Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާއިން ރާއްޖެއަށް ދިން ކޮވިޝީލްޑް ވެކްސިން

އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ސައިޑް އިފެކްޓްސް ނިސްބަތުން ކުޑަ: ޑރ ފައިސަލް

ސައިޑް އިފެކްޓްސް ފެނުން ގާތީ އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރާ މީހުންގެ ގައިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2021 | ބުރާސްފަތި 17:39
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރ އަހުމަދު ފައިސަލް

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރ އަހުމަދު ފައިސަލް

އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ސައިޑް އިފެކްޓްސް ނިސްބަތުން މަދުކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވީ، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ރައްޔިތުންގެ ފަރާތުން ރަނގަޅު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

ކޮންމެ ވެކްސިނަކީވެސް ސައިޑް އިފެކްޓްސްތަކެއް ހުންނަ ވެކްސިނެއްކަން ފާހަގަ ކުރައްވައި ޑރ އިތުރަށް ވިދާޅުވީ، ޚާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތައް ތަޙައްމަލު ކުރާ މީހެއް ނަމަ ވެކްސިން ޖެހުމުން ސައިޑް އިފެކްޓްސް ފެނުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ.

އަދި އައު ވެކްސިނެއް ނަމަ އާންމުންގެ މެދުގައިވެސް ކަންބޮޑުވުން އޮންނާނެކަން ޤަބޫލު ކުރެވޭކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، މިވަގުތަށް ލިބިފައި ހުރި ދިރާސާތަކަށް ބަލާއިރު، ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ހުންއައުން ފަދަ ސައިޑް އިފެކްސްޓްސް ފެނިފައިވާ ކަމަށެވެ. އަދި އެންމެ ނުރައްކާތެރި ޙާލަތްތަކުގައި ނޭވާލަން އުނދަގޫވުމާއި، ލޭގެ ޕްރެޝަރަށް އަސަރު ކުރުން ކޮންމެ ވެކްސިނެއްގެވެސް ސައިޑް އިފެކްޓްސްގައި ހިމެނޭކަމަށާއި، އެކަމަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖައްސައި ތައްޔާރީތައް ރާއްޖެއިންވެސް ވަމުންދާ ކަމަށް ޑރ ވިދާޅުވިއެވެ.

ޑރ ވިދާޅުވީ، އެކަމަށްޓަކައި ރާއްޖޭގައިވެސް ތަމްރީނުތައް ފަށާފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އެއް ސެޝަން ބާއްވާފައިވާކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ތަމްރީނުވެސް ކުރާނެ ކަމަށެވެ.

އެޗްޕީއޭއިން ސިއްހީ މަސައްކަތްތެރީންނަށް ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާއިރު، ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ބުދަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެގޮތުން ބުދަ ދުވަހު އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖެއަށް 1 ލައްކަ ޑޯޒުގެ ވެކްސިން ގެނެސްފައިވާއިރު، މިއީ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖެއިން ފާއިތުވި 50 އަހަރު ބީސީޖީ ވެކްސިންވެސް ޖަހަމުން ގެންދާކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، ރާއްޖެއިން ބޭނުން ކުރަމުންދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގެ ވެކްސިން ކަމަށެވެ. އަދި ސިރަމް އިންސްޓިޓިއުޓަކީ އެގޮތުން ބަލާއިރު ރަނގަޅު ކުންފުންޏެއްކަން ޑރ ފާހަގަ ކުރެއްވިއެވެ.

ޑރ ވިދާޅުވީ، އިންޑިއާގައި ގާތްގަނޑަކަށް 7 ލައްކައަށްވުރެ ގިނަ މީހުންނަށް މި ވެކްސިން ޖަހާފައިވާއިރު، ކުއްލި ފަރުވާދޭން ޖެހިފައިވަނީ އޭގެ ތެރެއިން 11 މީހަކަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް ކޮންމެ 61،000 މީހުންގެ ތެރެއިން އެކެއްކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، ރާއްޖޭގެ އާބާދީއަށް ބަލާނަމަ އެ ނިސްބަތް މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް، ވެކްސިން ޖެހުމަށްފަހު، ރާއްޖެ އެއްކޮށް އިމިއުންވާނެ ތާރީޚެއް ބުނަން އަދި އަވަސްކަން ޑރ ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖެއަށް ވެކްސިން ލިބުނު ނަމަވެސް، ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކެއް ރާވަން ޖެހޭކަން ފާހަގަ ކުރައްވައި ޑރ ފައިސަލް ވިދާޅުވީ، ބަލި މީހުންނާ އެންމެ ގާތްކޮށް މަސައްކަތް ކުރަންޖެހޭ މީހުންނަކީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާނެ ގިންތި ކަމަށެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ ފައިސަލް ވަނީ ރާއްޖޭގައި ވެކްސިން ދިނުމުގައި އިސްކަންދޭ ތަރުތީބާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެކަމުގެ ޔަޤީންކަން އެޗްޕީއޭއިންވެސް ވަނީ ދީފައެވެ.

ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން ރާއްޖެއައި އެއަރ އިންޑިއާގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 14:42 އެހާކަންހާއިރުއެވެ. އެއާއެކު ރާއްޖޭގައި މި ވެކްސިން ރަޖިސްޓަރކޮށް ބޭނުންކުރުމަށްޓަކައި ބަލަންޖެހޭ ކަންކަމާއި، ވާން ޖެހޭ ތައްޔާރީތައްވެސް ވަނީ ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވައިފި

އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވައިފި

13 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު