Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުންފުނި ކޮޅަށްޖެހުމުގެ އަޒުމުގައި ރިޒްވީ

ސަރަހައްދީ ވައިގެ ބަނދަރުތައް ކޮޅަށް ޖެހުމުގެ ބޮޑު ޒިންމާ ރިޒްވީއަށް!

ކުރިޔަށް އޮތް 2 އަހަރު ތެރޭގައި ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2021 | އަންގާރަ 10:46
އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ މުހައްމަދު ރިޒްވީ

އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީ މުހައްމަދު ރިޒްވީ

ދައުލަތުންދޭ އެއްޗަކަށް ބަރޯސާވެފައިވާ ރީޖަނަލް އެއަރޕޯޓުތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ގިނަ ޒަމާންތަކަކަށް އަޅާނުލެވި ހުރި ސަރަހައްދީ އެއަރޕޯޓުތައް ލަޔަބިލިޓީތަކަކުން އެސެޓްތަކަކަށް ބަދަލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ކުރީގެ އެމްޑީކަން ކުރެއްވި މުހައްމަދު ރިޒުވީ ވަނީ އަނެއްކާ ވެސް ޗެލެންޖެއްގެ ގޮތުގައި އެ މަސައްކަތާ ހަވާލުވެލައްވާފައެވެ.

ރިޒުވީގެ ޗެލެންޖަކަށް ވެފައިވަނީ، އާމްދަނީ ލިބޭ، މުވައްޒަފުންނާއި، ރައުސުލްމާލު މިނިވަންކޮށް ފަހުރުވެރި ކުންފުންނަކަށް އަލަށް ސަރުކާރުން އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކުންފުނި ހެދުމެވެ.

މޯލްޑިވިއަންއާ ރިޒްވީ ހަވާލުވެލެއްވި އިރު، އެތެރޭގެ އުދުހުންތަކުގެ އަގު އަތްނުފޯރާފަށަށް ބޮޑުވުމުގެ ސަބަބުން އެ ކުންފުންޏަށް އޮތީ އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނަމަވެސް ރައީސް އިބްރާހިމް ސޯލިހްގެ ނިންމެވުމާ އެއްގޮތަށް އެތެރޭގެ ދަތުރުތަކުގެ އަގު ދިވެހިންނަށް ހެޔޮކޮށް، ދަތުރުފަތުރު ކުރެވޭނެ ގޮތް ރިޒުވީ އޭނާއާއެކު މަސައްކަތް ކުރި ހީވާގި ޓީމާއެކު ހާސިލް ކުރެއްވިއެވެ. އެގޮތުން މަގާމާއި ހަވާލުވެވަޑައިގެން ފުރަތަމަ މަސް ދުވަހު އެކަން ތަންފީޒު ކުރެއްވިއެވެ. މިއީ ފުރަތަމަ ފިޔަވަޅެވެ. ރިޒްވީ އައިލެންޑް އޭވިއޭޝަނާ ހަވާލުވެލެއްވި އިރު ކުންފުންޏަށާއި މުވައްޒަފުންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުންތަކެއް ހުއްޓެވެ. ރިޒްވީ އިސްކަން ދެއްވީ ތަނައް ބޭނުންވާ ވަސީލަތްތައް ހޯއްދެވުމަށާއި، މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯއްދަވައިދެއްވުމަށެވެ. އެކަން އޭނާ ހާސިލް ކުރެއްވިއެވެ. އެއާއެކު، ކުންފުނީގެ ނަތީޖާ ރަނގަޅުވެގެން ދިޔަކަން ފާހަގަ ކުރެވިގެން ދިޔައެވެ.

މޯލްޑިވިއަނަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެމުން އައީ ޓިކެޓުން ކަމަށްވިޔަސް، ޓިކެޓުގެ އަގު ކުޑަކޮށްގެން ވެސް 2019 ނިންމާލީ ފައިދާއާ އެކުގައެވެ. ކުންފުންޏަށް ފައިދާ ހޯދުމުގައި އިސްރާފް ކުޑަކުރުމާއި، ކުންފުނީގެ ހިންގުން އެފިޝަންޓް ކުރުމަށް ކުރެވުނު މަސައްކަތްތައް މުހިންމު ދައުރެއް އަދާކުރިކަން ރިޒްވީ ފާހަގަ ކުރެއްވިއެވެ. ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު އިރު، ކުންފުނި އޮޓޮމޭޓް ކުރުމުގެ މަސައްކަތްތައް އޮތީ ފެށިފައެވެ. އެ ގޮންޖެހުމާއެކުވެސް ކުންފުނީގައި މެނުއަލްކޮށް ކުރަމުން އައި ހުރިހާ މަސައްކަތެއް ނިމުމަކަށް ގެނައެވެ. މިއީ ޗެލެންޖެއްގެ ގޮތުގައި ރިޒްވީ ނަންގަވައިގެން ކުރެއްވި މުހިންމު މަސައްކަތެވެ.

އެއާއެކު ކޮވިޑްގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވެގެން ދިޔަ ދަނޑިވަޅުގައި، މޯލްޑިވިއަން ފެނިގެން ދިޔައީ ރިސްކް ކިތަންމެ ބޮޑު ނަމަވެސް ގައުމީ ޚިދުމަތުގައި ފަހަތައް ނުޖެހުނު ކުންފުންޏެއްގެ ގޮޮތުގައެވެ. ރާއްޖެއަށް އޮޕަރޭޓް ކުރަމުން އައި އެއަރލައިން ތައް ހުއްޓާލާފައި އޮތް ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ކާގޯ ގެނައުމާއި، ބޭސް ގެނައުންފަދަ ޚިދުމަތްތަކަށް ނުކުތީ މޯލްޑިވިއަންއެވެ. އަނެއް ކޮޅުން ކޮވިޑްގެ ބަލި މީހުން އުފުލުމާއި، ސާމްޕަލް އުފުލުމާއި، ބަލި ހާލު ބޮޑުވާ މީހުން މާލެ ގެނައުންފަދަ އެތައް ޚިދުމަތްތަކެއް ދިނުމުގައި އެކުންފުނި އަދާ ކުރީ ނަމޫނާ ދައުރެކެވެ.

ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރި އިންޑަސްޓްރީތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ހިމެނިގެން ދިޔަ ކަމީ ހަގީގަތެކެވެ. ރިޒްވީ ވިދާޅުވީ ޕެންޑަމިކާއެކު ދުނިޔޭގަ ގިނަ އެއަރލައިން ތަކަކަށް އިންކަމް ނުލިބި ބަނގުރޫޓުވި ކަމަށެވެ. މޭޖަރ ކެރިއަރސްއަށް ބަލާނަމަ ސިންގަޕޯ، އެމިރޭޓްސް، ގަތަރު ކަހަލަ ތަންތަނުން ވެސް ގާތްގަނޑަކަށް 5،000އާއި 10،000 ވަޒީފާ އުވާލާފައި ނުވަތަ މުވައްޒަފުން ފޮނުވާލާފައިވާ ކަން ރިޒްވީ ފާހަގަ ކުރެއްވިއެވެ. އަދިވެސް ބޮޑެތި އެއަރލައިންތައް އޮތީ އެހާލުގައިކަން ފާހަގަކުރައްވާ ރިޒްވީ ވިދާޅުވީ މޯލްޑިވިއަންގައި އެއްވެސް މީހަކު ވަޒީފާއިން ވަކިނުކޮށް އެންމެން ގޮވައިގެން އެ އުނދަގޫ ދަނޑިވަޅުގައި ކުރިޔަށް ދެވުނު ކަމީ ވަރަށް ބޮޑު ކާމިޔާބެއް ކަމުގައެވެ.

ޕެންޑަމިކްގައި ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއްވި ކަން އެއީ ފެންނަ އޮތް ހަގީގަތެކެވެ. ބޮޑެތި އެއަރލައިންތައް ބަނގުރޫޓްވި އިރު ގެއްލުމުގައި ވިޔަސް މޯލްޑިވިއަން ހިންގުމުގެ އަޒުމުގައި ރިޒްވީއާއި ޓީމުން ގެންދިޔައީ ބުރަ އަދި ރިސްކް ބޮޑު މަސައްކަތް ކުރަމުންނެވެ. މޯލްޑިވިއަނުން ދުށް ގޮތުގައި އެއީ ގެއްލުމެއް ނޫނެވެ. އެއީ ހާލަތާ އެކު މަސައްކަތް ކުރުމެވެ. ރައްޔިތުންނަށް މުހިންމު ޚިދުމަތަކަށް ވެފައި އޮތް، އެތެރޭގެ ވައިގެ ދަތުރުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެ ގޮތެއް ވުމީ، ރިޒްވީ ދެކިލެއްވި ގޮތުގައި ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ މައިގަނޑު ގޮތެއްގައި މޯލްޑިވިއަން އަށް ބަރޯސާވެފައި އޮތް އެތެރޭގެ އުދުހުންތަކަށް ބުރޫއަރާ ދިވެހިންނަށް ގިނަ ދަތިތަކެއް ކުރިމަތިވީހެވެ.

ރީޖަނަލް އެއަރޕޯޓް ކުންފުނީގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް މިހާތަނަށް އެއްވެސް ފައިދާއެއް ނުނެރެވި އޮތް 7 އެއަރޕޯޓެއް އެބައޮތެވެ. މި ތަންތަން ފައިދާވާ ތަންތަނަށް ބަދަލު ކުރުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ރިޒްވީ ސިފަކުރައްވިއެވެ. ކުންފުންޏާ ހަވާލުވެލެއްވި އިރު ސަރަހައްދީ އެއަރޕޯޓުތަކުގެ އިންވެންޓްރީ ވެސް ބެލެހެއްޓިފައި ނުވާކަން ރިޒްވީ ފާހަގަ ކުރެއްވިއެވެ. އަދި ތިން އެއަރޕޯޓެއްގެ އިންވެންޓްރީ އަލުންބަލުން ހަދަމުން އަންނަކަމަށް ރިޒްވީ ވިދާޅުވިއެވެ. އަދި ވިޔަފާރީގެ އުސޫލުން ހިންގާނަމަ، އެންމެ މައިގަނޑު ކަމަކަށްވާނީ ނުވަތަ އެންމެ ވިސްނަން ޖެހޭ ކަމަކަށް އޮތީ ވިޔަފާރި އުސޫލުން ކުންފުނި ހިންގޭނެ ގޮތެއް ހޯއްދެވުން ކަމަށް ރިޒްވީ ވިދާޅުވިއެވެ. އަދި އެއަރޕޯޓަކީ ރާއްޖެ އަންނަ މީޙުންގެ ފުރަތަމަ އިމްޕްރެޝަން ކަމުން، މިހާރު އޮތް ހާލަތުގަ އެއާޕޯޓުތައް ސިފަކުރެވެނީ އަރާ ފައިބާ ތަނެއްގެ އެކަނި ގޮތުގައި ކަން ރިޒްވީ ފާހަގަކުރެއްވިއެވެ. ރިޒްވީ ވިދާޅުވީ އެއްވެސް ސަރވިސް ލެވެލްއަކަށް ވިސްނާފަ އެތަންތަނުގައި ނެތް ކަމަށެވެ.

ރިޒްވީ ވިދާޅުވީ ރީޖަނަލް އެއަރޕޯޓްތަކަށް މައިގަނޑު ގޮތެއްގައި އުދުހެނީ މޯލްޑިވިއަންގެ ބޯޓުތައް ކަމަށާއި، ދެން ހުރި އެއަރލައިން ތަކަކީ އެ އެއަރލައިންތަކަށް ޕްރޮފިޓް ވާ ގޮތަކަށް ނޫނީ ދަތުރު ނުކުރާ އެއަރލައިންތަކެއް ކަމަށެވެ. އަދި މި މޮޑެލް އެހެން ގޮތަކަށް ބަދަލުކޮށްގެން، ވިސްނައިގެން ކުރިއަށް ގެންދެވޭނެ ކަން ފާހަގަ ކުރައްވާ ރިޒްވީ ވިދާޅުވީ ވިޔަފާރީގެ އުސޫލުން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރާވަންޖެހޭ ކަމަށެވެ.

ރާޢްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައި ހުރި އެއަރޕޯޓުތައް މިހާތަނަށް އައި އިރު ހިންގަމުން އައީ ގެއްލުމުގައެވެ. ސަރުކާރުން ދޭ އެއްޗަކުންނެވެ. އެތަންތަނަށް އާމްދަނީ ހޯދޭނެ މާގިނަ ގޮތްތަކެއް ނެތެވެ. އޭގެ ތެރެއިން ބައެއް އެއަރޕޯޓުތައް ފެންނަނީ ވީރާނާވެފައިވާ ތަންތަނުގެ ގޮތުގައެވެ. އެތަންތަން އަޕްގްރޭޑް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއްނެތެވެ. ފަސިންޖަރުންނަށް ލިބެން ހުރީ ވަރަށް މަދު އަދައިގެ ޚިދުމަތްތަކެކެވެ.

ކާޑެއްދޫ އެއަރޕޯޓުގެ މިސާލު ނަންގަވަމުން ރިޒްވީ ވިދާޅުވީ އެތަނަކީ ހުވަދު އަތޮޅަށް ދަތުރުކުރާ ފަތުރުވެރިން މައިގަނޑުގޮތެއްގައި ބޭނުންކުރާ އެއަރޕޯޓު ކަމަށްވީ ނަމަވެސް މޯލްޑިވިއަންއާއި ހަވާލުވެގެން ހުންނެވި އިރު ވެސް ގިނަ ޝަކުވާތަކެއް އެތަނާ ގުޅޭ ގޮތުން ލިބުނު ކަމަށެވެ. ތަނުގެ ހާލަތާއި ގުޅޭ ގޮތުން ރިޒްވީ ވިދާޅުވީ ފާޚާނާތައްވެސް ހުރީ އެތަނަށް ވަންނަ މީހެއްގެ ބޮލަށް ފެންތިކިތަޅާ ހާލަތުގައެވެ.

އެއަރޕޯޓުގެ ހާލަތު އެ ފެންވަރުގައި ހުރި އިރު، ރިޒްވީ ފާހަގަ ކުރެއްވި ގޮތުގައި ހުވަދުއަތޮޅުގައި ހުރީ 'ހައި އެންޑް ޕްރޮޕަޓީސް' ކަމަށާއި، އެއަރޕޯޓުން ފަތުރުވެރިންނަށް ލިބޭ އިމްޕްރެޝަނަކީ ވަރަށް ދެރަ މަންޒަރެއް ކަމަށެވެ. އަނެއްކޮޅުން އެއަރޕޯޓުގެ މުހިންމު އިކުއިޕްމެންޓްތައް ނުބެލެހެއްޓި ބައެއް އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރިކަން ރިޒްވީ ފާހަގަ ކުރެއްވިއެވެ.

އަަލަށް ސަރުކާރުން އުފެއްދި ރީޖަނަލް އެއަރޕޯޓު ކުންފުނި ފެށިގެން ދާއިރު އެތަނުގައި 500 މުވައްޒަފުން އެބަތިއްބެވެ. މީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ 7 އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ރިޒްވީ ފާހަގަ ކުރެއްވި ގޮތުގައި ކުންފުނީގެ އަމާޒަށް ވާސިލްވުމަށް ތަމްރީން ލިބިފައިތިބި ގާބިލް މުވައްޒަފުން އެއީ އެންމެ މުހިންމު އެއް ކަންތަކެވެ. މުވައްވަޒަފުންގެ ކުރިމަގަށް ކަންކަން ރޭވިފައިހުރިކަން ފާހަގަކުރައްވާ ރިޒްވީ ވިދާޅުވީ މުވައްޒަފުން ތަމްރީން ކުރުމާއި ގާބިލްކަން އިތުރުކުރުމަކީ އަމާޒެއްކަމަށެވެ.

ރިޒްވީ ވިދާޅުވީ، އެއަރޕޯޓުތަކުގައި އިސްލާހްކޮށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންކަން ހުރި ކަމުގައިވިޔަސް އެއަރޕޯޓުތަކުގެ ފެންވަރު ރަނގަޅު ކުރެވިދާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ. އެކަން ހާސިލް ކުރުމަށް ތަފާތު ވިސްނުންތައް އެބަހުއްޓެވެ. އައު ކުންފުނީގެ އިދާރީ ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، ބިޒްނަސް ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތައްވެސް އޭނާ ގެންދަވަނީ ހައްދަވަމުންނެވެ. ރިޒްވީ ވިދާޅުވީ، ސަރަހައްދީ އެއަރޕޯޓުތައް ހިންގުން ރަނގަޅު ކުރުމަށް އައު ކަންކަން ތައާރުފް ކުރައްވާނެ ކަމުގައެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު ކާމިޔާބު އެއަރޕޯޓުތަކަކަށް ސަރަހައްދީ އެއަރޕޯޓުތައް ހައްދަވާނެ ކަމަށެވެ. ނަމަވެސް އޭނާ ފާހަގަ ކުރެއްވީ އެކަމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

ރިޒްވީ ވިދާޅުވީ ކުންފުނިން ފައިދާ ނެރެން ކުއްލިއަކަށް އުނދަގޫވާނެކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ގެއްލުމުގައި ހިންގަމުން އަންނަ ތަންތަނުން ފައިދާ ނެރެން މޮޑެލްތައް ތައްޔާރުކޮށް ވިޔަފާރި އުސޫލުން ކަންކަން ބައްޓަން ކުރަން ވަގުތު ނަގާނެތީ ކަމަށެވެ.

ކުންފުނި ކޮޅަށްޖެހުމަށް ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ ރިޒްވީ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފައިދާ ނެރެން އުނދަގޫވެދާނެ ކަމަށެވެ. ނަމަވެސް ރިޒްވީގެ އަމާޒަކީ އެންމެ ލަސްވެގެން ވެސް ދެ އަހަރެއްގެ ތެރޭގައި ފީސިބަލް ތަންތަނަށް އެއަރޕޯޓުތައް ހެއްދެވުމެވެ.

ރިޒްވީ ވިދާޅުވީ ކުންފުނީގެ ބޯޑާ މަޝްވަރާ ކުރައްވާ އެއަރޕޯޓުތައް ރަނގަޅު ކުރުމަށް އެޅޭނެ އަވަސް ފިޔަވަޅުތަކަށް ބައްލަވުން ގެންދަވާ ކަމުގައެވެ. ރިޒްވީ ވިދާޅުވީ، ކުންފުންޏަށް އާމްދަނީ ނެރެވޭނެ ގޮތްތަކާއި ދައުލަތަށް ފައިދާ ކުރާ އަދި ދައުލަތުގެ ފައިސާއަށް ބަރޯސާ ނުވާ ކުންފުންނަކަށް ރީޖަނަލް އެއަރޕޯޓް ހެއްދެވިދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައެވެ.

ރިޒުވީ ގަބޫލު ކުރައްވާ ގޮތުގައި ރީޖަނަލް އެއަރޕޯޓް ކުންފުންޏާ ހަވާލުވުމަކީ ސަރުކާރުން ހަވާލުކުރި ޗެލެންޖެކެވެ. އެނާ ވިދާޅުވީ މި ޗެލެންޖާއި ހަވާލުވީ ކެރިގެން ކަމަށާއި، އެއީ އޭނާއަށް ނަތީޖާ ނެރުއްވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައެވެ. އަދި މި ޗެލެންޖަކީ އެނާއަށް އެކަނި އޮތް ޗެލެންޖެއް ނޫން ކަމަށާއި، މުޅި ބޯޑަށްވެސް އޮތް ޗެލެންޖެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ކުންފުންޏަކީ ފައިދާވާ އަދި ވިދާލާނެ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ. މިއާއެކު 7 އެއަރޕޯޓް ތަރައްގީވެ ކުރިއަރައިގެން އަންނަ އިރު އެކަމުގެ ފައިދާ އާއި މަންފާ ރައްޔިތުންނަށް އެކި ގޮތްގޮތުން ކުރާނެ ކަމަށް ރިޒްވީ ދެކިލައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

06 ފެބުރުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟

އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟

23 ސެޕްޓެމްބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު