Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީ ޖޭ ޔޮންގެ މައްޗަށް ރިޝްވަތުގެ މައްސަލަ

ރިޝްވަތުގެ މައްސަލަ ސާބިތުވެ ސެމްސަންގެ ވެރިޔާ ޖަލަށް!

ލީ ވަނީ ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން ރިޝްވަތުގެ ގޮތުގައި ދީފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2021 | އަންގާރަ 00:20
ސެމްސަންގް ކުންފުނީގެ ވައިސް ޗެއާމަން ލީ ޖޭ ޔޮންގެ މައްޗަށް ހުކުމް ސާބިތުވެ ޖަލަށް ބަދަލު ކުރައްވަނިކޮށް

ސެމްސަންގް ކުންފުނީގެ ވައިސް ޗެއާމަން ލީ ޖޭ ޔޮންގެ މައްޗަށް ހުކުމް ސާބިތުވެ ޖަލަށް ބަދަލު ކުރައްވަނިކޮށް

ސެމްސެންގެ އިސްވެރިޔާ ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ލީ ޖޭ ޔޮންގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ދެކުނު ކޮރެއާގެ ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސެމްސަންގެ ވައިސް ޗެއާމަންގެ މަގާމު އަދާކުރައްވަމުން އަންނަ ލީގެ ކޮރަޕްޝަނުގެ މައްސަލަ ގުޅިފައިވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާއެވެ.

ލީގެ މައްޗަށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާއަކީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު) ގެ ރިޝްވަތު ދިންކަމުގެ ދައުވާއެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ލީގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ދަށު ކޯޓުން ވަނީ ހުކުމް ކުރުކޮށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލަ ހައި ކޯޓަށް ފޮނުވުމުން ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ނިންމާ އިތުރު ދެ އަހަރަށް އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައެވެ.

ލީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ދޮގު ކޮށްފައެވެ. އަދި އޭނާ ޗޮއިގެ ފައުންޑޭޝަންތަކަށް ފައިސާ ހަދިޔާ ކުރެއްވި ނަމަވެސް އެއީ ސެމްސަންގަށް ފައިދާ ހޯދުމަށްޓަކައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު