Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ފޯރުކޮށްދިނުން

49 މުއްސަނދި ޤައުމަކަށް 39 މިލިއަން ޑޯޒް ވެކްސިން ދިންއިރު ފަޤީރު އެންމެ ޤައުމަަކަށް 25 ޑޯޒް ވެކްސިން އެކަނި!

ފަޤީރު ޤައުމުތަކުގެ ނާޒުކު މީހުންނަށް ވެކްސިން ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2021 | ބުދަ 03:18
ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ގިނަ ޤައުމެއްގައި ވަނީ ފަށާފައި

ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ގިނަ ޤައުމެއްގައި ވަނީ ފަށާފައި

49 މުއްސަނދި ޤައުމަކަށް 39 މިލިއަން ޑޯޒް ވެކްސިން ދިންއިރު ފަޤީރު އެންމެ ޤައުމަަކަށް ދީފައިވަނީ 25 ޑޯޒް ވެކްސިން އެކަނި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ މުއްސަނދި ޤައުމުތަކުގެ ޒުވާން ސިއްޙަތުން ރަނގަޅު މީހުންނަށް ވެކްސިން ލިބިފައި، ފަޤީރު ޤައުމުތަކުގެ ނާޒުކު މީހުންނަށް ވެކްސިން ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ އެގްޒެކްޓިވް ބޯޑް ޝެޝަންގައި ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވީ ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ކަންތައްތައް އިންތިޒާމީ ގޮތަކަށް ކުރިއަށްނުދާ ކަމަށާއި މިކަމުގެ އަގު ފަޤީރު ޤައުމުތަކުގެ މީހުންނަށް އަދާކުރަން ޖެހޭ ކަމަށެވެ.

ވެކްސިން އުފެއްދުމުގެ ރޭހުގައި އަމަލުކުރި ގޮތަށް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގައި ވެސް އަވަސް ކުރަން ޖެހޭ ކަމަށް މީގެ ކުރިން ޓެޑްރޯސް ވިދާޅުވެފައިވެއެވެ. ޑަބްލިއުއެޗްއޯއިން އަންނަނީ ކޮވެކްސްގެ ނަމުގައި ވެކްސިން ހަމަހަމަކަމާއެކު ގައުމުތަކަށް ލިބޭނެ ގޮތަށް މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.

ވެކްސިން ރޭހުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ފިޒަރ ވެކްސިނާއި، ޖަރުމަނުވިލާތުގެ ބައޯއެންޓެކް ވެކްސިނެވެ. މީގެ ތެރެއިން ފިޒަރ ވެކްސިންގެ 95 އިންސައްތަ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ އިރު، ބައޯއެންޓެކް ވެކްސިންގެ 90 އިންސައްތަ ރައްކާތެރިކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ބައެއް އެހެން ވެކްސިންތަކަށް ބަލާ އިރު އެސްޓްރަޒެނިކާ އަދި މޮޑަރނާ ވެސް އުޅެނީ މި ރޭހުގެ ކުރީގައެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު