަރަދޫ ބަނދަރުގެ މަޝްރޫޢުގައި ކުރީގެ ސަރުކާރުން ހިމަނާފައިވަނީ އެންމެ 100 ފޫޓު އިތުރު ކުރަން ކަމަށް ވިދާޅުވެ ޞާދިގު ވިދާޅުވީ މިހާރު މަސްވެރިންނާ މަޝްވަރާ ކުރެވި ވާހަކަ ދެކެވިގެން އެތައް ގުނައެއް ދިގުކޮށް ފުޅާ ކުރެވިފައިވާކަމަށެވެ.

ޞާދިގު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ވާހަކަ އަޑުއަހާ، ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރާ ސަރުކާރެއް ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް