Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިޔަވަމުން ދިއަ ލޯންޗަކަށް ކޯސްޓްގާޑު އެހީވުން

ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

އެ ލޯންޗާއިއެކު ކޯސްޓްގާޑުގެ ލޯންޗު ދަތުރު ކުރަމުން ދާކަމަށް އެމްއެންޑީއެފުން ހާމަ ކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ޖެނުއަރީ 2021 | ހޯމަ 16:22
7 ދިވެހިންނާއިއެކު މަހަށް ފުރި \'ބްލެކް ހެރޮން\' ލޯންޗު ކަނޑުމަތީގައި

7 ދިވެހިންނާއިއެކު މަހަށް ފުރި \'ބްލެކް ހެރޮން\' ލޯންޗު ކަނޑުމަތީގައި

ސ. ހިތަދޫން 7 ދިވެހިންނާއިއެކު މަހަށް ފުރި 'ބްލެކް ހެރޮން' ލޯންޗު ދިޔަވަމުން ދިއުމާއި ގުޅިގެން މޯލްޑިވްސް ނެޝެނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް)ގެ ސަދަރން އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 05:30ގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ ލޯންޗު ދިޔަވާން ފަށާފައިވަނީ ސ. ހިތަދޫ ކައިރިއަށް މަސް ބާނަން ނުކުމެ އުޅެނިކޮށް ކަމަށެެވެ.

Advertisement - newsAdvertisement

އަދި އެ ލޯންޗު ހިތަދޫއަށް ވެއްދުމުގެ މަސައްކަތް ފުލުހުންގެ ކޯސްޓްގާޑުގެ ޓީމުން މަސައްކަތް ކުރަމުން ދާކަމަށާއި އެ ލޯންޗާއިއެކު ކޯސްޓްގާޑުގެ ލޯންޗު ދަތުރު ކުރަމުން ދާކަމަށް އެމްއެންޑީއެފުން ހާމަ ކޮށްފައިވެއެވެ.

ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކަށް ކޯސްޓްގާޑުން ވަގުތުން ވަގުތަށް އެހީތެރިކަން ފޯރު ކޮށްދެމުން ދާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޯސްޓްގާޑުން ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދާފައި ވެއެވެ. އެގޮތުން ކޯސްޓްގާޑަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އިންސާނީ ވަސީލަތާއި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ހޯދުމާއި ކޯސްޓްގާޑުގެ ފްލީޓް ބޮޑުކޮށް ހިދުމަތް ފުޅާކުރުމުގައި ލިބިފައިވާ ކާމިޔާބީ ކަން އެމްއެންޑީއެފުން ފާހަގަކުރެ އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި ކޯސްޓްގާޑުގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މީހުން ތަމްރީންކޮށް ގައުމީ ފެންވަރުގެ ސަނަދުތައް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރަށް ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ޑައިވް ކޯސްތަކާއި ކަނޑުމަތީގެ ރައްކާތެރިކަމުގެ އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތައް ވެސް ކުރިއަށްގެންދާ ކަމަށް ބުންޏެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިވެދީފި

20 މެއި 2017
އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިވެދީފި
18 މެއި 2017

ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

18 މެއި 2017
ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ
29 އެޕްރީލު 2017

މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

29 އެޕްރީލު 2017
މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
27 އެޕްރީލު 2017

ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ

27 އެޕްރީލު 2017
ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ
11 އެޕްރީލު 2017

މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި

11 އެޕްރީލު 2017
މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު