Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްޞަ ގާނޫނު

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްޞަ ގާނޫނަށް ހުށަހެޅި އިޞްލާޙު މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފި

ބިލަށް އިތުރު އިސްލާހެއް ނުގެނެސް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 44 މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2021 | އަންގާރަ 08:02
މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އިންތިޚާބާބެހޭ ޙާއްސަ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުވެފައި

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އިންތިޚާބާބެހޭ ޙާއްސަ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުވެފައި

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ށް ހުށަހެޅި 1 ވަނަ އިޞްލާޙުގެ ބިލު ކޮމިޓީން ގެނައި އިޞްލާޙުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

މި ބިލު މިނިވަން މުއައްސަސާތަކާބެހެ ކޮމިޓީން ގެނައި އިޞްލާޙާއެކު އަންގާރަ ދުވަހު ބޭއްވި ދައުރުން ބޭރުގެ 3 ވަނަ ޖަލްސާގައި ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މެންބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ދިނުމަށްފަހު ބިލަށް އިތުރު އިޞްލާޙެއް ނުގެނެސް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 44 މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓާއެކުގައެވެ. މި އިޞްލާޙާ ދެކޮޅަށް އިދިކޮޅު މެންބަރުން އަޑު އުފުލިނަމަވެސް ދެކޮޅަށް ވޯޓު ދެއްވާފައި ނުވެއެވެ. ވަކިގޮތަކަށް ވޯޓުދޭން ބޭނުންވާ މެންބަރަކު ވެސް ނުހިމެނެއެވެ. ވޯޓުގައި ބައިވެރިވީ 38 މެންބަރުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިޞްލާޙުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައެވެ. އަދި 17 ވަނަ ދުވަހު ދެވަނަ ކިއުން އިއްވާ، އިބްތިދާޢީ ބަހުސަށްފަހު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ބިލު ފޮނުވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވައިލާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020"އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓްގައިވާގޮތުން، އެގާނޫނުގައި 10 މެއި 2021ގެ ކުރިން އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ކުރިން ބުނެފައިވާ މާއްދާ ވެސް ވަނީ އިޞްލާޙުކޮށްފައެވެ. އެގޮތުން މިހާރު ގެނެސްފައިވާ އިޞްލާޙުގައި އެބިލުގައި އިންތިޚާބު ބާއްވަންޖެހޭ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާހިނދަކު އިންތިޚާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލްތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވެސް ކޮމެޓީން އިޞްލާޙު ކޮށްފައިވާ ބިލުގައި ބުނެފައިވެއެވެ.

ބިލުގައި އިންތިޚާބު ބާއްވަންޖެހޭ ވަކި ތާރީޚެއް ނެތް ނަމަވެސް އެޕްރީލް މަހުގެ 6 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020"އަށް މި ގެނެވޭ އިޞްލާޙުގެ ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަލުން ފަށަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމަށްފަހުގައި ކަމަށް އިޞްލާޙު ގެނައުމުގެ ބިލުގައި ބުނެފައިވެއެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅަންޖެހޭ އުސޫލުތައް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އެ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކުލަވާލައި، އާންމު ކުރަންވާނެކަމަށް ވެސް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައިވާގޮތުގައި، އިންތިހާބު ބޭއްވުމަށް އިޢުލާނު ކުރުމަށްފަހު، އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނުން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ.

ބިލު މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ހިސާބުން އެ އިޞްލާޙަށް އަމަލުކުރަން ފަށާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު