Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޑްރައިވަރަށް ގެއްލުންދިނުން

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދައުވާ އުފުލައިފި

2018 އިން ފެށިގެން އޭނާގެ ކާރަށް ފަސް ފަހަރު ގެއްލުންދީފައި ވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2021 | ހޯމަ 13:53
މާލޭގައި ޓެކްސީ ހިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ

މާލޭގައި ޓެކްސީ ހިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ

މާލޭގައި ޓެކްސީ ޚިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުންދިން މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދު ގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ދަންވަރު ޑްރަގް ކޯޓް ކުރިމަތީގައި އައިންތުގެ ކާރު ޕާރކްކޮށްފައި އޮއްވަައި ކާރަށް ގެއްލުންދިން މައްސަލައިގައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން އައިންތު މައުލޫމާތު ދިން ގޮތުގައި އޭނާގެ ކާރަށް ގެއްލުންދީފައި ވަނީ އެރޭ ދަންވަރު 1 ޖަހާކަން ހާއިރު ކަމަށް ކޯޓުގެ ގާޑަކަށް އިން މީހާ ބުނެފައި ވެއެވެ. އަދި ކާރުގެ ބިއްލޫރިތައް ތަޅައިލާ އެކިވަރުގެ ގެއްލުންދީފައި ހުރި ކަމަށް ވެސް އިންތު ބުންޏެވެ.

އޭނާގެ ކާރަށް މީގެ ކުރިން ވެސް އެކި ފަހަރު ގެއްލުންދިން މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން އޭނާގެ ކާރަށް ފަސް ފަހަރު ގެއްލުންދީފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އެކަމުގައި އޭނާ ތުހުމަތުކޮށްފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާއާއި، ޓެކްސީ ޑްރައިވަރުންގެ ތެރެއިން އޭނާއަށް ފުރައްސާރަކުރަމުން އަންނަ ބަޔަކަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު