Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިދާން ވައިރަހަށް ޕޮޒިޓިވްވުން

ޒިދާން ކޮވިޑަށް ޕޮޒިޓިވް

23 ޖެނުއަރީ 2021 | ހޮނިހިރު 04:41

ޒިދާން ޕޮޒިޓިވްވީ އަލަވޭސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ހެދި ޓެސްޓުތަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޖެނުއަރީ 2021 | ހޮނިހިރު 04:41
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން

ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން

ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޒިދާން ކޮވިޑަށް ޕޮޒިޓިވްވިކަން ހުކުރު ދުވަހުގެރޭ ރެއާލް މެޑްރިޑުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ހެދި ޓެސްޓުތަކުން ކަމަށެވެ. އެއާއެކު އަލަވޭސް މެޗުގައި އެ ޓީމަށް އިރުޝާދުދިނުމުގެ ޒިންމާއާ ހަވާލުވާނީ އެސިސްޓަންޓް ކޯޗު ޑޭވިޑް ބެޓޯނީ ކަމަށްވެސް ރެއާލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޒިދާން ކޮވިޑަށް ޕޮޒިޓިވްވިއިރު، ވައިރަހަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ އެކަހެރިވެފައެވެ. އެކަމަކު އެ ފަހަރު ކުރި ޓެސްޓުތަކުން އޭނާ ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރެއާލުން ކުޅޭ ބައެއް މެޗުތައް ޒިދާނަށް ގެއްލިގެންދާއިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ސްޕެނިޝް ސުޕަ ކަޕުގައި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އަލްކޮއްޔާނޯ އަތުން 2-1 ން ބަލިވެ މުބާރާތުން ރެއާލް ކެޓިއިރު، ސްޕެނިޝް ސުޕަ ކަޕުގެ ސެމީފައިނަލުގައި އެތުލެޓިކް ބިލްބާއޯ އަތުން 2-1 ން ބަލިވެ އެ މުބާރާތުންވެސް ރެއާލް ވަނީ ކަޓާފައެވެ.

މި ފަހުން ކުޅުނު މެޗުތަކުގައި ރެއާލަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު، އެ ޓީމު އޮތީ ސްޕެނިޝް ލީގުގެ ދެވަނައިގައި ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 17 މެޗުން 44 ޕޮއިންޓް ލިބިފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މި މަގާމު ދެމިހުރެވޭނެ ހަމައެކަނި މަގަކީ ތަށި ހޯދުން: ޒިދާން

23 މެއި 2017
މި މަގާމު ދެމިހުރެވޭނެ ހަމައެކަނި މަގަކީ ތަށި ހޯދުން: ޒިދާން
10 މެއި 2017

މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން

10 މެއި 2017
މިރޭގެ މެޗަށް ސަމާލުވާން ޖެހޭ، ފައިނަލް ޔަގީނެއް ނޫން: ޒިދާން
03 މެއި 2017

ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން

03 މެއި 2017
ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން
02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް