Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލްތަކުގެ އިންތިޚާބު

ކޮވިޑުގެ ތެރޭގައި ވެސް ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށް އިންތިޚާބު ބޭއްވުން ލާޒިމް: އަނަސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލް ބުރާސްފަތި ދުވަހު ރައީސް ތަސްދީޤު ކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2021 | ހުކުރު 23:05
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

ކޮވިޑުގެ ތެރޭގައި ވެސް ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށް އިންތިޚާބު ބޭއްވުމަކީ ލާޒިމް ކަމެއް ކަމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ ފަދަ އެޗް.ޕީ.އޭ. އިން ބަލައިގަންނަ ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކާއެކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިންތިޚާބު ކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިޚާބު ބޭއްވުމަކީ ލާޒިމްކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އަނަސް މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 (ޤާނޫނު ނަންބަރު 3/2020) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ބުރާސްފަތި ތަސްދީޤު ކުރައްވާފައިވަނިކޮށެވެ.

މި ބިލަކީ 2021 ޖަނަވަރީ 19 ވީ އަންގާރަ ދުވަހު، ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޚާއްޞަ ޖަލްސާއިން ފާސް ކުރި ބިލެކެވެ.

މި ބިލާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 7 ވަނަ މާއްދާ ވަނީ އިޞްލާޙު ކޮށްފައެވެ. މި ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ފަށަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތަކާއި އުޞޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

އިންތިޚާބުގެ ކަންކަން އަލުން ފެށުމާއި، އިންތިޚާބާ ގުޅޭގޮތުން ޢަމަލު ކުރާނެ ޚާއްޞަ އުޞޫލުތައް ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. 2020 ވަނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގެ ދަށުން ފަސްކޮށްފައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު