Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޢުލޫމާތު ހޯދުން

"މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އާންމުކޮށް، އަމަލުކުރަން ފަށައިފި

18 ޑިސެމްބަރު 2017 | ހޯމަ 07:51

ކޮންމެ ރައްޔިތަކަށްވެސް ހަމަ ކޮންމެ މަޢުލޫމާތެއް ހޯދާންއެދިވެސް ހުށަހެޅިދާނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 ޑިސެމްބަރު 2017 | ހޯމަ 07:51
އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީސް ހުންނަ އިމާރާތް: ކޮންމެ ރައްޔިތަކަށްވެސް ހަމަ ކޮންމެ މަޢުލޫމާތެއް ހޯދާންއެދިވެސް ހުށަހެޅިދާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައި

އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީސް ހުންނަ އިމާރާތް: ކޮންމެ ރައްޔިތަކަށްވެސް ހަމަ ކޮންމެ މަޢުލޫމާތެއް ހޯދާންއެދިވެސް ހުށަހެޅިދާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައި

ނިމިގެންދިޔަ 2016 ވަނަ އަހަރު ހަދާފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ ދަށުން، "މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އެކުލަވާލައި އެ އުސޫލު އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، މަޢުލޫމާތު ހޯދާން ހުށަހަޅާ ފަރާތްތަކުންނާއި، މަޢުލޫމާތު ދޫކުރާ އިދާރާތަކުން ޢަމަލުކުރާނެ ގޮތް ފަސޭހައިން ސާފުކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ އުސޫލެކެވެ.

Advertisement - newsAdvertisement

މި އުސޫލުގައި ބުނެފައިވާ ގޮތުން މި އުސޫލު ތަޢާރުފުކުރުމުގެ މަޤުޞަދަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ގަވާއިދުގެ ދަށުން މަޢުލޫމާތު ހޯދަން އެދުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އިޖުރާއާތު ބަޔާންކޮށް، މަޢުލޫމާތު ހޯދާން އެދޭ ފަރާތްތަކަށާއި ދައުލަތުގެ އިދާރާތަކަށް މައިގަނޑު ނުވަ ކަމެއް ސާފުކޮށް އޮޅުންފިލުވައިދިނުމެވެ.

އެ ކަންކަމަކީ،

  • ދައުލަތުގެ އިދާރާއަކުން މީހަކު ކަމަކަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއް ނޫންކަން.
  • ކޮންމެ ރައްޔިތަކަށްވެސް ހަމަ ކޮންމެ މަޢުލޫމާތެއް ހޯދާންއެދިވެސް ހުށަހެޅިދާނެކަން.
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤަނޫނާއި ގަވާއިދުގެ ދަށުން މަޢުލޫމާތު ހޯދާން އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅާންޖެހޭނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު" ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުންކަން
  • މަޢުލޫމާތު ހޯދާން އެދި ހުށަހެޅޭނެ މުއްދަތުތަކާއި، އެކި މަރުޙަލާތަކަށް ދީފައިވާ މުއްދަތު ޞަރީޙަކޮށް އޮޅުން ފިލުވައިދިނުން
  • ކޮންމެ އިދާރާއަކަށް ހުށަހެޅޭ ކޮންމެ ހުށަހެޅުމަކަށްވެސް އިޖާބަދިނުމަކީ ލާޒިމުކަމެއްކަން.
  • މަޢުލޫމާތެއް ދޫކުރެވެން ނެތް ނަމަ، އެކަން ވެސް، އެދުނު ފަރާތަށް އަންގަންޖެހޭކަން.
  • މަޢުލޫމާތު ހޯދައި ލިބިގަތުމަށްޓަކައި ހުށަހެޅޭ ހުށަހެޅުންތަކުގެ މުޢާމަލާތު ދެފަރާތުންވެސް ހިންގަންޖެހޭނީ ލިޔެކިޔުމުންކަން.
  • މަޝްވަރާ ހޯދުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރ ނުވަތަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކަމާބެހޭ މުވައްޒަފުންނާ މުޢާމަލާތުކުރުމަކީ އިންފޮމޭޝަން އޮފިސަރުންނަށް ވަރަށް ފަސޭހަކަމާއެކު ހުޅުވިފައިވާ ފުރުޞަތެއްކަން.
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެގޮތުން ފުރިހަމަކުރާންޖެހޭ ޤާނޫނީ އިޖުރާއާތު ސާފުކޮށްދިނުން.

މި އުސޫލުގައި ބުނެފައިވާ ގޮތުން މަޢުލޫމާތަށް އެދޭ ފަރާތުން މަޢުލޫމާތެއް ހޯދާން އެދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުށަހަޅައިފި ނަމަ، އެ މަޢުލޫމާތެއް ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުގެ ކުރިން ދެ މަރުހަލާއެއް ކަޑައްތު ކުރާން ޖެހޭނެއެވެ. އެއީ، މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަރުޙަލާ އާއި މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ މުރާޖަޢާ ކޮމިޓީގެ މަރުޙަލާއެވެ.

މީގެ ތެރެއިން، މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަރުޙަލާގައި މައްސަލައެއް ބޭއްވޭނީ ގިނަވެގެން 21 ދުވަހު ކަމަށާއި، އެކާވީސް ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭހައި ގިނަ މަޢުލޫމާތު ނަމަ، ނުވަތަ ހޯދަން އުނދަގޫ މަޢުލޫމާތެއް ނަމަ، މަޢުލުމާތު ހޯދަން އެދުނު ފަރާތަށް، މުއްދަތު ހަމަވުމުގެ ކުރީން، ސަބަބު ބަޔާންކޮށް، ލިޔުމުން އެންގުމަށްފަހު، ސާދަ ދުވަހުގެ މުއްދަތެއް އިތުރުކުރެވިދާނެކަމަށް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

މި މުއްދަތުގައި ޖަވާބެއް ނުލިބިއްޖެ ނަމަ، ނުވަތަ ލިބޭ ޖަވާބާމެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ މައްސަލަ، މަޢުލޫމާތު ހޯދާން ހުށަހެޅިފައިވާ އިދާރާގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅުމަށް މި އުސޫލުގައި ބަޔާންކޮށްފައިވާއިރު، މި މަރުޙަލާގައި މައްސަލައެއް ބޭއްވޭނީ އެންމެ ގިނަވެގެން 30 ދުވަހު ކަމަށްވެސް މި އުސޫލުގައި ވެއެވެ. އަދި ތިރީސް ދުވަހުގެ ތެރޭގައި އެ މައްސަލައަކަށް ޖަވާބުދެވޭ ވަރު ނުވާނަމަ، އެ މުއްދަތު ހަމަވުމުގެ ކުރީން، މަޢުލޫމާތަށް އެދިފައިވާ ފަރާތަށް ލިޔުމުން އަންގައި، ފަނަރަ ދުވަހުގެ މުއްދަތެއް އިތުރުކުރެވިދާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

މި މުއްދަތުގައި މުރާޖަޢާ ކޮމިޓީގެ ފަރާތުން ޖަވާބެއް ނުލިބިއްޖެ ނަމަ، ނުވަތަ ލިބޭ ޖަވާބާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ މައްސަލަ، ޝަކުވާއެއް ނުވަތަ އިލްތިމާސްއެއްގެ ގޮތުގައި އިންފޯމޭޝަން ކޮމިޝަނަރަށް ހުށަހެޅޭނެ ކަމަށާއި، ތިރީސް ދުވަހުގެ ތެރޭގައި އިންފޯމޭޝަން ކޮމިޝަނަރު އެ މައްސަލަ ނިންމަވަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެއެވެ.

މި މަރުހަލާގައި ނިންމާ ނިންމުމާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކުރުމުގެ ޙައްޤުވެސް މި އުސޫލުން ލިއްބައިދެއެވެ.

މި އުސޫލުގައި ބަޔާންކޮށް، ކަނޑައަޅާފައިވާ ގޮތުން، މަޢުލޫމާތު ހޯދާން އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ޤާނޫނާއި ގަވާއިދުގައިވާ މުއްދަތު ފަހަނަޅައި ދިޔުމުގެ ކުރީން ޖަވާބުދާރީވުމަކީ އިންފޮމޭޝަން އޮފިސަރުންނާއި، މުރާޖަޢާ ކޮމިޓީއާއި، އިންފޮމޭޝަން ކޮމިޝަނަރުގެ ޒިންމާއެކެވެ.

މި އުސޫލު ގެޒެޓްކޮށް، އުސޫލަށް އަމަލުކުރަން ފަށާފައިވަނީ 17 ޑިސެމްބަރު 2017 ވީ އާދީއްތަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް