Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި ބްރޭނާއަށް އަނިޔާވުން

ޑި ބްރޭނާއަށް އަނިޔާވެ ހަ ހަފުތާއަށް ކުޅުމާ ދުރަށް

23 ޖެނުއަރީ 2021 | ހޮނިހިރު 05:03

ޑި ބްރޭނާއަށް އަނިޔާވީ އެސްޓަން ވިލާ އަތުން ސިޓީ މޮޅުވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޖެނުއަރީ 2021 | ހޮނިހިރު 05:03
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް އަނިޔާވެ ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 29 އަހަރުގެ ޑި ބްރޭނާއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ 2-0 ން އެސްޓަން ވިލާ އަތުން ސިޓީ މޮޅުވި މެޗުގައެވެ. އެ މެޗުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގެ 59 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ ބަދަލުކޮށްފައެވެ. އަދި މެޗަށްފަހު ހެދި ޓެސްޓުތަކުން ޑި ބްރޭނާއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަނިޔާގެ ސަބަބުން ޑި ބްރޭނާއަށް ގިނަވެގެން ހަ ހަފުތާ ވަރު ގެއްލޭނެ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި، އަދި އެންމެ އަވަހަށްވެސް ޑި ބްރޭނާއަށް ކުޅުމަށް އެނބުރި އާދެވޭނީ ހަތަރު ހަފުތާގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ސިޓީން ކުރިއަށް އޮތް ކުޅެން އޮތް 10 މެޗުގައިވެސް ޑި ބްރޭނާއަށް ނުކުޅެވޭނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ސިޓީ އޮއްވައި ޑި ބްރޭނާއަށް އަނިޔާވުމަކީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެގޮތުން އަނިޔާގެ ސަބަބުން ޑި ބްރޭނާއަށް ޕްރިމިއާ ލީގުގައި އަންނަ މަހު ހަތްވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައިވެސް ޑި ބްރޭނާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި ޑި ބްރޭނާ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 23 މެޗުގައި ތިން ލަނޑު ޖަހައި، 15 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޑި ބްރޭނާއަށް އަނިޔާވިއިރު، މި ވަގުތު ޕްރިމިއާ ލީގުގެ ދެވަނައިގައި ސިޓީ އޮތީ ކުޅުނު 18 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް 19 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. މި ފަހަކަށް އައިސް ސިޓީން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، އެ ޓީމުން ވަނީ އެއްވެސް މުބާރާތެއްގައި މެޗަކުން ބަލިނުވެ 16 މެޗު ހަމަކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް