Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފީވަށް ބަނދަރު ތަރައްޤީކުރުން

ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމެނީ!

70 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2021 | ހުކުރު 08:18
ށ.ފީވަށް ބަނދަރު، މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައި

ށ.ފީވަށް ބަނދަރު، މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައި

ށ. ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި މަސައްކަތް ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީ.ން ބުނީ ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދުގެ ޕޭވްމަންޓް މަސައްކަތްތައް ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށާއި 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށިލުމާއި ރިވެޓްމަންޓްޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމް.ޓީ.ސީ.ސީ.ން ބުންޏެވެ. އަދި 2،320 ސްކެއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ޚަރަދުވާނެ ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
06 ޖޫން 2017

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

06 ޖޫން 2017
ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް
04 ޖޫން 2017

ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!

04 ޖޫން 2017
ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!
03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
29 މެއި 2017

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ

29 މެއި 2017
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު