Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ޕީޖީ ޝަމީމުގެ ދިފާޢުގައި އިންތި!

ކުރީގައި ހުންނެވި ޕީޖީގެ ދައުރުގެ ތެރޭގައި އެފަދަ ބޮޑެތި އިހުމާލުތައްވެފައިވާކަން މިހާރު ވެސް އެނގެން އެބައޮތް - އިންތި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖެނުއަރީ 2021 | އަންގާރަ 03:22
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް (ކ) މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (މ) އަދި މިހާރުގެ ޕީޖީ ހުސެއިން ޝަމީން (ވ)

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް (ކ) މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (މ) އަދި މިހާރުގެ ޕީޖީ ހުސެއިން ޝަމީން (ވ)

ގދ. ހުޅުވާރުލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އިހުމާލުވެފައިވާކަމަށް ވިދާޅުވެ މިހާރުގެ ޕީޖީ ޙުސައިން ޝަމީމްގެ ދިފާޢުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތެދުވެވަޑައިގެންފިއެވެ.

ގދ. ހުޅުވާރުލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ނިންމެވި ސަބަބު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ. އާދިއްތަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ވަނީ އެކަންކަން ސާފު ކުރުމަށް ޝަމީމް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމަވާފައިވެއެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް ވަނީ ހުށަހެޅިފައެވެ. އެއާއެކު މި މައްސަލަ ދެ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން ބެލުމަށް ވެސް އާދިއްތަ ދުވަހު ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ކޮމިޓީއަށް ޝަމީމް ހާޒިރުކުރަން ނިންމި ނަމަވެސް، ހާޒިރު ކުރައްވާނެ ވަކި ދުވަހެއް ކޮމިޓީން އިޢުލާނުކޮށްފައެއް ނުވެއެވެ. 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމުމާއި ގުޅިގެން، ކޮމިޓީއަށް ޝަމީމް ހާޒިރުކުރަން ނިންމާފައިވަނިކޮށް އެކަމާ ގުޅިގެން އިމްތިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގައި ހުންނެވި ޕީޖީގެ ދައުރުގެ ތެރޭގައި އެފަދަ ބޮޑެތި އިހުމާލުތައް ވެފައިވާކަން މިހާރު ވެސް އެނގެން އެބައޮތް ކަމަށެވެ. އަދި މުއައްސަސާއެއްގެ ގޮތުގައި މިހާރުގެ ޕީޖީ ޝަމީމަށް އެކަމުގެ މަޢުލޫމާތު ޖުޑިޝަރީ ކޮމިޓީއަށް އޮޅުން ފިލުވައިދެއްވޭނެ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލީ އިޖުރާޢީ ގިނަ މައްސަލަތަކެއް ހުރުމުންނެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުގެ އިހްތިޞާސް ހިނގާ މި މައްސަލައިގައި ފުރަތަމަ ދަޢުވާ ކޮށްފައިވަނީ ވެސް ކްރިމިނަލް ކޯޓުގައެވެ. އަދި ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ މައްސަލަތަކެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މި މައްސަލައިގައި ދައުވާ ކުރުމަށް އޭރުގެ ޕީޖީއިން މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް ދަޢުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުންނެވެ.

މި މައްސަލައިގައި 5 މީހަކަށް ކުރި ދަޢުވާ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

ކަނޑު މަގުން ރާއްޖެއަށް އެތެރެކޮށް، ގދ. އަތޮޅު ފަޅުރަށެއްގައި ވަޅުލާފައިވާ 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެ 149 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގައި ކަމަށް ފުލުހުން ބުނެ އެވެ. އޭރު މަސްތުވާތަކެތި އަތުލައިގަތްކަން ހާމަކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނަރ ނައިޓްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު