Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިއުކްލިއާ ހަތިޔާރު

ނިއުކްލިއާ ހަތިޔާރު މަނާކުރުމުގެ މުޢާހަދާއަށް އަމަލުކުރަން ފެށުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

22 ޖެނުއަރީ 2021 | ހުކުރު 22:58

މި މުޢާހަދާ ފާސްކޮށްފައިވަނީ 122 ގައުމުގެ ތާއިދާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖެނުއަރީ 2021 | ހުކުރު 22:58
ރައީސް ސާލިހް އާއި ކެބިނެޓްގެ ވަޒީރުން

ރައީސް ސާލިހް އާއި ކެބިނެޓްގެ ވަޒީރުން

އދ. ނިއުކްލިޔާ ހަތިޔާރު މަނާކުރާ މުޢާހަދާ، ޓްރިޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިޔާ ވެޕަންސް (ޓީޕިއެންޑަބްލިއު) އަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މިކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. ގައި ހިމެނޭ އެހެން ގައުމުތަކެކޭ އެއް ފަދައިން ރާއްޖެއިން އެ މުޢާހަދާ ގައި ބައިވެރިވުމަކީ ދުނިޔެ އަކީ ނިއުކްލިޔާ ހަތިޔާރު ނައްތާލެވިފައިވާ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތާ ގާތަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށެވެ. މިއީ އިންސާނިއްޔަތަށް ލިބުނު ނަަސްރެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މުޢާހަދާ ފާސްކޮށްފައިވަނީ 122 ގައުމުގެ ތާއިދާއެކުއެވެ. ނަމަވެސް ރަސްމީ ގޮތުން ނިއުކްލިޔާ ހަތިޔާރު މަނާކުރުމާ ދެކޮޅު މުޢާހަދާއަށް ރަސްމީގޮތުން ޢަމަލުކުރަން ފެށީ ހުކުރު ދުވަހުއެވެ.

ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލާ އދ. ގެ މުޢާހަދާ 2017 ވަނަ އަހަރު ފާސްކޮށްފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ބުނާ ގޮތުން އަލަށް ބައިވެރިވާ ގައުމުތަކުން އެއްވެސް ބާވަތެއްގެ ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ނުވަތަ ގެންގުޅުން މަނާވާނެއެވެ. އެކަމަކު ނިއުކްލިއާ ހަތިިޔާރު ހުރި ގައުމުތަކުން އެ މުޢާހަދާގައި ބައިވެރިވާނަމަ، އެ ތަކެތި ނައްތާލަން ވަކި މުއްދަތެއް ލިބޭނެއެވެ.

ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިދިޔަ އަހަރު މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ ރާއްޖެ އަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ހަތިޔާރު އުފައްދާނެ ގައުމެއް ނޫން ކަމަށާއި "ޓްރީޓީ އޮން ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް" މުޢާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ދިވެހި ރާއްޖެ ކަމަށެވެ.

ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަޤުވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖުލައި 2018

ދަތިކުރުމުގެ ފިޔަވަޅުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފި

21 ޖުލައި 2018
ދަތިކުރުމުގެ ފިޔަވަޅުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފި
08 ފެބުރުއަރީ 2018

ލަޝްކަރެއް އަރައި ހަތިޔާރު ބޭނުން ކުރަން ޖެހޭ ހާލަތެއް އަދި ނާދޭ: ޕާޓީތައް

08 ފެބުރުއަރީ 2018
ލަޝްކަރެއް އަރައި ހަތިޔާރު ބޭނުން ކުރަން ޖެހޭ ހާލަތެއް އަދި ނާދޭ: ޕާޓީތައް
18 ޑިސެމްބަރު 2017

"މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އާންމުކޮށް، އަމަލުކުރަން ފަށައިފި

18 ޑިސެމްބަރު 2017
"މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އާންމުކޮށް، އަމަލުކުރަން ފަށައިފި
08 ނޮވެމްބަރު 2017

ޕޮލިސް ރިކޯޑް ހާމަކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް އަމަލުކުރަން ފަށައިފި

08 ނޮވެމްބަރު 2017
ޕޮލިސް ރިކޯޑް ހާމަކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް އަމަލުކުރަން ފަށައިފި
13 އޮކްޓޯބަރު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

13 އޮކްޓޯބަރު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
09 ޖުލައި 2017

ޖަލުގައި ހިންގި މާރާމާރީގައި ތޫނު ހަތިޔާރު ބޭނުމެއް ނުކުރޭ، ހުރީ ނިޔަފަތި އަޅުވާފަ: ކަރެކްޝަން

09 ޖުލައި 2017
ޖަލުގައި ހިންގި މާރާމާރީގައި ތޫނު ހަތިޔާރު ބޭނުމެއް ނުކުރޭ، ހުރީ ނިޔަފަތި އަޅުވާފަ: ކަރެކްޝަން
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް!

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް!
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
25 އެޕްރީލު 2017

ރަޝިޔާއިން ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދޭ: އެމެރިކާ

25 އެޕްރީލު 2017
ރަޝިޔާއިން ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދޭ: އެމެރިކާ
27 މާރިޗު 2017

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް