Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތިކުރުމުގެ ފިޔަވަޅު

ދަތިކުރުމުގެ ފިޔަވަޅުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފި

21 ޖުލައި 2018 | ހޮނިހިރު 19:10

އީޔޫގެ ނިންމުމާ އެއްގޮތަށް ހައްޤުތަކަށް އަރައިގަންނަ ފަރާތްތަކުގެ މުދާ ހިފަހައްޓައި، ދަތުރުކުރުން މަނާކުރާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޖުލައި 2018 | ހޮނިހިރު 19:10
އިނގިރޭސިވިލާތަކީ އީޔޫގެ ފްރޭމްވަރކަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމު

އިނގިރޭސިވިލާތަކީ އީޔޫގެ ފްރޭމްވަރކަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމު

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފިއެވެ.

އިނގިރޭސި ޓްރޭޝަރީގެ ދަށުން ހިންގާ އޮފީސް އޮފް ފައިނޭންޝަލް ސެންކްޝަންސް އިމްޕްލިމެންޓޭޝަނުން މިހާރު ވަނީ މި އޮނިގަނޑަށް އަމަލުކުރަން ފަށާފައެވެ. ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، އެކަމަށް ބޭނުންވާ އޮނގިގަނޑާއި އަޅާނެ ފިޔަވަޅުތައް ވަނީ ފާސްކޮށްފައެވެ. އަދި ކަންކަން އިސްލާހު ނުވެއްޖެ ނަމަ ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ބޭފުޅުންގެ ނަންތައް، ހާމަކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

ވިލާތުގެ އިއްތިޙާދުން ޖުލައި މަހުގެ 16 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތަކީ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމެވެ. ވިލާތުގެ އިއްތިޙާދުގެ ނިންމުމާ އެކު އެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުން ވަކިވަކިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާއިރު، ވިލާތުގެ އިއްތިޙާދުގައި ނުހިމެނޭ ވިލާތުގެ އެހެން ޤައުމުތަކުން ވެސް އެއިއްތިޙާދުގެ މިނިންމުމަށް އަމަލުކުރާނެ ކަމަށް ބެލެވެއެވެ.

ވިލާތުގެ އިއްތިޙާދުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށް ވިލާތުގެ ޤައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުން ހިމެނެއެވެ. މިފިޔަވަޅުތައް އަޅާނެ މީހުންގެ ނަންތައް އެ އޮނިގަނޑުގެ އެނެކްސްގައި ހިމެނުމަށް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކައުންސިލަށް ހުށަހަޅައި، ފާސްކުރަން ޖެހެއެވެ.

މި ފިޔަވަޅުތައް އަޅާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖޭގެ ސަރުކާރުގައި ހިމެނޭ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމި ނަމަވެސް، ކަންކަން އިސްލާހުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭކަން ހާމަކޮށްފައެއް ނެތެވެ. އަދި ވިލާތުގެ އިއްތިޙާދަށް ގޮންޖަހައި ރައީސް ޔާމީންގެ އިތުރުން އެހެން ބަައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ވިލާތުގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ފެބްރުއަރީ މަހު އެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކާއި ގުޅިގެންނެވެ. ކަންކަން އިސްލާހުކުރަން އެޤަރާރުގައި ވެސް ގޮވާލާފައިވާއިރު، ފިޔަވަޅު އަޅާފައި މިވަނީ އެއްވެސް ކަމެއް އިސްލާހުނުވެ، އިތުރަށް ގޯސްވުމާއި ގުޅިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެކަމުގެ އިންތިޒާރުގައި ތިން އަހަރު!

22 ސެޕްޓެމްބަރު 2017
ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެކަމުގެ އިންތިޒާރުގައި ތިން އަހަރު!
10 ސެޕްޓެމްބަރު 2017

އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު

10 ސެޕްޓެމްބަރު 2017
އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު
12 ޖުލައި 2017

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް

12 ޖުލައި 2017
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް!

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ހުއްޓުމަކަށް!
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
09 ޖޫން 2017

ޔާމީންގެ މަރުގެ ތަހުގީގަކީ މިނިވަން ތަހުގީގަކަށް ވާންޖެހޭ ކަމަށް އިނގިރޭސިވިލާތުން ބުނެފި

09 ޖޫން 2017
ޔާމީންގެ މަރުގެ ތަހުގީގަކީ މިނިވަން ތަހުގީގަކަށް ވާންޖެހޭ ކަމަށް އިނގިރޭސިވިލާތުން ބުނެފި
29 މެއި 2017

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ސަމާލުވުމަށް އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުން އަންގައިފި

29 މެއި 2017
 ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ސަމާލުވުމަށް އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުން އަންގައިފި
12 އެޕްރީލު 2017

އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލަކީ މަރުކަޒީކޮށް ރައްޔިތުންގެ ބާރުކަނޑުވާލާ ބަދަލެއް: މައުމޫން

12 އެޕްރީލު 2017
އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލަކީ މަރުކަޒީކޮށް ރައްޔިތުންގެ ބާރުކަނޑުވާލާ ބަދަލެއް: މައުމޫން
27 މާރިޗު 2017

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް