Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގެ ވެކްސިން ރާއްޖެ ގެނައުން

ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާއިން އިސްކުރާނީ އިންސާނިއްޔަތުކަން: ސަފީރު

20 ޖެނުއަރީ 2021 | ބުދަ 14:09

ބޮޑެތި ގައުމުތަކުން ވެކްސިން ގަނެ ފޮރުވީމަ ކުދި ގައުމުތައް ހާލުގައި ޖެހޭނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 20 ޖެނުއަރީ 2021 | ބުދަ 14:09
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާއިން އިސްކުރާނީ އިންސާނިއްޔަތުކަން ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެއް ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަންޖޭ ސުދީރު ވިދާޅުވީ ވެކްސިން އުފައްދާ ގައުމުތަކާއި ބޮޑެތި އެކި ގައުމުތަކުން ވެކްސިން ގަނެ ނިކަމެތި ގައުމުތަކަށް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ފޮރުވުމުން ނިކަމެތި ގައުމުތައް ހާލުގައި ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާއިން އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ. މި އަނދިރި ހާލަތުގައިވެސް އިންޑިއާއިން އިންސާނިއްޔަތުކަން އިސްކުރާނެ ކަމަށާއި އަވައްޓެރި ގައުމުތައް ހާލުގައި ނުޖެހޭނެކަން ޔަގީންކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސަފީރު ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ހާރިޖީގުޅުންތަކުން ހާއްސަ ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އެގޮތުންރާއްޖެއިން ވެސް ކޮންމެ ކަމެއްގައި ވެސް އިންޑިއާ އިސްކުރާ ގޮތަށް އިންޑިއާއިން ވެސް އެ އުސޫލު ގެންގުޅޭނެ ކަމުގައި ވިދާޅުވި އެވެ.

އެގޮތުން އިންޑިއާގައި ވެކްސިން ޖަހަން ފެށި ފަހުން އެ ގައުމުން ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރަށް ބޫޓާން، ބަންގްލަދޭޝް، ސީޝެލްސް، މިޔަންމާ، ނޭޕާލް، ސްރީލަންކާ އަދި މޮރިޝަސްއަށް ވެސް ކުރިއަށް އޮތް ދެތިންދުވަހުގެ ތެރޭގައި ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ފޯރުކޮށްދޭ ވެކްސިންއާ ގުޅިގެން ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ފާމަސީގެ ނަމުން މަޝްހޫރު ގައުމު ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރާ 60% ވެކްސިންއަކީ އިންޑިއާގެ އުފެއްދުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އެގައުމުން ރާއްޖެއަށް ގެނައި ވެކްސިން އުފެއްދި ސިރަމްއާ ގުޅޭގޮތުން ވިދާޅުވީ އެއީ މުޅި ދުނިޔޭގައި ވެސް ވެކްސިން އުފައްދާ އެންމެ ބޮޑު އިންސްޓިޓިއުޓް ކަމަށެވެ. އެގޮތުން ދުނިޔޭގެ 175 ގައުމެއްގައި 65% ކުޑަކުދިންނަށް ސިރަމް އިން އުފައްދާފައިވާ ކޮންމެވެސް އެއް ވެކްސިންއެއް ދީފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

21 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި

21 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި
20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް