Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާސްޕޯޓްގެ ގަވައިދު

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

މި ގަވައިދު އެކުލަވާލައި އަމަލު ކުރަން ފަށާފައި ވަނީ ބުރާސްފަތި ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އޮކްޓޯބަރު 2017 | ހުކުރު 06:46
ޕާސްޕޯޓެއް

ޕާސްޕޯޓެއް

އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެމީހެއްގެ ސަބަބުން ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް ފޯރާނެ ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓް ބާތިލްކުރެވޭ ގަވާއިދު ހަދައި އެއަށް އަމަލުކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ގެޒެޓްކޮށް ޝާއިއުކޮށްފައިވާ "ދިވެހި ޕާސްޕޯޓުގެ ގަވައިދު"ގައި ވާ ގޮތުން ޕާސްޕޯޓް ބާތިލް ކުރެވޭނެ ފަސް ގޮތެއް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި

  1. ޝަރުއީ ކޯޓަކުން ފޮނުވާ އަމުރަކާ ގުޅިގެން އެ އަމުރެއްގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓް
  2. އެކަށީގެންވާ ސަބަބަކަށް ބިނާކޮށް އެހެނިހެން ގައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާކަމަށް ޝައްކުކުރެވޭ މީހުންގެ ޕާސްޕޯޓު
  3. ދައުލަތުގެ އިސް މަގާމު ފުރުއްވުމަށް ފަހު މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިޝަލް ޕާސްޕޯޓް
  4. ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓާއި ޕާސްޕޯޓު ހެދުމަށް ފަހު ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެ އިމިގްރޭޝަންގައި ބެހެއްޓިފައިވާ ޕާސްޕޯޓް
  5. އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެމީހެއްގެ ސަބަބުން ގައުމީ ސަލާމަތާއި ރައްކާތެރި ކަމަށް އުނިކަމެއް ފޯރާނެ ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓް

އެ ގަވައިދުގައިވާ ގޮތުން ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންއެވެ.

މި ގަވައިދުގައި ވަނީ ޕާސްޕޯޓް ކެންސަލް ކުރެވޭނެ ގޮތް ވެސް ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި

  • * ޕާސްޕޯޓް ކެންސަލްކުރުމަށް އެދޭ ފަރާތަކީ ދިވެހި ރާއްޖޭގައި ހުރި މީހެއް ނަމަ އެ ފަރާތުގެ ޕާސްޕޯޓްު ކެންސަލް ކުރުމަށް ފަހު އެކަން ފޯނުން އެ ފަރާތަށް އެންގުމަށް ފަހު ޕާސްޕޯޓް ކެންސަލް ކޮށްފައިވާކަން ލިޔުމުން އެ ފަރާތަށް އަންގަން ވާނެއެވެ.
  • * ރާއްޖެއިން ބޭރުގައިވާ މީހެއް ނަމަ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީއަށް ނުވަތަ ކޮންސިއުލޭޓަށް ޕާސްޕޯޓް ކެންސަލްކުރިކަން ލިޔުމުން އަންގަންވާނެއެވެ
  • *ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ނެތް ގައުމެއް ނަމަ އެ ގައުމެއްގެ ފޮރިން މިނިސްޓަރީއަށް ޕާސްޕޯޓު ކެންސަލްކުރިކަން ލިޔުމަކުން އަންގަންވާނެއެވެ.

މީގެ އިތުރުން މި ގަވައިދުގައި ޕާސްޕޯޓާ ގުޅޭ އެކިއެކި ޖޫރިމަނާތައް ވެސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޕާސްޕޯޓް ގެއްލުމާއި ހަލާކުވުން ފަދަ ކަންކަމުގައި ކުރާ ޖޫރިމަނާތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު