Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުން

އިންޑިއާގެ ވެކްސިން މާދަމާ ރާއްޖެއަށް ލިބޭނެކަން އެ ޤައުމުގެ ސަރުކާރުން ކަށަވަރު ކޮށްދީފި

ރާއްޖެއަށް ފޯރު ކޮށްދެނީ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖެނުއަރީ 2021 | އަންގާރަ 14:49
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވަނީ- މޯދީ ވަނީ ރާއްޖެ ފަދަ އަވައްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވަނީ- މޯދީ ވަނީ ރާއްޖެ ފަދަ އަވައްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައި

އަވައްޓެރި އިންޑިއާގެ ކޮވިޑް ވެކްސިން ބުދަ ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ޚަބަރު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ކަށަވަރު ކޮށްދީފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ޤައުމުން ބުދަ ދުވަހު ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން ބަޔާން ކޮށްފައެވެ. އަދި ރާއްޖޭގެ އިތުރުން، ބޫޓާނާއި، ނޭޕާލް އަދި މިޔަންމާ ފަދަ ޤައުމުތަކަށްވެސް އިންޑިއާގެ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ވަނީ ހާމަ ކޮށްފައެވެ.

މިނިސްޓްރީން ބުނީ، ވެކްސިން ޑެލިވަރު ކުރުމުގެ ކުރިން އެކަމަށްޓަކައި ހިންގަންޖެހޭ އިދާރީ އަދި އޮޕަރޭޝަނަލް ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބުދަ ދުވަހު ރާއްޖެއަށް އިންޑިއާގެ ވެކްސިން ލިބިގެން ދިއުމާއެކު، ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ޤައުމަށެވެ. އެގޮތުން މި ކަމަށްޓަކައި ދިވެހި ސަރުކާރުން ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނާ ޙަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަކީ އެ ޤައުމުގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.

އޭގެ އިތުރުން، އިންޑިއާއިން ފޯރުކޮށްދޭ ވެކްސިން ޖަހާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ އޮފިޝަލުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓެއްގައި ބުދަ ދުވަހުގެ މެންދުރު 2:00 ގައި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން އެހެން ރިޕޯޓް ކޮށްފައިވާއިރު، އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއިން އަބަދުވެސް މަސައްކަތްކުރަނީ ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށާއި ކޮވިޑް-19 ގެ މިހާލަތުގައި ވެސް އެ ކަންތައްތައް ފެނިގެންދާ ކަމަށެވެ.

ސަފީރު ވަނީ އިންޑިއާ އަކީ ފާމަސޫޓިކަލް ބޮޑެތި ކުންފުނިތައް ހިމެނޭ ގައުމަކަށް ވުމުން އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ބަސްފުޅު ތަކުރާރުކުރައްވާފައެވެ. އިންޑިއާއިން ވަނީ ނެއިބަރހޫޑް ޕޮލިސީގެ ދަށުން ވެސް ރާއްޖެއަށް ހާއްޞަ އިސްކަމެއް ދޭނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު