Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

އީގަލްސްއިން މާޒިޔާ ހިފަހައްޓައިފި

މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2021 | ހުކުރު 19:03
މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކުލަބު އީގަލްސްއިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗަކީ އީގަލްސްގެ ކޯޗުގެ މަގާމުން މުޙައްމަދު ޝިޔާޒް (މޯހަން) އިސްތިއުފާ ދިން ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށްވެސް މި ހާފުގައި ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، އީގަލްސްއިން ވަނީ މާޒިޔާގެ ގޯލާ އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ފޯވާޑް މުޙައްމަދު އޮސާމާ އާއި މިޑްފީލްޑަރު އޮސާމާ އަންބާރު ފޮނުވާލި ހަމަލާތައް މާޒިޔާގެ ގޯލްކީޕަރު ނިކޮލާ ވުޔަނަޗް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އީގަލްސްއަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން އީގަލްސްގެ ފޯވާޑް މުޙައްމަދު ނާއިމަށް މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) ފައުލް ކުރުމުން އީގަލްސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އޭމި ހާފުގެ ކުރީކޮޅު އީގަލްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ނާއިމް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު އޭގެ ފަހުން މާޒިޔާއިން އީގަލްސްގެ ހާފަށް ބާރު ބޮޑުކުރިއިރު، އެ ޓީމުގެ މިޑްފީލްޑަރު ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އަދި މެޗުގެ 73 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ހަމްޕު ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، ރޮނގުމަތިން އެ ބޯޅަ ސަލާމަތްކުރީ އީގަލްސްގެ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) އެވެ. އަދި އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މެޗަށްފަހު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) ބުނީ މެޗަށް ނުކުތީ މޮޅަަކަށް އަމާޒުކޮށްގެން ކަމަށާއި، އެކަމަކު ޕޮއިންޓެއް ލިބުމަކީވެސް މި ވަގުތަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި މި ޕޮއިންޓް ލިބުނީ ހުރިހާ ކުޅުންތެރިންވެސް ބަސް އަަހައިގެން އީގަލްސްގެ ރޫހުގައި ކުރި މަސައްކަތުން ކަމަށް ނިމާ ވަނީ ބުނެފައެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މިއީ އެންމެ އިންސާފުވެރި ނަތީޖާ ކަމަށާއި، އެގޮތުން ލަނޑު ޖަހާނެ ފުރުސަތު މާޒިޔާއަށް ލިބި ބޭނުންނުކުރެވުނު ގޮތަށް އީގަލްސް އަތުންވެސް ފުރުސަތުތަކެއް ބޭކާރުވި ކަމަށެވެ. އަދި މި މެޗުގައި އޭނާ ބޭނުންވި ވަރުގެ ކުޅުމެއް މާޒިޔާގެ ފަރާތުން ނުފެނުނު ކަމަށްވެސް ވަނީ ބުނެފައެވެ.

މި ނަތީޖާއާއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި ހުކުރު ދުވަހުގެރޭ މާޒިޔާއާ އެއްވަރުކުރި އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތް މެޗުން ފަސް ޕޮއިންޓާއެކުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު