Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޯގާ ސެޝަން

ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް މާލެ ސިޓީ ކައުންސިލުން ޔޯގާ ސެޝަންތަކެއް

23 ޖެނުއަރީ 2021 | ހޮނިހިރު 02:59

ޔޯގާ ސެޝަން އޮންނާނީ ލޮނު ޒިޔާރަތް ޕާކުގެ ކަސްރަތު ފެހި މައިޒާނުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 ޖެނުއަރީ 2021 | ހޮނިހިރު 02:59
މާލެ ސިޓީއިން ކުރިއަށްގެންދާ ޔޯގާ ސެޝަންގެ ތެރެއިން

މާލެ ސިޓީއިން ކުރިއަށްގެންދާ ޔޯގާ ސެޝަންގެ ތެރެއިން

ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ޔޯގާ ސެޝަންތަކެއް ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ސެޝަންތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. އަދި ޖާގަ ހުރިވަރަކުން ފުރުސަތު ދެމުންދާނެކަމަށެވެ.

އަލަށް ހުޅުވި ލޮނު ޒިޔާރަތް ޕާކުގެ ކަސްރަތު ފެހި މައިޒާނުގައި ކުރިއަސްގެންދާ މި ޔޯގާ ސެޝަންތަކަކީ މާލެ ސިޓީ ކައުންސިލާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ، ބުދަ އަދި ހުކުރު ދުވަހު މި ސެޝަންތައް އޮންނައިރު މި ސެޝަންތައް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ފަތިހު 6 އިން ހެނދުނު 7 އަށެވެ.

Advertisement - newsAdvertisement

މިސެޝަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާލެ ސިޓީ ކައުންސިލްއަށް އެކަން އެނގުމަށްފަހު ސެޝަން ކުރިއަށްދާ ގަޑިއަށް ޔޯގާ މެޓަކާއި ފެންފުޅިއެއް ހިފައިގެން ދިއުމަށް ވަނީ އެދިފައެވެ. އަދި މި ސެޝަންތަކަށް ދާއިރު ޕްލާސްޓިކް ބޭނުން ވީ ހާވެސް މަދުކުރުމަށް ޕްލާސްޓިކް ފުޅިއަށް ފެން އަޅައިގެން ނުގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އަލަށް ފެށި ސެޝަންތަކަކީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ސެޝަންތައް އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް މަސައްކަތް ކުރާނެކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރާއްޖެގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 އިން 19އަށް ވަނަ ދުވަހު ވަނީ "ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު ޢީދު ފެސްޓިވަލްއެއް ބާއްވާފައެވެ.

ގިނަ ކުޅިވަރުތަކަކާއެކު ކުރިއަށްގެންދާ މިހަރަކާތުގައި ރައީސް ޞާލިހުގެ އިތުރުން، ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި މިހާރު މާމިގިލީ ދާއިރާގެ މެމްނަރު ގާސިމް އިބްރާހިމް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއިި ސަރުކާރުގެ އިސްވެރިންން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކުޅިވަރު އީދުގައި ބީޗް ވޮލީ، ސާރފިން، ބޮޑީ ބޯރޑިން، ސްކޭޓިން، ފެތުމުގެ ހަރަކާތްތައް، ބައިކް ރައިޑް، ދުވުން، ފިޓްނަސް ހަރަކާތްތަކުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް