Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ލަޝްކަރެއް އަރައި ހަތިޔާރު ބޭނުން ކުރަން ޖެހޭ ހާލަތެއް އަދި ނާދޭ: ޕާޓީތައް

8 ފެބުރުއަރީ 2018 | ބުރާސްފަތި 17:06

އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ޔާމީން ހުއްޓުވައިފި: އިދިކޮޅު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 ފެބުރުއަރީ 2018 | ބުރާސްފަތި 17:06
ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން-

ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން-

ދިވެހިރާއްޖެއަށް ބޭރުގެ ލަޝްކަރެއް އަރައި ހަތިޔާރުގެ ބޭނުން ކުރަންޖެހޭ ފަދަ ހާލަތަކަށް ގައުމު ދިޔަ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ހަވީރު މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ބޭރުގެ ލަޝްކަރެއް ރާއްޖެ އަރައި، ހަތިޔާރުގެ ބޭނުންކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލާފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ހަވާލާ ދެއްވައި، އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ ހާލަތާ ގުޅިގެން ރާއްޖެއަށް އެންވޯއީއެއް ފޮނުވުމަށް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށާއި އޭގެ މާނައަކީ ރާއްޖެއަށް ބޭރުގެ ލަޝްކަރެއް ފޮނުވައި ހަތިޔާރުގެ ބޭނުން ކުރުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން ދިވެހި ގައުމަށް، ބޭރުގެ ބަޔަކު ނުވަތަ ބޭރުގެ ލަޝްކަރެއް އަރައި ހަތިޔާރުގެ ބޭނުން ކުރަން ޖެހޭ ފަދަ ހާލަތަަކަށް ގައުމު ދިޔަ ކަމަކަށް، އަޅުގަނޑުމެން އެގޮތަކަށް ގަބޫލެއް ނުކުރަން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ކުރި ހުރިހާ މަސައްކަތެއް ރައީސް އަބްދުﷲ ޔާމީން ހުއްޓުވާފައިވާ ކަމަށާއި އެ މަސައްކަތްތައް ހުއްޓުވާފައި ވަނީ ގަދަބާރުން ކަމަށެވެ.

"...އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ކަމަކީ ގާނޫނީ ގޮތުން އަޅުގަނޑުމެން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް، ރައީސް ޔާމީން ހުއްޓުވައިފި. ގާނޫނުއަސާސީގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށް އަޅުގަނޑުމެން ކުރި ހުރިހާ މަސައްކަތެއް ގަދަބާރުން، ގޮއްމުށުގެ ބާރުން ހުއްޓުވައިފި. ދެން އަޅުގަނޑުމެން ކޮން ކަމެއްތޯ ކުރާނީ،" ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަފަނޑިޔާރާއި އެހެން ފަނޑިޔާރުގެ މައްޗަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަަމަށެވެ. އުއްތަމަފަނޑިޔާރުގެ ބައިވެރިވުމަކާ ނުލައި ސުޕްރީމް ކޯޓުން ގޮތްތައް ކަނޑަނޭޅޭނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ހުންނެވީ ޣައިރު ގާނޫނީ ހައްޔަރެއްގައި ކަމަށް ފާހަގަ ކުރައްވައި ސިފައިންނާއި ފުލުހުންނަށް އަލީ ހުސައިން ގޮވާލެއްވީ ވަގުތަށް އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމަށެވެ.

"އުއްތަމަ ފަނޑިޔާރު މިހާރު ވެސް ހައްޔަރު ކުރެވިފައި ވަނީ ޣައިރު ގާނޫނީ ގޮތުން، ޣައިރު ގާނޫނީ ހައްޔަރެއްގައި އެ ހުންނެވީ. މިވަގުތުން މިވަގުތަށް އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމަށް ދިވެހި ސިފައިންނާއި ފުލުހުންނަށް އަޅުގަނޑުމެން ގޮވާލަން،" އަލީ ހުސައިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް